Roadha Mihaaru
ބޮޑު އޮޕަރޭޝަނެއްގައި އިތުރު 215 ކިލޯ ޑްރަގްސް

100 ކިލޯ ޑްރަގްސް އަތުލައިގަތްތާ 24 ގަޑިިއިރު ތެރޭ އިތުރު 215 ކިލޯ ޑްރަގްސް

15 އޮކްޓޯބަރ 2021

ފުލުހުންގެ ބޮޑު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މިއީ، މި ފަހުގެ ތާރީހެއްގައި އެއް ފަހަރާ އަތުލައިގެން އެންމެ ގިނަ މަސްތުވާތަކެއްޗެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުންގެ ބޮޑު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މިއީ، މި ފަހުގެ ތާރީހެއްގައި އެއް ފަހަރާ އަތުލައިގެން އެންމެ ގިނަ މަސްތުވާތަކެއްޗެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓު (ޑީއީޑީ) އާއި މެރިން ޕޮލިހާއި ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުދަ ދުވަހު ފެށި އޮޕަރޭޝަނުގައި 215 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށެވެ.

ރ. އަތޮޅުގެ ފަޅު ރަށަކުން އަތުލައިގަތް މަސްތުވާތަކެތީގެ މި އޮޕަރޭޝަންގައި އިންޑިއާ އާއި އެމްއެންޑީއެފްގެ އެހީ އަށް ކޮމިޝަނަރު ޝުކުރު އަދާކުރެއްވި އެވެ.

ސީޕީ ހަމީދުގެ ޓުވީޓް

މި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވި ނަމަވެސް އޭގެ އިތުރު ތަފުސީލެއް އަދި ނުދެއްވަ އެވެ.

މި ހަފުތާގައި ފުލުހުން ހިންގި ބޮޑު އެހެން އޮޕަރޭޝަނަކުން ވެސް 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތުކުރާ 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން، އެ އެއްޗެހި ގެނައުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރާ ދެ މީހަކު ވަނީ ދޫކޮށްލައިފަ އެވެ.

އެނގިފައިވާ ގޮތުގައި، 100 ކިލޯގެ މަސްތުވާތަކެއްޗާއި މި ފަހުން އަތުލައިގެން ތަކެއްޗާ ގުޅުމެއް ނެތެވެ.