އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޓީމު މާދަމާ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭން ކޮންމެ ގޮތަކަށް ކުޅެން ރޭވި ނަމަވެސް، ފުރުސަތު ލިބޭނީ އިންޑިއާ ޓީމުން ފުރުސަތު ދިން ވަރަކުން ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.
12 އޮކްޓޯބަރ 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޓީމު މާދަމާ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭން ކޮންމެ ގޮތަކަށް ކުޅެން ރޭވި ނަމަވެސް، ފުރުސަތު ލިބޭނީ އިންޑިއާ ޓީމުން ފުރުސަތު ދިން ވަރަކުން ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓިމަކް ބުނީ، ރާއްޖޭގެ ކުރިޔަށް ކުޅޭ ކުޅުންތެރިން ގޯލު ޖަހާނެ ފުރުސަތު ހޯދައި، މޮޅަށް ކުޅޭ ކަމަށާއި، ކުޅުންތެރިންނާއި އިތުބާރު ފޯވާޑު ޢަލީ އަޝްފާގުގެ ގުޅުންވެސް ރަނގަޅުކަމަށެވެ.
"އެ ކުޅުންތެރިންނަށް އެނގޭ އަޝްފާގަށް ބޯޅަ ލިބުނީމަ މޫވް ކުރަންވީ ގޮތް، ދުވަންވީ ދިމާ، އަދި އަޝްފާގު ހުރި ތަަނެއް ނުބަލާ ވެސް އެ ކުޅުންތެރިންނަށް އެނގޭ ބޯޅަ ދޭން. ރާއްޖޭގެ ކުޅުންތެރިންގެ އަންޑަސްޓެންޑިން ވަރަށް ރަނގަޅު،" ސްޓިމަކް ބުންޏެވެ.
"އެހެން ނަމަވެސް އަހަރެންގެ ޓީމު ޑިފެންޑަރުންނާއި ކުޅުންތެރިން އަހަރެން ބޭނުންވާގޮތަށް ކުޅެފި ނަމަ ރާއްޖެއަކަށް މާ ރަނގަޅަކަށް ނުކުޅެވޭނެ."
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ރާއްޖޭގެ އަލީ އަޝްފާގާއި އިންޑިއާގެ ސުނިލް ޗެތްތީ އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ މިހާތަނަށް މުބާރާތުގައި ދެ ގޯލު ޖަހައިފަ އެވެ.
ސްޓިމަކް ބުނީ، މާދަމާގެ މެޗުގައި ވަރުގަދަ ދެ ވެޓެރަނުން ފެންނާނެކަމަށާއި އެއްކޮޅުން އަޝްފާގު، އަނެއްކޮޅުން ޗެތްރީ ކުޅޭތަން ބަލާލުމަކީ ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށެވެ.
އިންޑިއާ މިހާތަނަށް ހަތް ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، ރާއްޖޭން މި މުބާރާތް ކާމިޔާބުކުރީ ދެ ފަހަރެވެ. ރާއްޖޭން ދެ ފަހަރުވެސް މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ.
އެންމެ ފަހުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ޓީމުން ވޭތުވެދިޔަ އަހަރުތަކުގައި ވަގުތު ބޭކާރު ނުކޮށް، ފުޓުބޯޅައިން ގިނަ ކުރިއެރުންތަކެއް ހޯދައިފައިވާކަން މިއަދުގެ ބައްދަލުވުމުގައި ސްޓިމަކް ފާހަގަ ކުރިއެވެ.
"ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ޕާސް ކޮށްގެން ރާއްޖޭން ކުޅެނީ. ޓީމެއްގެ ގޮތުގައި ކުރިއެރުންތަކެއް ހޯދައިފި،" ސްޓިމަކް ބުންޏެވެ.
މި އަހަރުގެ މުބާރާތުގެ ފައިނަލަށް އިންޑިއާއަށް ދެވޭނީ މާދަމާރޭ ރާއްޖެ ބަލިކޮށްގެންނެވެ. ނަމަވެސް މެޗު އެއްވަރު ކޮށްލައިގެން ރާއްޖެއަށް ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.
ސްޓިމަކް ބުނީ، ގޯލު ނުޖެހިގެން ފުރަތަމަ ދެ މެޗު އެއްވަރުވި ނަމަވެސް ތިންވަނަ މެޗުން މޮޅުވުމަކީ، ރާއްޖެ މެޗުގެ ކުރިން ކުޅުންތެރިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ދަލޮޅު ދަނޑުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރެވެ.
ޕާކިސްތާންވެސް ވަރުގަދަ، ރޭންކިން ހަނދާން ނައްތާލާ
ސާފްގެ ކުރިން އިންޑިއާއިން ކޮންޓިނެންޓަލް ކަޕް ހޯދައިފި
ސާފް ޗެމްޕިއަންޝިޕުން ސަރަހައްދުން ބޭރު ޓީމެއް ފެނިދާނެ
އިންޑިއާ އިން ސާފް އަށް ފޮނުވާނީ ޒުވާން ޓީމު
ނޭޕާލް ބަލިކޮށް އިންޑިއާ ސާފް ޗެމްޕިއަންޝިޕް ހޯދައިފި
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން
ޗެތުރީގެ ދެލަނޑުން ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
2008 ގެ ފައިނަލް: އިންޑިއާ އަށް ހަޖަމު ނުވި ބަލި
ޓިކެޓް ކިޔުގައި ފޫހިފިލުވުމުގެ ގޮތުން ތާސް ކުޅުމުގައި
ޓިކެޓް ވިއްކުމުގައި ކޮރަޕްޝަނެއް ނޯންނާނެ: ބައްސާމް