ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫ އައިލެންޑް ރިސޯޓަކީ އަބަދުހެން ވަރަށް ހެޕަނިން ތަނެވެ. ރާއްޖޭގެ ރީތިކަން ދެކިލަން އަންނަ ޓޫރިސްޓުންގެ ހިތް އުފާކޮށްދޭ މަންޒިލެކެވެ. ނަމަވެސް މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 އަށް އެ ރިސޯޓްގެ މުވައްޒަފުންތަކެއް ޕޮޒިޓިވް ވުމާ އެކު މަންޒަރު ބަދަލުވެއްޖެ އެވެ.
10 މާޗް 2020
ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫ އައިލެންޑް ރިސޯޓަކީ އަބަދުހެން ވަރަށް ހެޕަނިން ތަނެވެ. ރާއްޖޭގެ ރީތިކަން ދެކިލަން އަންނަ ޓޫރިސްޓުންގެ ހިތް އުފާކޮށްދޭ މަންޒިލެކެވެ. ނަމަވެސް މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 އަށް އެ ރިސޯޓްގެ މުވައްޒަފުންތަކެއް ޕޮޒިޓިވް ވުމާ އެކު މަންޒަރު ބަދަލުވެއްޖެ އެވެ.
ޓޫރިސްޓުން އަރާ ގާތްގަނޑަކަށް ފުރިފައި އޮތަސް، މިހާރު އެއީ، އެއް މުވައްޒަފަކު ސިފަކުރި ގޮތުގައި، "ހަރަކާތެއް ނެތް ތަނެކެ"ވެ.
އެ ރިސޯޓަށް އަރާ ފޭބުން ހުކުރު ދުވަހުން ފެށިގެން މަނާކުރި އިރު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މަސަައްކަތްްތެރިން އެބަ ތިއްބެވެ.
ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ތަނުގެ ބިދޭސީ އަންހެން ޑޮކްޓަރާއި ޑައިވް ސެންޓަރުގައި މަސައްކަތް ކުރާ ބިދޭސީ ތިން މީހެކެވެ. އޭގެ ތެރޭގައި ޑައިވް ސެންޓަރުގެ މެނޭޖަރު ފިޔަވާ ދެން ހިމެނެނީ ވެސް ދެ އަންހެނެކެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓް: ކޮވިޑް-19 ފެނުމާއެކު މުޅި ރިސޯޓް ވަނީ ކަރަންޓީންކޮށްފައި--
ކޮރޯނާވައިރަސްއާ ގުޅިގެން ރިސޯޓްގެ 69 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އެ މީހުން ތިބީ ހުސްކޮށް ހުރި ގެސްޓް ރޫމްތަކުގަ އެވެ. ކެއުންބުއިމާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދެ އެވެ.
ރިސޯޓުން ވާހަކަ ދެއްކި މީހަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި ޑޮކްޓަރު ފިޔަވާ އެހެން އެންމެން އަދިވެސް ތިބީ އެ ރިސޯޓްގައި ކަމަށެވެ. އޭގެ ތެރޭގައި ޕޮޒިޓިވްވިކަން ރޭ ޔަގީންވި ދެ މީހުން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
"އަސްލު އެއީ ކަންބޮޑުވުމަކީ. އެމީހުން އަދިވެސް ނުގެންދާތީ. މިއަދު އެ މީހުން ބަލައި އަންނަ ވާހަކަ އަޑުއެހިން،" އޭނާ ބުންޏެވެ.
ޗަމްޕާ ބްރަދާސް އާއި ސްވިޑުންގެ ލާސް ޕީޓަ އަދި މެޓް ޕީޓަރު ގުޅިގެން އުފަައްދާފައިވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގާ 387 ކޮޓަރި ހުންނަ ކުރެއްދޫގައި މިވަގުތު 700 ގެސްޓުން ތިބި ނަމަވެސް ރިސޯޓްގެ ތެރެއިން އިހުސާސްކުރެވެނީ، ބައެއް މުވައްޒަފުން ސިފަކުރި ގޮތުގައި، "ފަޅުކަމެ"ވެ. ވަރަށް މަދުން ނޫނީ އެ ރީތި ރަށުތެރެއަށް ނުކުމެއެއް ނޫޅެ އެވެ. އަވީގައި ޖެހިލުމަށާއި މޫދަށް އެރިލުން ފަދަ ކަންކަމަށް ނުކުންނަނީ ވަރަށް މަދު ބައެކެވެ.
