Roadha Mihaaru
ދައުލަތަށް ނެގި ބިމެއް ނުވިއްކަން އަމުރުކޮށްފި

ދައުލަތަށް ނެގި ބިމެއް އެހެން މީހަކަށް ނުވިއްކަން އަމުރުކޮށްފި

15 އޮކްޓޯބަރ 2021

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުުލަތަށް ނެގި ބިމެއް އެހެން ފަރާތަކަށް ނުވިއްކަން ހައި ކޯޓުން ވަގުތީ އަމުރެއް އިއްޔެ ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުުލަތަށް ނެގި ބިމެއް އެހެން ފަރާތަކަށް ނުވިއްކަން ހައި ކޯޓުން ވަގުތީ އަމުރެއް އިއްޔެ ނެރެފި އެވެ.

އެ ޕްރޮގްރާމްގެ ދަށުން މާލެއިން ދައުލަތަށް މީހަކު ދޫކުރި 219 އަކަފޫޓްގެ ބިމެއްގެ މައްސަލާގައި ހައި ކޯޓުން އެގޮތަށް އަމުރު ނެރުނީ އެއީ ކުރިން އެހެން މީހަކު ގަނެފައިވާ ބިމެއް ކަމަށް ބުނެ އެ މީހާގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ނިންމުމުން އެ މީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އަދި މައްްސަލަ ނިމެންދެން ބިން ވިއްކުން ހުއްޓުވުމުގެ އަމުރަކަށް އެދުނެވެ.

ހައި ކޯޓުން ނެރުނު އަމުރުގައިވަނީ އެ މައްސަލަ ސިވިލް ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމައިފި ނަމަ، އެ ބިމުގެ މައްސަލަ އަލުން ބަލަން ޖެހިދާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ނިމެންދެން އެ ބިން އެހެން ފަރާތަކަށް ނުވިއްކުމަށާއި އެ ބިމުގެ މިލްކުވެރިކަން ބަދަލު ނުކުރަން އަންގާ ކަމަށް ހައި ކޯޓުގެ އަމުރުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.

ހައި ކޯޓުން އެގޮތަށް އަމުރު ނެރުނުއިރު، ހިޔާ މަޝްރޫއުގެ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓުން މީހެއްގެ ނަން އުނި ކުރި މައްސަލާގައި އެ ފްލެޓް އެހެން ފަރާތަކަށް ނުދޭން ވެސް އެ ކޯޓުން ވަގުތީ އަމުރެއް ނެރެފައިވެ އެވެ.