އެ މަނިކުފާނު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާ ދިނުމަށް ފައިސާ ހޭދަކުރި މީހުން ހޯދުމަށް ކުރާ މަސައްކަތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.
06 ޖުލައި 2021
އެ މަނިކުފާނު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާ ދިނުމަށް ފައިސާ ހޭދަކުރި މީހުން ހޯދުމަށް ކުރާ މަސައްކަތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ގެ ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ، މޭ 6 ވަނަ ދުވަހުގެ ރޭ އެ މަނިކުފާނު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅޭ ގޮތުން ފުލުހުން ހިންގާ ތަހުގީގުގެ މައުލޫމާތުތައް ސީދާ ލިބިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މެދުވެރި ކުރައްވައި އެ މައުލޫމާތު އެ މަނިކުފާނަށް ދެއްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެނގިވަޑައިގެންފައި އޮތީ ފަންޑުކުރި މީހުން ހޯދަން ހިންގާފައިވާ މަސައްކަތް މަދު ކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިހާތަނަށް ލިބިފައި ހުރި މައުލޫމާތަކީ [ހަމަލާ ދޭން] ހަރަދު ކުރުމާ ގުޅޭ ގޮތުން ހިންގިފައި ހުރި މަސައްކަތް މަދު،" ނަޝީދު ވިދާޅުވި އެވެ.
އެއީ ތިން މީހަކު ގުޅިގެން ރޭވި ހަމަލައެއް ނޫން ކަމަށާއި އޭގެ ފަހަތުގައި އެތައް ބަޔަކު ވާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައިފި ނަމަ މައްސަލައިގެ ފުނަށް ދެވޭނެ ކަމަށް ވެސް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ތަހުގީގު ހިނގާ ގޮތުގެ މައުލޫމާތު ލިބޭތޯ މީހަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވިގޮތުގައި، އެކަން ކުރިއަށް ދާ ގޮތް ބެލެހެއްޓުމަށްޓަކައި މަންދޫބެއް ބަހައްޓަން ނިންމެވި އެވެ. އެކަމަކު، އެ މަނިކުފާނު ވިދާޅުވި ގޮތުން ނަމަ ކުރިން އެނގިވަޑައިގެންފައި އޮތީ އެއީ ނަޝީދުގެ ފަރާތްޕުޅުން ވެސް އައްޔަން ކުރައްވާ މަންދޫބަކަށް ވާނެ އެވެ. ނަމަވެސް ފަހުން ހަމަޖެހުނު ގޮތުން ނަމަ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އެ މައްސަލަ ބަލާ މަންދޫބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެ ވިދާޅުވަނީ، އެ މަނިކުފާނަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ކަނޑައެޅުއްވި ބޭރުގެ މަންދޫބު އައްބާސް ފާއިޒުގެ ވާހަކަ އެވެ. އިނގިރޭސި ވިލާތަށް އުފަން އައްބާސް ފާއިޒު ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެ ވަޑައިގެންފަ އެވެ.
ނަޝީދަށް ހަމަލަދިނީ، ބަޔަކު ތިން މިލިއަން ޑޮލަރު ދީގެން ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބުގެ ރައްޓެއްސަކު އޭނާގެ ކައިރީގައި ބުނި ކަމަށް ވިދާޅުވެ، ވަނީ ފުލުހުންނަށާއި ސިފައިންނަށް އެ މައުލޫމާތު ދީފަ އެވެ. ނަމަވެސް އެ މައުލޫމާތުގެ ސައްހަކަމާއި އޭގެ ތެދުދޮގާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ނަޝީދު އަވަހާރަކޮށްލަން ފަންޑު ކުރި މީހުން ހޯދުމާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ހަމައެކަނި ބުނި ވާހަކައަކީ ބޭރުގެ ތަޖުރިބާކާރެއްގެ އެހީގައި އެ ކަން ވެސް ބަލަމުން އަންނަ ކަމަށެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން މައްސަލައާ ގުޅޭ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން މިހާތަނަށް ވަނަވަރު އާންމު ކުރީ ފަސް މީހުންގެ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.
މިއީ އިގުތިސޯދަށް ވެސް ދިން ހަމަލައެއް: ރައީސް
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ފާތިހު ހައްޔަރު ކުރިއިރު އެއީ ފުލުހެއް ނޫން: ޕޮލިސް
ދެން އޮތީ ފައިސާ ހަރަދުކުރި ގޮތް ބެލުން: އައްބާސް
ހަމަލާދިން މީހުންނަށް ދައުވާކުރުމާ ގުޅޭ ތަފުސީލް މާދަމާ
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ނަޝީދަށް ދިން ހަމަލާގެ ތަފުސީލު މިރޭ ހާމަކުރަނީ
މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ
ހަމަލައިގެ އިންކުއަރީ ރިޕޯޓުން ބައެއް މައުލޫމާތު ސިއްރު
"ނަޝީދުގެ ހަމަލައާ ގުޅުން ހުރި މީހަކު ދުލެއް ނުކުރޭ"