01 އޮކްޓޯބަރ 2021
މިދިޔަ މަހު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" އަށް ބެލުންތެރިންނާއި ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކުރި ނަމަވެސް، ބޮލީވުޑްގެ ނުފޫޒު ގަދަ މީހުން އެ ފިލްމުގެ އަގުވަޒަން ނުކުރި ކަމަށް ބުނެ ކަންގަނާ ފާޑުކިޔައިފި އެވެ.
މިދިޔަ މަހު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" އަށް ބެލުންތެރިންނާއި ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކުރި ނަމަވެސް، ބޮލީވުޑްގެ ނުފޫޒު ގަދަ މީހުން އެ ފިލްމުގެ އަގުވަޒަން ނުކުރި ކަމަށް ބުނެ ކަންގަނާ ފާޑުކިޔައިފި އެވެ.
މީސްމީހުންނަށް އަބަދު ވެސް އެއްޗެހި ގޮވަން އާދަވެފައިވާ ބަތަލާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނީ ފިލްމު ސިނަމާތަކުގައި ދެއްކި އިރު، "ބޮލީވުޑް މާފިއާ އިން ފިލްމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކި" ކަމަށެވެ.
"އެފަދަ މީހުން ހަގީގަތުގައި އެބަޖެހޭ ސިޔާސީ ގޮތުންނާއި ފަރުދީ ގޮތުން މީހަކާ މެދު އޮންނަ ހިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށްފައި ކުރާ މަސައްކަތެއްގެ އަގު ވަޒަން ކުރަން،" ކަންގަނާ ބުންޏެވެ. "އެކަމަކު ބޮލީވުޑް މާފިއާ އަށް އެވަރުގެ ކަމެއް ކޮށްލުމަކީ ވެސް ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި އަހަންނަށް ފެނުނީ. އެވަރުގެ އިހުލާސްތެރި ކަމެއް އިންސާނިއްޔަތު ކަމެއް ވެސް ބޮލީވުޑް މާފިއާއަކު ނެތް."
އޭނާ ބުނީ "ތަލައިވީ" އަކީ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަތް ފިލްމަކަށްވާތީ އަމިއްލަ ފިލްމޯގްރަފީގައި އެއީ ވިދުން ގަދަ ޖަވާހިރެއް ފަދަ ފިލްމެއް ކަމަށެވެ. އޭއެލް ވިޖޭ ޑައިރެކްޓްކުރި "ތަލައިވީ" އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދިން ފިލްމެކެވެ.
މި ފިލްމުގައި ކަންގަނާ ދެއްކި އެކްޓިން މޮޅުކަމުން ގިނަ ބަޔަކު ބުނެފައި ވަނީ މިއީ އޭނާ އަށް ފަސް ވަނަ ނެޝަނަލް އެވޯޑެއް ވެސް ހައްގުވާ ވަރުގެ ފިލްމެއް ކަމަށެވެ. "ތަލައިވީ" ގެ ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ބައެއް ހަދަން ވެސް އޮތީ ނިންމައިފަ އެވެ.
މިދިޔަ މަހުގެ 10 ގައި ސިނަމާތަކުގައި އެޅުވި ފިލްމު މިހާރު ނެޓްފްލިކްސް އިން ބަލައިލެވޭނެ އެވެ.
ކަންގަނާގެ "ތަލައިވީ" ގެ ދެވަނަ ބައެއް
ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ
ކަންގަނާ ސިޔާސީ ދާއިރާއަށް ނުކުންނަށް ވެސް ތައްޔާރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އިންދިރާގެ ރޯލު ކަންގަނާ ކުޅޭ ފިލްމަކީ "އިމަޖެންސީ"
"ތަލައިވީ" އިން ކަންގަނާގެ ވިދުން މާ ގަދަކޮށްލާނެ
ބޮލީވުޑް ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ތަލައިވީ" ގެ ކްލައިމެކްސްގެ ޝޫޓިން ފަސްކޮށްފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް