ރިސޯޓް ތަރައްގީކުރަން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރަށްތައް ހުޅުވާލީ ވަރަށް އަގު ހެޔޮކޮށެވެ. ކުރިން ދޫކުރި ރަށްތަކަށް ވުރެން ލީސް އެކުއިޒިޝަން ކޮސްޓު ވަނީ 30 ޕަސެންޓަށް ދަށްކޮށްފަ އެވެ. ބޭނުމަކީ މިނިސްޓްރީން އިއުލާންކުރި ގޮތުގައި އިންވެސްޓަރުންގެ ޑިމާންޑް އިތުރުކުރުމެވެ. އެކަމަކު 16 ރިސޯޓަށް ހުޅުވާލި 23 ރަށުގެ ތެރެއިން އެވޯޑުކުރީ އެންމެ ރަށެކެވެ.
11 އޮކްޓޯބަރ 2021
ރިސޯޓް ތަރައްގީކުރަން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރަށްތައް ހުޅުވާލީ ވަރަށް އަގު ހެޔޮކޮށެވެ. ކުރިން ދޫކުރި ރަށްތަކަށް ވުރެން ލީސް އެކުއިޒިޝަން ކޮސްޓު ވަނީ 30 ޕަސެންޓަށް ދަށްކޮށްފަ އެވެ. ބޭނުމަކީ މިނިސްޓްރީން އިއުލާންކުރި ގޮތުގައި އިންވެސްޓަރުންގެ ޑިމާންޑް އިތުރުކުރުމެވެ. އެކަމަކު 16 ރިސޯޓަށް ހުޅުވާލި 23 ރަށުގެ ތެރެއިން އެވޯޑުކުރީ އެންމެ ރަށެކެވެ.
އެއީ ހއ. ވެލިފިނޮޅެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ކުންފުނި ޕާލް ސޭންޑްސްއަށް މި ރަށް ވިއްކީ ހަތް ލައްކަ ޑޮލަރު (11 މިލިއަން ރުފިޔާ) އަށެވެ. ހުރިހާ ރަށްތަކެއްގެ ތެރެއިން ވެސް އެންމެ ކުޑަ އަގު ހުށަހެޅީ، ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ މި ރަށަށެވެ.
ބައެއް ރަށްތަކަށް ކަނޑައެޅި އަގުތަކަށް ވުރެން 100 ޕަސެންޓް ބޮޑުކޮށް ވެސް ގަންނަން ހުށަހެޅި އެވެ. އެންމެ ބޮޑު އަގެއް ހުށަހަޅާފައި އޮތީ ގދ. ކަނޑަހަލަގަލާ އަށެވެ. އެއީ، 2.1 މިލިއަން ޑޮލަރު (32 މިލިއަން ރުފިޔާ) އެވެ.
އެކަމަކު ވެލިފިނޮޅު ފިޔަވައި އެއްވެސް ރަށެއް ދުލެއް ނުކޮށްލި އެވެ.
މިވީ ކިހިނެއްތޯ ސުވާލު އުފައްދަމުންދާ އިރު ރަށްތަކަށް ބިޑްކުރި ބައެއް މީހުންގެ ބޮޑެތި ޝަކުވާތަކެއް ވެސް އެބަހުއްޓެވެ.
ރާއްޖޭގެ އެންމެ ބޮޑު އާމްދަނީއެއް ވަންނަ، ޓޫރިޒަމަކީ އެންމެ ކާމިޔާބު ވިޔަފާރިތައް ހިންގަމުން އަންނަ އެއް ދާއިރާއެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި އިންވެސްޓަރުން ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓް ކުރާ ސަބަބުތައް ވަރަށް ވެސް ގިނަ އެވެ. އޭގެ އެއް ސަބަބަކީ 20 ނުވަތަ 30 މިލިއަން ހަރަދުކޮށްގެން އަޅާ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ވެސް ދެތިން އަހަރުން އިންވެސްޓްމެންޓް ރިކަވާވެ، ބޮޑު ފައިދާއެއް ވާން ފެށުމެވެ.
