Roadha Mihaaru
ނާާޒިލް އަސްލަމަށް ޖިންސީ ފުރައްސާކުރިކަމުގެ މައްސަލައެއް

މެންބަރު ނާާޒިލް އަސްލަމަށް ޖިންސީ ފުރައްސާކުރިކަމަށް ބުނެ މައްސަލަ ހުށަހަޅައިފި

05 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމަށް، ޖިންސީ ފުރައްސާރައަކަށް ވާ ފަދަ އަމަލެއް ކުރެއްވި ކަމަށް ބުނެ އެ މައްސަލަަ ބަލައިދޭން އެދި ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމަށް، ޖިންސީ ފުރައްސާރައަކަށް ވާ ފަދަ އަމަލެއް ކުރެއްވި ކަމަށް ބުނެ އެ މައްސަލަަ ބަލައިދޭން އެދި ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން ނާޒިލް ޖިންސީ ފުރައްސާރައަކަށްވާ އަމަލެއް ކުރައްވައި "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެންނެވެ. މަޖިލީހުގެ އިދާރާގެ ތެރޭގައި ނާޒިލް އެގޮތަށް ކަންތައް ކުރެއްވުމުން އެ މައްސަލަ ބަލައިދޭން އެދިވަޑައިގެން ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ.

ނާޒިލުގެ ފަރާތުން އެފަދަ ކަމެއް ދިމާވިތޯ "މިހާރު" ން ސުވާލުކުރުމުން އަސްލަމް ވިދާޅުވީ "އެ މައްސަލައިގައި ކުރާނެ ކޮމެންޓެއް ނެތް" ކަމަށެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މެމްބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި "މެމްބަރުން ހުށަހަޅުއްވާ މައްސަލަތައް އޮންނަ އުސޫލުން ކުރިއަށްދާނެ" ކަމަށެެވެ.

އެނގިފައިވާ ގޮތުގައި މިކަން ހިނގީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް ވޯޓްފޮއްޓެއް ކައިރީ، ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުންނެވެ. އެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވައި ނާޒިލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.

އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ އައްޑޫ މޭޔަރު އަލީ ނިޒާާރުގެ ކޮއްކޮ އަންސާރު މޫސާ އެވެ. އިންތިހާބުގައި އަސްލަމް ނާޒިލަށް ތާއީދު ނުކުރައްވައި އަންސާރަށް ތާއީދުކުރެއްވުމުން ދެ ބޭފުޅުންގެ މެދުގައި މައްސަލަ ގޯސްވިކަން ވަނީ އެނގިފަ އެވެ.