ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ފެނުނު ދެ ރިސޯޓުކަމަށްވާ ޅ.ކުރެއްދޫ އާއި އއ. ސޭޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި މިވަގުތު 824 ޓޫރިސްޓުން އެބަ ތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
09 މާޗް 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ފެނުނު ދެ ރިސޯޓުކަމަށްވާ ޅ.ކުރެއްދޫ އާއި އއ. ސޭޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި މިވަގުތު 824 ޓޫރިސްޓުން އެބަ ތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކުރެއްދޫގައި 699 ޓޫރިސްޓުން ތިބި އިރު ބަތަލާގައި ތިބީ 125 ޓޫރިސްޓުންނެވެ. މި އެންމެންގެ އިތުރުން އެރިސޯޓުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ރިސޯޓުން ނުފޭބޭގޮތަށް މިދެ ރިސޯޓު ވަނީ ކަރަންޓީނުކޮށްފަ އެވެ. މިދެ ރިސޯޓުގައި ތިބި މީހުންގެ ހުރިހާ ކަމެއް ބަލަނީ ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ޓީމުންނެވެ.
ޓޫރިސްޓުންގެ އިތުރުން ކުރެއްދޫގައި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މަސަައްކަތްްތެރިން ވެސް އެބަތިއްބެވެ. ބިދޭސީ 420 މަސައްކަތްތެެރިންގެ ތެރޭގައި ގިނައީ ކޮންސްޓްރަކްޝަން މަސަައްކަތްތަކަށް ގޮސް ތިބި، އެހެން ކުންފުންޏެއްގެ މުވައްޒަފުންނެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓަކީ ޗަމްޕާ ބްރަދާސް އާއި ސްވިޓްޒަލެންޑްގެ ލާސް ޕީޓަ އަދި މެޓް ޕީޓަރު ގުޅިގެން އުފަައްދާފައިވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ކުންފުނިން ހިންގާ ރިސޯޓެކެވެ. ބަތަލާ ރިސޯޓަކީ ސްވިޒަލޭންޑްގެ ކުންފުންޏެއް ކަމަށްވާ ޕްލޭންހޮޓެލް ގްރޫޕުން ރާއްޖޭގައި ހިންގާ ރިސޯޓެކެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ހަތަރު މީހުން ވަނީ ޕޮސިޓިވްވެފަ އެވެ. މި ހަތަރު މީހުންނަކީ ވެސް ބިދޭސީ މީހުންނެވެ. ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން ރިސޯޓްގައި ތިބި މީހުންގެ ކަންތައްތައް ބަަލަހައްޓާނެ ގޮތުގެ އިރުޝާދު ރިސޯޓުތަކަށް ދީފައވާ އިރު އެހެން ރަށް ރަށަށް ދިޔަ މީހުންނާ މެދު ފަރުވާތެރިވާން ޖެހޭ ކަންތައްތައް އެ ރަށްތަކަށް އަންގާފައިވާ ހެލްތް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް
ކުރެއްދޫން އިޓަލީ ޓޫރިސްޓްގެ މައުލޫމާތު ސިއްރުކުރި
ކުރެއްދޫން ގެސްޓުން ފައިބަން ފަށައިފި
ތިން ރިސޯޓު ވެސް ކަރަންޓީނުުން ދޫކޮށްލައިފި
އިޓަލީ މީހާއާ މެދު އިހުމާލުވިތޯ އެބަ ބަލަން: ފުލުހުން
ކުރެއްދޫ: ކުރިން ނުދެކޭ ފަދަ ހިމޭންކަމެއްގައި
"ސޭލް" އެޅުވި ރަށްތައް ނުވިކުނީ ކީއްވެ؟
ރިސޯޓު މުވައްޒަފުން ބުނަނީ ވަރުބަލި ވެއްޖެ ކަމަށް!
ކަނޑިންމަގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ޑަބްްލިއުޓީޓީސީން ރާއްޖެއަށް ސޭފްޓްރެވެލް ސްޓޭމްޕް ދީފި