މި ފަހަރު އިންވެސްޓަރުންނަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. ގާތްގަނޑަކަށް ބޮޑު ސޭލްގައި ރަށްތައް ވިއްކަން ހުޅުވާލުމެވެ.
މި ރަށްތަކަށް 13 ހުށަހެޅުމެއް ލިބުނަސް ބިޑް ކޮމިޓީގެ ނިންމުމަކީ އެންމެ ބިޑެއް ބަލައިގަނެ އެހެން ހުރިހާ ހުށަހެޅުމެއް ކެންސަލް ކުރުމެވެ.
ޓޫރިޒަމް މިނިސްޓްރީން ބިޑްތައް ޑިސްކޮލިފައި ކުރުމުގައި އަމަލުކުރީ އެންމެ ރަނގަޅަށް ކަމަކަށް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ.
"އެ މައުލޫމާތަކީ އަޅުގަނޑުމެންނަށް ދެވޭނެ މައުލޫމާތު. ބޭންކުން ވެސް އެކަން ބެލޭނެ. ޔަގީން ކުރެވޭނެ. އެއީ ބިޑެއް ޑިސްކޮލިފައި ކުރަން ޖެހޭ ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ރަށަކަށް ކުރިމަތިލީ ފަރާތަކުން ނަން ހާމަ ނުކުރަން އެދި ބުނީ އެއް މަހުގެ ބޭންކް ސްޓޭޓްމަންޓް ނެތުމަކީ ވެސް ބިޑް ކެންސަލްކުރި ސަބަބެއް ކަމަށް މިނިސްޓްރީން ދެއްކި ކަމަށެވެ.
"އެ މައުލޫމާތަކީ އަޅުގަނޑުމެންނަށް ދެވޭނެ މައުލޫމާތު. ބޭންކުން ވެސް އެކަން ބެލޭނެ. ޔަގީން ކުރެވޭނެ. އެއީ ބިޑެއް ޑިސްކޮލިފައި ކުރަން ޖެހޭ ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ބިޑަށް ކުރިމަތިލި އެހެން ފަރާތަކުން ތުހުމަތު ކުރި ގޮތުގައި، ހުށަހެޅި 13 ބިޑްގެ ތެރެއިން އެންމެ ފަރާތެއް ފިޔަވާ އެހެން ހުރިހާ ބިޑެއް ބާތިލް ކުރީ އަލުން ރަށްތައް އިއުލާނު ކުރާ އިރު އެއަށް ވުރެ އަގު ބޮޑު ކޮށް ރަށްތައް ދޫކުރުމަށެވެ.
"ވަރަށް ބޮޑު ޑިސްކައުންޓެއް ދީފައި އޮތީ. އަޅުގަނޑުމެން ވެސް ބިޑަށް ހުށަހެޅީ އޭގެ ފައިދާ ހޯދަން. އަޅުގަނޑަށް ހީވަނީ ދެން ސަރުކާރުން ހުށަހަޅާނީ އެއަށް ވުރެ ރަނގަޅު އަގެއް ހޯދުމަށް. އެންމެ ފުރަތަމަ ބިޑަށް ހުޅުވާލި އިރު ދުނިޔޭގެ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ޑިމާންޑް އޮތީ ވަރަށް ބޮޑަށް ވެއްޓިފައި،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތަރައްގީކޮށްފައިވާ ރިސޯޓެއް. މިމަހު އަނެއްކާ ވެސް ރިސޯޓް ތަރައްގީ ކުރަން ރަށްތައް ހުޅުވާލާނެ--
ކޮވިޑާ ގުޅިގެން އެންމެ ބޮޑަށް އަސަރެއްކުރީ ހޮސްޕިޓަލިޓީ ދާއިރާއަށެވެ.
ޔޫއެންޑަބްލިއުޓީއޯއިން ލަފާކުރި ގޮތުގައި ކޮވިޑާ ގުޅިގެން ޓޫރިޒަމުން ލިބެމުން އައި 900 މިލިއަން ޑޮލަރާއި 1.2 ޓްރިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ގެއްލިފައިވެ އެވެ. މިހެން ވުމުން ރިސޯޓުތަކާއި ހޮޓާ ތަކަށް އިންވެސްޓް ކުރާ މީހުން ވަރަށް ބޮޑަށް ދަށަށްވީ އެވެ.
