Roadha Mihaaru
ޕާކިސްތާނުގެ ވެރިންގެ ސިއްރު މިލްކިއްޔާތު ބަލާނަން: ޚާން

ޕެންޑޯރާ ޕޭޕާސް: ޕާކިސްތާން މީހުންގެ މައްސަލަ ބަލާނެ ކަމަށް އިމްރާން ޚާން ވިދާޅުވެއްޖެ

06 އޮކްޓޯބަރ 2021

އިސްލާމްއާބާދު (އޮކްޓޯބަރު 6) - ބައެއް ގައުމުތަކުގެ އެންމެ އިސް މީހުން ގައުމުން ބޭރުގައި ގެންގުޅުއްވާ ބައެއް މިލްކިއްޔާތުތައް ފަޅާއަރުވާލިއިރު، ޕާކިސްތާނު ސަރުކާރުގެ އިސް މީހުން އެފަދަ ކަމެއްގައި ބައިވެރިވެފައިވާ ނަމަ އެ މައްސަލަ ބަލާނެ ކަމަށް ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (އޮކްޓޯބަރު 6) - ބައެއް ގައުމުތަކުގެ އެންމެ އިސް މީހުން ގައުމުން ބޭރުގައި ގެންގުޅުއްވާ ބައެއް މިލްކިއްޔާތުތައް ފަޅާއަރުވާލިއިރު، ޕާކިސްތާނު ސަރުކާރުގެ އިސް މީހުން އެފަދަ ކަމެއްގައި ބައިވެރިވެފައިވާ ނަމަ އެ މައްސަލަ ބަލާނެ ކަމަށް ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި "ޕެންޑޯރާ ޕޭޕާޒް"ގެ ނަމުގައި ފަޅާއަރުވައިލި މާލީ ބަޔާންތަކެއްގައި، ބައެއް ގައުމުތަކުގެ ވެރިންނާއި އެކި ގައުމުތަކުގެ ސިޔާސީ ދާއިރާގެ އިސް ބޭފުޅުންނާއި ބޮޑެތި މަހުޖަނުންގެ ވާހަކަތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޕާކިސްތާން ކިބެނެޓުގެ މެންބަރުންގެ ނަންތައް ވެސް ހިމެނެ އެވެ.

އިމްރާން ޚާން ވިދާޅުވީ ޕާކިސްތާން ސަރުކާރުގެ އެއްވެސް މީހަކު ގައުމުން ބޭރުގައި ނުހައްގު މިލްކިއްޔާތެއް ގެންގުޅޭ ނަމަ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. ޕާކިސްތާނުގެ މީޑިއާ ރެޕޯޓްތައް ބުނާ ގޮތުގައި އެ ގައުމުގެ 700 އަށް ވުރެ ގިނަ މީހުންގެ ނަން ވަނީ ޕެންޑޯރާ ޕޭޕާސްގައި ހިމަނައިފަ އެވެ. ލީކުކޮށްލާފައިވާ ލިޔުންތަކުގައިވާ ގޮތުން ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު ޝައުކަތު ތަރީން އާއި އޭނާގެ އާއިލާގެ މެންބަރުން ގައުމުން ބޭރުގައި ހަތަރު ކުންފުންޏެއް ހިންގަ އެވެ.

ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު ޝައުކަތު ތަރީން. --ފޮޓޯ:ގެޓީ އިމޭޖަސް

ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު ޝައުކަތު ތަރީން. --ފޮޓޯ:ގެޓީ އިމޭޖަސް

ޕެންޑޯރާ ޕޭޕާޒް އަކީ އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) އާއި ވޮޝިންޓަން ޕޯސްޓުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ 650 އަށް ވުރެ ގިނަ ނޫސްވެރިން ގުޅިގެން، އެތައް މިލިއަން ލިޔެކިޔުންތަކެއް ދިރާސާކޮށްގެން ހިންގި ތަހުގީގީ ނޫސްވެރިކަމުގެ މަސައްކަތަކުން އެކުލަވައިލި ސިއްރު މައުލޫމާތުތަކެކެވެ. މިއީ އައިސީއައިޖޭ އިން މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި ކުރި ތަހުގީގީ ނޫސްވެރިކަމުގެ ދިރާސާއެވެ.

ޕެންޑޯރާ ޕޭޕާސް އިން ފަޅާއަރުވާލި މައުލޫމާތަށް އިމްރާން ޚާން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިމްރާން ޚާން ވަޑައިގެންނެވީ ވެސް ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލެވުމުގެ ކެމްޕޭނެއްގެ ތެރޭންނެވެ.

ގައުމުން ބޭރުގައި ވަގު ވިޔަފާރި ހިންގާ މީހުންގެ މައުލޫމާތު ޕެނަމާ ޕޭޕާސްގެ ނަމުގައި ކުރިން ލީކުކޮށްލާފައިވާ އިރު އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ އާއިލާގެ މީހުންގެ ނަން ހިމެނުމުން އެ މައްސަލަ ބެލުމަށް އެންމެ ބޮޑަށް ޑިމާންޑް ކުރި މީހުންގެ ތެރޭގައި އިމްރާން ޚާން ހިމެނިވަޑައިގަންނަވަ އެވެ.