Roadha Mihaaru
ނަޝީދު ރާއްޖެ ވަޑައިގެން ރައީސްއާ ބައްދަލުވި ވަގުތުކޮޅު

ނަޝީދު ރާއްޖެ ވަޑައިގެން ރައީސްއާ ބައްދަލުވި ވަގުތުކޮޅު

11 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ފަރުވާ އަށް ރާއްޖޭން ބޭރުގައި އުޅުއްވާތާ ހަތަރު މަސް ފަހުން މިއަދު ރާއްޖެ ވަޑައިގަތުމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.

ނަޝީދު މަތިންދާބޯޓުން ފައިބައިވަޑައިގެންނެވުމާ އެކު ރައީސް ވަނީ ނަޝީދުގެ ހަށިކޮޅުގައި ބައްދާލައްވައި މަރުހަބާ ވިދާޅުވެފަ އެވެ. ސިޔާސީ ތަފާތުވުންތައް ހުއްޓަސް އެ ވަގުތުކޮޅުން ފެނުނީ ދެ ބޭފުޅުންގެ އޮތް ގާތް ގުޅުމެވެ.

ސިޔާސީ މަސައްކަތްތަކުގައި މި ފަހުން ގުޅުން ގޯސްވެފައި ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދަކީ އަބަދުވެސް އެކުގައި އުޅުއްވި ދެ ބޭފުޅުންނެވެ.

ފަރުވާއަށް ބޭރުގައި ހަތަރު މަސް ހޭދަކުރައްވައި ނަޝީދު މިއަދު މާލެ ވަޑައިގަތީ ދުބާއީގައި އޮތް އެކްސްޕޯ ނިންމާލެއްވުމަށް ފަހު އެވެ. އެނގިފައިވާ ގޮތުގައި އެމަނިކުފާނު ރާއްޖޭގައި ހުންނަވާނީ ތިން ދުވަހެވެ.

ކުރު ދަތުރަކަށް ނަޝީދު ރާއްޖެ ވަޑައިގެންނެވި ސަބަބެއް އަދި ނޭނގެ އެވެ. އެއާޕޯޓުން ސިފައިންގެ އެންމެ ހައި ސިކިއުރިޓީއާ އެކު ވަޑައިގަތީ ހޮޓެލް ޖެންއަށެވެ.

ނަޝީދު ޖެން ހޮޓެލްއަށް މިއަދު ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: ޓުވިޓާ

ނަޝީދު ޖެން ހޮޓެލްއަށް މިއަދު ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: ޓުވިޓާ

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދިން އިރު އެ މަނިކުފާނު ދިރިއުޅުއްވީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ. ހަނި ގޯޅިއެއްގައި ހުންނަ އެ އެ ގެކޮޅުގައި ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ.

ރާއްޖެ ވަޑައިގެން މަޖިލީހުގެ މަސައްކަތްތަކާ ހަވާލުވެވަޑައިގަތުން ލަސްވާ ސަބަބެއް ކަަމަށް އެ މަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ބޭސްފަރުވާ ނުނިމުމާއި އެކަށީގެންވާ ސެކިއުރީޓީއެއްގެ ޔަގީންކަން ނެތުމުން ފުރާނަ އަށް ނުރައްކާ އޮތުމެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ.

ނަޝީދު މާލެ ވަޑައިގެން އެއާޕޯޓުގައި. ކުރު ދަތުރަށް ފަހު އިނގިރޭސިވިލާތަށް އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނެ

ނަޝީދު މާލެ ވަޑައިގެން އެއާޕޯޓުގައި. ކުރު ދަތުރަށް ފަހު އިނގިރޭސިވިލާތަށް އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނެ

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދިނީ ކެނެރީގެ އިން ނުކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް އުޅުއްވަނިކޮށެވެ. ބޮން ގޮވުމާ އެކު އޭގައި ހުރި ރޭޒާ ފުއްތައް ހަށިކޮޅަށް ވަދެ ފުން ޒަހަމްތަކެއް ލިބުނެވެ. އެ މަނިކުފާނު ޖަރުމަނަށް މިދިޔަ މެއި މަހު ފުރާވަޑައިގަތީ އިތުރު ފަރުވާ އަށެވެ. އޭގެ ފަހުން އުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ހަދައިފަ އެވެ. ސެކިއުރިޓީ ފޫއަޅުވާލައި ހަމަލާދެވުނީ ސަލާމަތީ ކަންކަން ދޯދިޔާކަމުން ކަމަށް ނިންމައި އިސްލާހު ކުރަން ގިނަ ލަފާތަކެއް ދީފައިވެ އެވެ. އެކަންކަން ތަންފީޒުކުރޭތޯ މަޖިލީހުގެ ކޮމިޓީން އަންނަނީ ބަލަމުންނެވެ.

ހައްދުފަހަނައެޅި ފިކުރުގެ ބަޔަކު ނަޝީދަށް އަމާޒުކުރި ހަމަލައަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް ދައުވާ އުފުލައި ޝަރީއަތް ވެސް ކުރިއަށް އެބަދެ އެވެ.