"ރާއްޖެ ފަދަ ޓޫރިޒަމްގެ ކާމިޔާބު ވިޔަފާރިތައް ކުރަމުން އަންނަ ގައުމަކަށް މިއީ މަދު ޕްރޮޕޯސަލްތަކެއް. ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް އިންވެސްޓް ކުރުން އޮތީ މަޑުޖެހިލާފައި،" ބިޑަށް ކުރިމަތި ފަރާތަކުން ވިދާޅުވި އެވެ.
ކޮވިޑްގެ ހާލަތުގައި އެހާ ބޮޑު ހޭދައެއް ކުރަން ގިނަ އިންވެސްޓަރުން ބޭނުމެއް ނުވި އެވެ. މިހާރު އަނެއްކާ ވެސް ކޮވިޑްގެ ހާލަތުން އަރައިގަނެ ވިޔަފާރިތައް އަންނަނީ ހިނގައި ގަންނަން ފަށައިފަ އެވެ.
މިއަހަރު ކުރީ ކޮޅަށް ވުރެ މިހާރު ރަށްތައް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލައިފި ނަމަ އެކަމުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަބަބުތަކާ ހުރެ ކުރިން އެކުއިޒިޝަން ކޯސްޓުން 30 ޕަސެންޓް ދިން ކަމުގައިވީ ނަމަވެސް މިމަހު ހުޅުވާލާ ފުރުސަތުގައި އެފަދަ ޑިސްކައުންޓެއް ނުދިނުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް މަހު ޓޫރިޒަމްގެ ބޭނުމަށް ހުޅުވާލުމުން ބިޑަށް ކުރިމަތިލި އެއް ފަރާތަކީ އިންޓަރިމް ބަޔޯ ޓެކް އެލްއެލްސީ އެވެ. އެކުންފުނިން ވަނީ ގއ. އަތޮޅުގެ ރަށެއް ތަރައްގީ ކުރަން 700،000 ޑޮލަރު (10.7 މިލިއަން ޑޮލަރު) ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް ބިޑް ޑިސްކޮލިފައި ކުރީ ބިޒްނަސް ރަޖިސްޓްރޭޝަން ސައްހަކަން ކަށަވަރު ނުވާ ކަމަށް ބުނެ އެވެ.
"އަޅުގަނޑުމެންގެ ކުންފުނި ރަޖިސްޓްރީ ކޮށްފައި އިންނާނީ ޔޫއެސްގަ. ކުންފުނި ރަޖިސްޓްރީ ހުށަހެޅިން. އެކަމަކު ބިޑް ބާތިލް ކުރީ. އެކަމުގައި އެއްވެސް ވަރަކަށް ނުގުޅުއްވާ،" އެ ކުންފުނީގެ ޑައިރެކްޓާ އޮފް ފައިނޭންސް ސޮއްފަތުﷲ ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބިޑް އިވެލުއޭޝަން ކޮމިޓީން އެހާ ދުވަސް ވަންދެން ބިޑިން މަސައްކަތް ކުރުމަށް ފަހު، އެންމެ ފަހު ވަގުތު ބިޑް ޑިސްކޮލިފައި ކުރީ ގަބޫލުކުރެވޭ އުޒުރެއް ނެތި ކަމަށެވެ.
އެ ކުންފުނިން ވަނީ ބިޑް އިވެލުއޭޝަން ކޮމިޓީއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓްރީއަށް ވެސް ހުށަހަޅައިފަ އެވެ.
މިކަމުގައި އެ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ. އޭނާ ވިދާޅުވީ، 13 ބިޑްގެ ތެރެއިން އެންމެ ބިޑެއް ބަލައިގަނެ އެހެން ހުރިހާ ބިޑެއް ބާތިލް ކުރުމުން އެކަމުގައި ޝައްކުވާ ގިނަ ކަންކަން އެބަ ހުރި ކަމަށެވެ.
