ގިނަ ބަޔަކު ބަރޯސާވާ އެޕް ސްޓޯރާއި ގޫގުލް ސްޓޯރުން ޑައުންލޯޑްކުރާ އެޕްތަކުން ލިބޭ ފައިދާ އިން ބައިއަޅާ ގޮތާ ދޭތެރޭ ކަންބޮޑުވުންތައް އުފެދި އެފަދަ ބައެއް މައްސަލަތައް ކޯޓާ ހަމައަށް ވެސް ގޮސްފައި ވަނިކޮށް ގޫގުލް ޕްލޭ ސްޓޯރުން ޑިވެލޮޕަރުންގެ އަތުން ފީ ކުޑަކުރަން ނިންމައިފި އެވެ.
18 މާޗް 2021
ގިނަ ބަޔަކު ބަރޯސާވާ އެޕް ސްޓޯރާއި ގޫގުލް ސްޓޯރުން ޑައުންލޯޑްކުރާ އެޕްތަކުން ލިބޭ ފައިދާ އިން ބައިއަޅާ ގޮތާ ދޭތެރޭ ކަންބޮޑުވުންތައް އުފެދި އެފަދަ ބައެއް މައްސަލަތައް ކޯޓާ ހަމައަށް ވެސް ގޮސްފައި ވަނިކޮށް ގޫގުލް ޕްލޭ ސްޓޯރުން ޑިވެލޮޕަރުންގެ އަތުން ފީ ކުޑަކުރަން ނިންމައިފި އެވެ.
އަލްފަބެޓްގެ ދަށުން ހިންގާ ގޫގުލްގެ ބްލޮގްގައި ބުނީ އިން-އެޕް ޕާޗޭސް އިން ޑިވެލޮޮޕަރުންގެ ނަގާ އަގު މި އަހަރުގެ ޖުލައި 1 އިން ފެށިގެން ކުޑަވާނެ ކަމަށެވެ. އެހެންވެ ކުރިން ކޮންމެ މިލިއަން ވިޔަފާރީއަކުން ނަގަމުން އައި 30 ޕަސެންޓްގެ ބަދަލުގައި ނަގާނީ 15 ޕަސެންޓެވެ. މިއީ ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލާ އުސޫލެއް ނޫން ކަމަށް ވެސް ބުންޏެވެ.
"މި ބަދަލާ އެކު ބައިނަލްއަގްވާމީ ފެންވަރުގައި ޑިޖިޓަލް ގުޑްސް އާއި ސާވިސް ވިއްކާ ޑިވެލޮޕަރުންނަށް މާލީ ގޮތުން ވަރަށް ބޮޑު ފައިދާއެއް ލިބެން ފަށާނެ،" ގޫގުލް އިން ބުންޏެވެ. "އަހަރެމެންގެ ކާމިޔާބީއަކަށް ވާނީ އަރެމެންގެ ޕާޓްނަރުންނަކީ ވެސް ކާމިޔާބު ބަޔަކަށްވެގެން. އަހަރެމެންނަކީ އަބަދު ވެސް ޑިވެލޮޕަރުންގެ އަޑު އަހާނެ ބައެއް. މި ގެންނަން ނިންމި ބަދަލަކީ އޭގެ ހެއްކެއް."
ޑައުންލޯޑް ވިޔަފާރިން ބައިއަޅާ މިންވަރާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ އެކު މި ފަހުން އެންމެ ބޮޑަށް ހޫނުވި އެއް މައްސަލަ އަކީ އެޕަލް އާއި ގޫގުލް ގޮވައިގެން "ފޯޓްނައިޓް" ގޭމް ނެރޭ އެޕިކް ގޭމުން މިދިޔަ އަހަރު ކޯޓަށް ދިޔަ މައްސަލަ އެވެ.
އެއާ ގުޅިގެން އެޕް ސްޓޯރުން ހިންގާ މުއާމަލާތްތަކަށް މިދިޔަ އަހަރުގެ ތެރޭގައި ލުއިތަކެއް ވެސް ދީފައިވެ އެވެ.
ޑިވެލޮޕަރުން ބުނާ ގޮތުގައި އެޕް ސްޓޯރާއި ޕްލޭ ސްޓޯރުން ފައިދާ އިން ބައިއެޅުމުގައި ގެންގުޅޭ އުސޫލުތަކާ ހެދި އެ ވިޔަފާރީގެ ވާދަވެރި ކަމަށް ވެސް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކަށް އެޕަލް އާއި ގޫގުލްގެ ވެރިން ހާޒިރު ވެސް ކޮށްފައިވެ އެވެ
ގޫގުލް ޕްލޭ އަކީ މީގެ 12 އަހަރު ކުރިން އޮކްޓޯބަރު 22، 2008 ގައި ތައާރަފުކުރި ހިދުމަތެކެވެ. މިއީ އެންޑްރޮއިޑް އަހުލުވެރިންނަށް ހާއްސަ ހިދުމަތެކެވެ.
އެޕަލްގެ އެޕް ސްޓޯރް ތައާރަފުކުރީ ޖުލައި 10، 2008 ގަ އެވެ. މިއީ އައިއޯސްގެ އަހުލުވެރިންނަށް ހާއްސަ ހިދުމަތެކެވެ.
މި ދެ ޕްލެޓްފަކީ އެޕްލިކޭޝަންތައް އެންމެ ފަސޭހައިން އެންމެ ގިނައިން ޑައުންލޯޑްކުރެވެން ހުރި ދެ ތަނެވެ.
އެންޑްރޮއިޑް ބައެއް އެޕްލިކޭޝަން އުސޫލުތަކާ ޚިލާފު
ގޫގުލް ޗެޓްބޮޓްގެ ޖަވާބަކުން 100 ބިލިއަން ގެއްލުން
ގޫގުލް އިން "ޗެޓްޖީޕީޓީ" އާ ވާދަކުރަން ޗެޓް ބޮޓެއް
ޓެކް ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ ކީއްވެ؟
ގޫގުލް ހޭންގްއައުޓްސް ނޮވެމްބަރުގައި ހުއްޓާލަނީ
ގޫގުލްގެ ސީއީއޯގެ މައްސަލައެއް ފުލުހުންނަށް
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ގޫގުލް އިން އަންނަ އަހަރު ސްމާޓް ގަޑި ނެރެނީ
ގޫގުލްގެ ބޮޑު އިންވެސްޓްމަންޓެއް އޮސްޓްރޭލިއާ އަށް