Roadha Mihaaru
"ސުޕަ މާރިއޯ" އަކީ ކްރިސް

"ސުޕަ މާރިއޯ" އަކީ ކްރިސް

27 ސެޕްޓެމްބަރ 2021

ނިންޓެންޑޯގެ މަޝްހޫރު ވީޑިއޯ ގޭމް ކެރެކްޓާ "ނިންޓެންޑޯ" ގެ ފޭނުންނަށް އޮތް ހާއްސަ ހަދިޔާ އަކީ މީގެ އެނިމޭޓެޑް ފިލްމެކެވެ. އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތްް މިހާރު ވަރަސް ބާރަށް އަންނަނީ ކުރަމުންނެވެ. ޔުނިވާސަލް ޕިކްޗާޒް އިން ޑިސްޓްރިބިއުޓްކުރާ ގޮތަށް އިލޫމިނޭޝަނާއި ޖަޕާންގެ ކުންފުނި ނިންޓެންޑޯ ގުޅިގެން ހަދާ ފިލްމުގެ ނަން އަދި ރަސްމީކޮށް އިއުލާން ނުކުރިޔަސް މީގެ މައިގަނޑު ކެރެކްޓާތަކަށް އަޑު އަޅައިދޭ ބައެއް ފަންނާނުންގެ ނަންތައް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ސުޕަ މާރިއޯގެ އަޑަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ޕްރެޓް އެވެ. އޭނާ ވަނީ މިކަން އިސްޓަގްރާމް ޕޯސްޓެއްގައި ވެސް ކަށަވަރުކޮށް ދީފަ އެވެ. އެއާ އެކު ވަރަށް ގިނަ ބަޔަލު ކްރިސް އަށް ޖޯކް ޖަހާފައިވެ އެވެ. ބައެއް މީހުން ބުނެފައި ވަނީ ދުވަހަކު "ސުޕަ މާރިއޯ" ގޭމް ނުވެސް ކުޅޭ މީހަކު ކެރެކްޓާ އަށް އަޑު އަޅައި ދިނުމަކީ ވަރަށް އައިބު އަދި ނުގުޅޭ ކަމެއް ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކަމަކު ކްރިސް، 42، ބުނީ އޭނާ އަކީ ބޮޑުވަމުން އައި ދުވަސްވަރު އެ ގޭމް ވަރަށް ބޮޑަށް ކުޅުނު މީހެއް ކަމަށާއި "ސުޕަ މާރިއޯ" އަށް އަޑު އަޅައިދޭން ފުރުސަތު ލިބުމަކީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށެވެ.

ސުޕަ މާރިއޯއަކީ ވަރަށް "ލޯބިކޮށް" ހުންނަ ކެރެކްޓާއެކެވެ. ބޮޑު ނޭފަތަކާއި ބޮޑު މަތިމަހަކާއި ނޫ ދެ ލޮލާ އެކު މީގެ ފުރިހަމަކަން ގެނެސް ދެނީ އޭގެ ކުލަގަދަ ކޮސްޓިއުމެވެ. ރަސްމީ ކުލަތަކަކީ ރަތާއި ނުލެވެ އެވެ.

މި ކެރެކްޓާ އަށް ހޮލީވުޑްގެ ވަރުގަދަ އެކްޝަން ތަރި އާނޯލްޑްގެ ދަނބިދަރި އަޑު އަޅައިދޭ އިރު، "ސުޕަ މާރިއޯ" ވީޑިއޯ ގޭމަށް ނަން ދިނުމުގައި އަސްލަކަށް ބެލި އިޓަލީ ދަރިކޮޅުގެ އެމެރިކާގެ މާރިއޯ ސެގަލީ ވަނީ މިދިޔަ އަހަރު އުމުރުން 84 އަހަރުގައި މަރުވެފަ އެވެ.

އާރޮން ހޯވަތާއި މައިކަލް ޖެނެލިކް ޑައިރެކްޓްކޮށް "ސުޕަ މާރިއޯ" ފިލްމު ގެނެސްދޭނީ އަންނަ ޑިސެމްބަރު މަހުގެ 21 ގަ އެވެ.

ކްރިސްގެ އިތުރުން މިއަށް އަޑުއަޅައިދޭ ފަންނާނުންނަށް ބަލާ އިރު ޕްރިންސެސް ޕީޗަކީ އާނަ ޓޭ-ޖޯއި، ލުއިގީ އަކީ ޗާލީ ޑޭ، ބޯޒާ އަކީ ޖެކް ބްލެކް، ޓޯޑަކީ ކީގަން މައިކަލް-ކީ، ޑޮންކީ ކޮންގް އަކީ ސެތު ރޯޖެން، ކްރޭންކީ ކޮންގް އަކީ ފްރެޑް އާމިޒެން، ކަމެކް އަކީ ކެވިން މައިކަލް ރިޗަޑްސަން އަދި ފޯމަން ސްޕައިކް އަކީ ސެބަސްޓިއަން މެނިސްކާލްޝޯ އެވެ.

"ސުޕަ މާރިއޯ" ގެ އާ އެނިމޭޓެޑް ފިލްމެއް ގެނެސްދޭން މަސައްކަތްކުރާ އިރު، މީގެ ލައިވް-އެކްޝަން ފިލްމެއް 1993 ގައި "ސުޕަ މާރިއޯ ބްރޮސް" ގެ ނަމުގައި ގެނެސްދީފައިވެ އެވެ. އެކަމަކު އެއީ ބެލުންތެރިންގެ ވަރަށް ފިނި ތަރުހީބެއް ލިބުނު އެއްޗެކެވެ.

ނަމަވެސް އެނިމޭޓެޑް ފިލްމު ހަދާ ޓީމަށް އޮތް ޔަގީން ކަމަކީ ގޭމަށް އާންމުންގެ ފަރާތުން ލިބުނު ވަރުގެ ޝައުގުވެރިކަމެއް ސްކްރީނުން ފިލްމަށް ވެސް ލިބޭނެކަމެވެ.