"އަޅުގަނޑުމެން އިންނާނީ ރަޝިއާގެ އިންވެސްޓަރެއްގެ އަތުން 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ) ހޯދާފައި. އެކަމަކު އެންމެ ފަހު ވަގުތު ބިޑްވީ ޑިސްކޮލިފައި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިންނާނީ ރަޝިއާގެ އިންވެސްޓަރެއްގެ އަތުން 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ) ހޯދާފައި. އެކަމަކު އެންމެ ފަހު ވަގުތު ބިޑްވީ ޑިސްކޮލިފައި،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އެންމެ ފަހުން ރިސޯޓް ތަރައްގީ ކުރަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ގިނައީ ޓޫރިޒަމް އެހާ ބޮޑަށް ފުޅާވެފައި ނެތް ސަރަހައްދުތަކެވެ. އެގޮތުން ގިނައީ އުތުރާއި ދެކުނުގެ ރަށްތަކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޑިސްކައުންޓް އަގުތަކެއް ދިން އިރު މިފަހަރު ހުޅުވާލީ ރިސޯޓްތަރައްގީ ކުރަން އެންމެ އަގު ހެޔޮ ރަށްތައް ކަމަށެވެ. ސަބަބަކީ މާލެ ކައިރި ސަރަހައްދުތަކުގެ ބަދަލުގައި ޓޫރިޒަމް އެހާ ފުޅާ ނޫން ސަރަހައްދުތަކުގެ ރަށްތަކަށް ހުޅުވާލުމެވެ. އެކިއުޒިޝަން ކޯސްޓް އެންމެ ބޮޑީ މާލެއާ ކައިރި ސަރަހައްދުތަކުގަ އެވެ. މިދިޔަ އަހަރު ސަރުކާރުން ވަނީ ރިސޯޓް ތަރައްގީ ކުރަން ދޫކުރާ ރަށްތަކުގެ ކުއްޔަށް ބަދަލުތަކެއް ގެނެސް އެކަން އިއުލާނުކޮށްފަ އެވެ.
- އައްޑޫ އާއި ފުވައްމުލަކު ސަރަހައްދު: އަކަ މީޓަރަކަށް ދެ ޑޮލަރު - ހއ. އާއި ހދ. : އަކަ މީޓަރަކަށް ހަތަރު ޑޮލަރު - ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ލ. އަތޮޅު: އަކަ މީޓަރަށް ހަ ޑޮލަރު
މި ބަދަލު ގެނެސްފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި މިހާރަށް ވުރެ ހަލުއިކޮށް ޓޫރިޒަމް ފުޅާ ކުރުމުގެ ބޭނުމުގަ އެވެ.
ކްރޮސްރޯޑްސް. މިއީ ރާއްޖޭގައި އެންމެ ތަފާތުކޮށް ތަރައްގީކޮށްފައިވާ އެއް ސަރަހައްދު. ކ އަތޮޅަކީ އެންމެ ބިން އަގު ބޮޑު ސަރަހައްދު-- ފޮޓޯ: މިހާރު
ބިޑް ތައް ޑިސްކޮލިފައި ކުރުމާ ގުޅިގެން ބިޑް ހުށަހެޅި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އިރު ޓޫރިޒަމް މިނިސްޓްރީން ބުނަނީ ބިޑް ޑިސްކޮލިފައި ކުރީ ޑޮކިއުމަންޓްތައް ހަމަނުވާތީ ކަމަށެވެ. އަދި އެއްވެސް ބިޑެއް ޑިސްކޮލިފައި ކުރުމުގައި އަގަށް ބަލާފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ކުރެއްދޫން އިޓަލީ ޓޫރިސްޓްގެ މައުލޫމާތު ސިއްރުކުރި
ކުރެއްދޫން ގެސްޓުން ފައިބަން ފަށައިފި
ތިން ރިސޯޓު ވެސް ކަރަންޓީނުުން ދޫކޮށްލައިފި
އިޓަލީ މީހާއާ މެދު އިހުމާލުވިތޯ އެބަ ބަލަން: ފުލުހުން
ކުރެއްދޫ: ކުރިން ނުދެކޭ ފަދަ ހިމޭންކަމެއްގައި
ކަރަންޓީނުކުރި ދެ ރިސޯޓުގައި 824 ޓޫރިސްޓުން
ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު