Roadha Mihaaru
ޑޮކިއުމަންޓަރީ އަކީ "ބިޔޯންޑް ދަ ސްޓާ ސަލްމާން ޚާން"

ސަލްމާންގެ ޑޮކިއުމަންޓްރީ އަކީ "ބިޔޯންޑް ދަ ސްޓާ ސަލްމާން ޚާން"

06 އޮކްޓޯބަރ 2021

ބޮލީވުޑްގެ ތަރި ސަލްމާން ޚާނަށް ބިނާކޮށް ހަދާ ޑޮކިއުމަންޓަރީ ސީރީޒްގެ ނަމަކަށް "ބިޔޯންޑް ދަ ސްޓާ ސަލްމާން ޚާން" ގެ ނަމުގައި ހަދަން ނިންމައި އޭގެ މަސައްކަތް ވެސް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ތަރި ސަލްމާން ޚާނަށް ބިނާކޮށް ހަދާ ޑޮކިއުމަންޓަރީ ސީރީޒްގެ ނަމަކަށް "ބިޔޯންޑް ދަ ސްޓާ ސަލްމާން ޚާން" ގެ ނަމުގައި ހަދަން ނިންމައި އޭގެ މަސައްކަތް ވެސް ފަށައިފި އެވެ.

މި ޑޮކިއުމެންޓްރީ ހަދަނީ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފާއި އެޕްލޯޒް އެންޓަޓައިންމަންޓްގެ އިތުރުން ވިޒް ފިލްމްސް ގުޅިގެންނެވެ. މި ޑޮކިއު-ސީރީޒްގެ ވާހަކަ މީޑިއާތަކުން މިދިޔަ މަހުގެ ފަހުކޮޅު ރިޕޯޓްކޮށް ބުނީ މިއީ ސަލްމާންގެ ފިލްމީ ކެރިއަރުގެ ވާހަކަތައް ދައްކުވައި ދޭނެ އެއްޗެއް ކަމަށެވެ. އެގޮތުން އޭނާ އެކްޓިން އަށް ނުކުންނަން ކުރި މަސައްކަތާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ސްޓާރަކަށް ސަލްމާންވެގެން ދިޔަ ގޮތާއި ހިންދީ ސިނަމާގައި އޭނާގެ ނުފޫޒު މިހާރު އޮތް ވަރު "ބިޔޯންޑް ދަ ސްޓާ ސަލްމާން ޚާން" އިން ދައްކުވައި ދޭނެ އެވެ.

ސަލްމާން، 55، ބޮލީވުޑަށް ނުކުތީ 1988 ގެ "ބީވީ ހޯ ތޭ އޭސީ" އިންނެވެ. އެކަމަކު އޭނާ ތަރިއަކަށް ހަދާލީ ޖެހިގެން އައި އިރު އަހަރު ރިލީޒްކުރި ""މޭނޭ ޕިޔާރު ކިޔާ" އިންނެވެ. އޭގެ ފަހުން ސަލްމާން މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭނާ އަކީ ބޮލީވުޑުން އެންމެ އާމްދަނީއެއް ވެސް ލިބޭ އެއް ތަރި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ "ބިޔޯންޑް ދަ ސްޓާ ސަލްމާން" ގެ ޝޫޓިން މިހާރު ކުރިއަށްދާ ކަމަށާއި މީގެ ކޮންމެ އެޕިސޯޑެއް ގެނެސްދޭނީ ހާއްސަ ނަމެއްގެ ދަށުން ކަމަށެވެ. ނަމަވެސް މި ޑޮކިއު-ސީރީޒްއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި މީތި ބެލުންތެރިންނަށް ގެނެސްދޭނެ ޕްލެޓްފޯމެއް ވެސް ސާފެއް ނުވެ އެވެ.