އެކަމަކު ރިސޯޓްގެ އޮޕަރޭޝަންތަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. އައިސޮލޭޝަންގައި ތިބި މުވައްޒަފުން ފިޔަވާ އެހެން އެންމެން މަސައްކަތަށް ނުކުމެ އެވެ. ގެސްޓުންނަށް ދޭން ޖެހޭ ހިދުމަތްތައް އާއްމު ދުވަސްވަރެކޭ އެގޮތަށް އަންނަނީ ދެމުން ކަމަށް، މުވައްޒަފުން ބުނެ އެވެ. ރޫމް ސާވިސް އިތުރުން ހަތަރު ރެސްޓޯރެންޓް ވެސް ހުންނަނީ ހުޅުވައިފަ އެވެ. އެކަމަކު ޑައިވް ސެންޓަރުގެ ތިން މީހަކު އައިސޮލޭޝަންގައި ތިބުމުން އެތަން ހުރީ ބަންދުކޮށްފަ އެވެ.
ތަފާތު ބަލިތަކަށް ގަވާއިދުން ބޭސް ކާ މީހުންގެ ބޭސް ހުސްވެދާނެތީ، އެޗުޕީއޭ އިން އަންނަނީ ބޭސްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން
އެކަމަކު ވަރަށް އަވަހަށް އަދި ފަސޭއިން އަރާ ވައިރަސްއަކަށް ވާތީ ޓޫރިސްޓުން ވެސް ތިބީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އެހެންކަމުން ރޭގަނޑު ބާ ތެރޭގައި އޮންނަ ލައިވް މިޔުޒިކަށް ވެސް ތަރުހީބެއް ނުލިބެ އެވެ.
"އެއީ ގިނަ ބަޔަކު އެއްވެ އުޅޭ ގޮތަށް އޮންނަ ކަމެއް. އެހެންވެ ކަންނޭނގެ މިހާރު ޓޫރިސްޓުން ވަރަށް މަދުން އަންނަނީ ބާއަށް ވެސް،" ހާލަތު ކިޔައިދެމުން މުވައްޒަފަކު ބުންޏެވެ.
އެކަމަކު އޭނާ ބުނީ ކުރިމަތިވެގެން އުޅޭ ހާލަތާ މެދު ޓޫރިސްޓުންގެ މާ ބޮޑު ޝަކުވާތަކެއް ނެތް ކަމަށެވެ. އެކަށީގެންވާ މައުލޫމާތު ނުލިބިގެން ފުރަތަަމަކޮޅު ޓޫރިސްޓުން ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކު ވެސް ޓޫރިސްޓުންނަށް ބްރީފިން ދެމުން އަންނާތީ އެމީހުން ތިބީ ހިތްހަމަޖެހިގެން ކަމަށް، އޭނާ ބުންޏެވެ.
އޭނާ ބުނީ ތަފާތު ބަލިތަކަށް ގަވާއިދުން ބޭސް ކާ މީހުންގެ ބޭސް ހުސްވެދާނެތީ، އެޗުޕީއޭ އިން އަންނަނީ ބޭސްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ޓޫރިސްޓުންނަށް ވުރެ ބޮޑަށް ބިރުން ތިބީ ރިސޯޓްގެ މުވަައްޒަފުންނެވެ. އެމީހުންގެ ކަންބޮޑުވުމަކީ، "މިހާރު"އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި، އެކަށީގެންވާ ވަރަށް މާސްކާއި ސެނަޓައިޒާ ފަދަ ތަކެތި ނެތުމެވެ.
އެކަމަކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދި ފަހުން ވިދާޅުވެފައި ވަނީ ޓޫރިޒަމް ދާއިރާއަށް އަމާޒުކޮށް ބައި މިލިއަނެއްހާ މާސްކް ގެނެސްފައިވާ ކަމަށެވެ.
ކުރެއްދޫގެ އިތުރުން ކޮރޯނާވައިރަސް އަށް ދެ މީހަކު ޕޮޒިޓިވްވި ބަތަލާ އައިލެންޑް ރިސޯޓަށް ވެސް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އެ ރިސޯޓްގައި ތިބި ޓޫރިސްޓުންގެ އަދަދު 125 އަށް އަރަ އެވެ.
ކުރެއްދޫން އިޓަލީ ޓޫރިސްޓްގެ މައުލޫމާތު ސިއްރުކުރި
ކުރެއްދޫން ގެސްޓުން ފައިބަން ފަށައިފި
އިޓަލީ މީހާއާ މެދު އިހުމާލުވިތޯ އެބަ ބަލަން: ފުލުހުން
ކަރަންޓީނުކުރި ދެ ރިސޯޓުގައި 824 ޓޫރިސްޓުން
ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް
"ސޭލް" އެޅުވި ރަށްތައް ނުވިކުނީ ކީއްވެ؟
ރިސޯޓު މުވައްޒަފުން ބުނަނީ ވަރުބަލި ވެއްޖެ ކަމަށް!
ކަނޑިންމަގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ޑަބްްލިއުޓީޓީސީން ރާއްޖެއަށް ސޭފްޓްރެވެލް ސްޓޭމްޕް ދީފި
ރާއްޖެ އާދެވޭނީ ކޮވިޑް ޓެސްޓު ނެގެޓިވް ވުމުން