Roadha Mihaaru
އެންޑްރޮއިޑް ބައެއް އެޕްލިކޭޝަން އުސޫލުތަކާ ޚިލާފު

އެންޑްރޮއިޑް ސްޓޯރުގައި ހުރި ބައެއް އެޕްލިކޭޝަން އުސޫލުތަކާ ޚިލާފް

05 ޑިސެމްބަރ 2016

ޕްލޭ ސްޓޯރުން ހިލޭ ލިބެން ހުރި ބައެއް އެޕްލިކޭޝަންތައް ގޫގުލްގެ އުސޫލުތަކާ މުޅިން ޚިލާފުކަން ހާމަވެއްޖެ އެވެ. އެ އެޕްލިކޭޝަންތަކުގައި ހުންނަން ޖެހޭ އުސޫލުތަކާ މިންގަނޑުތައް ޑިވެލޮޕަރުން ދަމަހައްޓާފައި ނުވާކަން ވެސް ވަނީ އެނގިފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޕްލޭ ސްޓޯރުން ހިލޭ ލިބެން ހުރި ބައެއް އެޕްލިކޭޝަންތައް ގޫގުލްގެ އުސޫލުތަކާ މުޅިން ޚިލާފުކަން ހާމަވެއްޖެ އެވެ. އެ އެޕްލިކޭޝަންތަކުގައި ހުންނަން ޖެހޭ އުސޫލުތަކާ މިންގަނޑުތައް ޑިވެލޮޕަރުން ދަމަހައްޓާފައި ނުވާކަން ވެސް ވަނީ އެނގިފަ އެވެ.

ގޫގުލް ޕްލޭ ސްޓޯރު މެދުވެރިކޮށް އެންޑްރޮއިޑް އެޕްލިކޭޝަނެއް އާންމުކުރާ ނަމަ، ޑިވެލޮޕަރުން އަމަލުކުރަން ޖެހޭ އުސޫލުތަކެއް ގޫގުލުން ކަނޑައަޅާފައި ހުރެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަހަންމިޔަތުކަމެއް ދީފައި ވަނީ ފަރުދީ މައުލޫމާތު ރައްކާތެރިކޮށް ދެމެހެއްޓުމަށެވެ.

އެ އެޕްލިކޭޝަނަކުން ކުރެވޭ ކަންތައްތަކާއި، އެ އެޕްލިކޭޝަކުން ކުރާނެ ކަންތައްތައް ބަޔާންކޮށްފައި ހުންނަން ޖެހެ އެވެ. އަދި ގޫގުލުން ބުނާ ގޮތުގައި އެ އެޕްލިކޭޝަނެއް ބޭނުންކުރާ ބަޔަކަށް އެކަން އެނގެން ވެސް ޖެހެ އެވެ. "ޕްރައިވަސީ ޕޮލިސީ" ނުވަތަ ފަރުދުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމުގައި އެ އެޕްލިކޭޝަނެއް ބާރުފޯރުވާނެ މިންގަނޑު ވެސް ކަނޑައަޅާފައި ހުންނަން ޖެހެ އެވެ.

ޒާތީ މައުލޫމާތު އެއްކުރާ ނަމަ، މިސާލަކަށް އެ އެޕްލިކޭޝަނަކީ ފޯނު ނަންބަރުތައް ދެނެގަންނަ އެޕްލިކޭޝަނެއް ނަމަ، ފޯނުގައި ހުރި ނަމްބަރުތައް ބަލާނެކަން ބުނަން ޖެހެ އެވެ. ސޯޝަލް އެޕްލިކޭޝަންތައް ބޭނުންކުރާ ގޮތާއި، އޮންލައިން ވިޔަފާރީގައި ޝައުގުވެރިވާ ދާއިރާތައް ޑިވެލޮޕަރުން ރެކޯޑްކުރާ ނަމަ، އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް އެކަން އެނގެން ޖެހެ އެވެ. ހިތާމަ އަކީ ދިރާސާކުރުމަށް ހޮވާލި 18،000 އެޕްލިކޭޝަންގެ ތެރެއިން ދެބައިކުޅަ އެއްބައި ވެސް އެ މިންގަނޑަށް ފެތިފައި ނުވާ ކަމެވެ.

މޮބައިލް އެޕްލިކޭޝަންތަކަކީ ޒާތީ އަދި ފަރުދީ މައުލޫމާތު ހޯދައި، ބަހާ ވަސީލަތްތަކެކެވެ. ޑިވެލޮޕަރުންގެ ދިފާއުގައި ވާހަކަދައްކާ މީހުން ދެކެނީ، މޮބައިލް އެޕްލިކޭޝަންތަކުން ޒާތީ މައުލޫމާތު ފަތުރާކަން ބޭނުންުކުރާ މީހުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

ގޫގުލް މެޕްސް އަކީ ގޫގުލުން އުފައްދާފަައިވާ އެޕްލިކޭޝަނެއް ނަމަވެސް، މެޕްސް އަބަދު ކުރާ ކަމަކީ ޒާތީ މައުލޫމާތު ފެތުރުންކަން ދަންނަން ޖެހޭ ކަމަށް ބުނެ ޑިވެލޮޕަރުން ރައްދު ދެ އެވެ. އެ ހުރިހާ ވާހަކައެއް ޕްރައިވަސީ ޕޮލިސީގައި ނެތް ނަމަވެސް، ހޭލުންތެރިވާން ޖެހޭ ކަމަށް އެ މީހުން ބުނެ އެވެ. އެއީ ކޮންމެ އެޕްލިކޭޝަނެއްގައި ވެސް ހިމަނަން ޖެހޭ އުސޫލުތަކެއް ކަމަށް ވުމުން، ޕްރައްވަސީ ޕޮލިސީގައި ނެތް ނަމަވެސް، އެ ގޮތަށް ވިސްނަން ޖެހޭ ކަމަށް ޑިވެލޮޕަރުން ބުނެ އެވެ.