Roadha Mihaaru
"އިންތިހާބުން ފެނުނީ ބަރުލަމާނީއަށް ތާއީދު ނެތް ކަން"

އިންތިހާބުން ފެނުނީ ބަރުލާމާނީ ނިޒާމަށް ތާއީދު ނެތް ކަން: ޝަރީފް

26 ސެޕްޓެމްބަރ 2021

އެމްޑީޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އިން ދައްކުވައިދިނީ ޕާޓީގެ ތެރޭގައި ބަރުލަމާނީ ނިޒާމަށް ތާއީދެއް ނެތް ކަން ކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އިން ދައްކުވައިދިނީ ޕާޓީގެ ތެރޭގައި ބަރުލަމާނީ ނިޒާމަށް ތާއީދެއް ނެތް ކަން ކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެ އެވެ.

ވާދަވެރި ކެމްޕެއިނެއް ކުރިއަށް ގެންދިޔަ މި އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތީ ބަރުލަމާނީ ނިޒާމު ގެންނަން ބޭނުންވި ކެންޑިޑޭޓުންނަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ އެއްވެސް މެންބަރަކު ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ވާހަކައެއް ނުދައްކަ އެވެ. އަދި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ހުރިހާ ކެންޑިޑޭޓުން ނަޝީދު އެންޑޯޒް ކުރި އިރު ނިޒާމުގެ މައްސަލާގައި ރައީސް ހުންނެވީ ހިމޭނުންނެވެ.

އިންތިހާބުގެ ނަތީޖާ ބުރަވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ކަމަށް މިހާތަނަށް އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުން ފެނުނީ ނިޒާމު ބަދަލު ކުރަން އެ ޕާޓީ ގްރާސްރޫޓް މެންބަރުން ބޭނުން ނުވާ ކަން ކަމަށެވެ. އަދި ނިޒާމުގެ ވޯޓެއް ނެގިޔަސް ރިޔާސީ ނިޒާމު ކުރި ހޯދާނެ ކަން ކަށަވަރު ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފުގެ ޓުވީޓް

"އިއްޔެގެ އިންތިހާބުގެ ނަތީޖާއަކީ ނިޒާމީ ވޯޓެއް ނެގި ފަހުން މިދިޔަ 12 އަހަރުގެ ތެރޭގައި އެއްވެސް ކަމެއް ބަދަލު ނުވާ ކަމުގެ ހެއްކެއް. ގިނަ މީހުން އަދިވެސް ގަބޫލު ކުރަނީ ބަރުލަމާނީ ނިޒާމަށް ވުރެ ރިޔާސީ ނިޒާމު ރަނގަޅު ކަމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގައ ހުންނެވި ޝަރީފް ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ އިންތިހާބު ވާދަވެރިކަމާއެކު ކުރިޔަށް ދިޔަ ނަމަވެސް މިއަދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވަން އެއްވެސް އިރެއްގައި އެމަނިކުފާނު ނޫޅުއްވާ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ގިނަ މެންބަރުން އިންތިހާބު ކާމިޔާބު ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.