Roadha Mihaaru
100 ކިލޯ ޑްރަގްސް ހޯދައި 10 މީހަކު ހައްޔަރުކޮށްފި

100 ކިލޯގެ ޑްރަގްސް ހޯދައި 10 މީހަކު ހައްޔަރުކޮށްފި

14 އޮކްޓޯބަރ 2021

ފުލުހުން އިއްޔެ ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ ޑްރަގްސް ހޯދައި 10 މީހަކު ހައްޔަރުކޮށްފި އެވެ

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުން އިއްޔެ ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ ޑްރަގްސް ހޯދައި 10 މީހަކު ހައްޔަރުކޮށްފި އެވެ

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތި ހޯދައި މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި މެރިން ޕޮލިހާއި ފޮރެންސިކްސް އަދި ޑްރަގް އިންޓެލިޖެންސް ގުޅިގެން މިދިޔަ 24 ގަޑިއިރު ތެރޭ ކުރި މަސައްކަތުން ކަމަށެވެ.

އެ އޮޕަރޭޝަނުގައި 10 ތަނެއް ފާސްކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ ހެރޮއިން އެވެ.

މި އޮޕަރޭޝަނާ ބެހޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.