އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތަށް ވަދެ، އެތަންތަނަށް ކުޑަކަމުދިޔަ މީހާ ހައްޔަރުކޮށް އޭނާގެ ބަންދު ކޯޓުން ހަތް ދުވަހަށް އިތުރުކޮށްފި އެވެ.
05 އޮކްޓޯބަރ 2021
އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތަށް ވަދެ، އެތަންތަނަށް ކުޑަކަމުދިޔަ މީހާ ހައްޔަރުކޮށް އޭނާގެ ބަންދު ކޯޓުން ހަތް ދުވަހަށް އިތުރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާގެ ބަންދު އިތުރުކުރީ އިއްޔެ އެވެ.
އެ މީހާ ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި ވަދެ އެތަންތަނަށް ކުޑަކަމުގޮސްފަ އެވެ. އެ ދެ މިސްކިތުގެ އިތުރުން ރައީސް އޮފީހުގެ ގޭޓް ކުރިމައްޗަށް ވެސް އޭނާ ކުޑަކަމުދިޔަ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ.
އެކަމަކު އިއްޔެގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ރައީސް އޮފީސް ކުރިމައްޗަށާއި އަދި އެހެން ތަންތަނަށް ކުޑަކަމުދިއުމާއި މި ހުރިހާ ކަންތައްތަކަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންގެ ސަބަބުން ހިނގާ ކަންތައްތަކެއް ކަމަށެވެ.
ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި
ކޯޓު އަމުރުނެތި 48 ގަޑިއިރަށް މީހުން ބަންދުކުރެވޭނެ
ރައީސްއޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާ ޖޫރިމަނާކޮށްފި
އަފްރާޝީމްގެ މަރުގެ ތަފްސީލު ރިޕޯޓެއް ލިބިއްޖެ:ރައީސް
ހުކުރު ނަމާދަށް ފަހު ކުރާ ދުއާ އަށް ފުރުސަތު ދީފި
"ކުލީގެ އެއްބަސްވުމުގައި ސޮއިކުރުވީ ބިރު ދައްކައިގެން"
ޑްރަގާ އެކު ތިން މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި
ގޭގެ ވެރިފަރާތަށް އަނިޔާކުރި 4 މީހުން ހައްޔަރުކޮށްފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ފްލެޓަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރު