Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!

ގޭންގްތަކުގެ ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރުތަކެއް!

28 މެއި 2022

މާލޭގެ ހަލަބޮލި މަގަކުން، ރޯމާދުވާލު ވަޅިއެއް ހިފައިގެން ގޮސް ހަރާލީ މީހެއްގެ ކަރަށެވެ. އއ. އުކުޅަހުގައި، ފުލުހުން މިއަދު ދެއްކި ވީޑިއޯއިން ފެނުނު ގޮތުގައި، ބިރެއް، ޖެހިލުން ވުމެއް ނެތެވެ. އޭނަގެ ސިކުނޑިއަށް ހަމައެކަނި ސަވާރުވެފައި ވަނީ ލޭ އޮހޮރުވުމެވެ.!

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ހަލަބޮލި މަގަކުން، ރޯމާދުވާލު ވަޅިއެއް ހިފައިގެން ގޮސް ހަރާލީ މީހެއްގެ ކަރަށެވެ. އއ. އުކުޅަހުގައި، ފުލުހުން މިއަދު ދެއްކި ވީޑިއޯއިން ފެނުނު ގޮތުގައި، ބިރެއް، ޖެހިލުން ވުމެއް ނެތެވެ. އޭނަގެ ސިކުނޑިއަށް ހަމައެކަނި ސަވާރުވެފައި ވަނީ ލޭ އޮހޮރުވުމެވެ.!

އެހެން ވީޑިއޯއެކެވެ؛ ތަނެއްގެ ތެރެއަށް ވަދެ އެ ތަނުގައި ހުރި ހުރިހާ ސާމާނެއް އޮތީ ތަޅައި ސުންނާފަތިކޮށްލައިފަ އެވެ. މިއީ، ގޭންތަކުގެ ބަދަލު ހިފުމުގެ ތެރެއިން ކުޑަ ވަރެކެވެ.

މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކުގެ ނުރައްކާ އޮތް ވަރުގެ ހާދިސާތަކެއް ފުލުހުންގެ ޕްރެޒެންޓޭޝަންގައި އާއްމުކުރިއިރު، ބިރުން ފިތްކަނޑައިގެންދާ ވަރު އެވެ. ކައުންސިލަރުންގެ ކޮންފަރެންސްގައި، އެ ވީޑިއޯތައް ފުލުހުން ދެއްކީ މާލެ އާއި ބައެއް ރަށްތަކަށް މިކަން ފުޅާވަމުންދާ ކަން ސިފަކޮށްދިނުމަށެވެ. އެ ޖަރީމާތައް ހުއްޓުވަން ގައުމީ ފެންވަރުގައި، ގުޅިގެން މަސައްކަތް ކުރަން ޖެހިފައި އޮތް ކަމުގެ މެސެޖް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަށެވެ.

"ބިރެއް ނެތި [ތި ފެނުނީ] އާއްމުންގެ ކުރިމަތީގައި ވަޅި އާއި ދަގަނޑު ބުރި ބޭނުންކޮށްގެން މާރާމާރީ ހިންގާ ތަން،" ޕްރެޒެންޓޭޝަން ހުށަހެޅުއްވި ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

"މި ގޭންގްތަކުން ދުނިޔޭގެ އެހެން ތަންތަނުގައި އަރައިގަންނަ ބޮޑެތި ހުރިހާ ކުށްތަކަށް އަރައިގަަންނަމުންދޭ. މީހުން މެރުމާއި މާރާމާރީ ހިންގުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރޭ."

ގޭންގަކުން މާރާމާރީ ހިންގުމަށޤ ބޭނުންކުރި ކަމަށް ބެލެވޭ ވަޅި: މާލޭގައި އެކަނި 44 ގޭންގެއް ދަނީ ހަރަކާތްތެރިވަމުން.

ގޭންގަކުން މާރާމާރީ ހިންގުމަށޤ ބޭނުންކުރި ކަމަށް ބެލެވޭ ވަޅި: މާލޭގައި އެކަނި 44 ގޭންގެއް ދަނީ ހަރަކާތްތެރިވަމުން.

ވިއަވަތި ކޮންފަރެންސްގައި މަސްތުވާތަކެއްޗާއި ގޭންގްތަކާ ގުޅޭ ގޮތުން ރަައީސް ދެއްކެވި ވާހަކަ.

ފުލުހުންގެ ވަރަށް ބޮޑު އެހެން ކަންބޮޑުވުމެއް ވެސް އެބައޮތެވެ؛

އެއީ، ބޮޑެތި ކުށްތަކަށް ރާއްޖޭގައި ވެސް އަރައިގަންނަމުންދާ އިރު އެކަމަށް ޝައުގުވެރިކަން އުފައްދަން ފުޅާކޮށް ކުރަމުން އަންނަ މަސައްކަތެވެ. ވީޑިއޯތައް ހަދާފައި ސޯޝަލް މީޑިއާގެ ފްލެޓްފޯމުތަކަށް އެބަ ދޫކޮށްލަ އެވެ. އެކަކު އަނެކަކަށް ތަޅާފޮޅާ މަންޒަރާއި ގިނަ ބަޔަކު މަގުމައްޗަށް އެއްކޮށްގެން "ގަޓުކަން ދައްކައި" ފޮޓޯ ނަގައި، ވީޑިއޯތައް ހަދައި ދޫކޮށްލަނީ ދައުވަތެއްގެ ގޮތުގަ އެވެ.

މާލޭގައި 44 ގޭންގް، 10 ގޭންގެއް ވަރަށް ނުރައްކާ!

ފުލުހުން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް މާލޭގައި އެކަނި 44 ގޭންގެއް ވަނީ އުފެދިފަ އެވެ. އޭގެ ތެރޭގައި ބިރުވެރި، ނުރައްކާ ބޮޑު 10 ގޭންގެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

- މާލޭގައި އެކަނި 44 ގޭންގު އޮޕަރޭޓް ކުރޭ.

- 10 ގޭންގެއް، ނުރައްކާތެރި ދަރަޖަ އަށް، ފުޅާކޮށް އަދިވެސް ދަނީ ހަރަކާތްތެރިވަމުން.

- މި ގޭންގުތަކަށް ނިސްބަތްވާ 2،800 މީހުން ލިސްޓްކޮށްފައިވޭ.

- 60 ކުޑަކުދިން އެކި ގްރޫޕްތަކާ އެކު އެބައުޅޭ.

- ދެކުނުގެ އަތޮޅުތަކުގައި ގޭންގްތައް ގިނަ، މެދު ރާއްޖެތެރޭގައި ފާހަގައެއް ނުކުރެވޭ.

ފުލުހުންގެ ޕްރެޒެންޓޭޝަން، ޝާކިރު ހުށަހަޅުއްވައި ދެއްވާ އިރު ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒް އަޑުއައްސަވަނީ. -- ފޮޓޯ | މިިހާރު

ފުލުހުންގެ ޕްރެޒެންޓޭޝަން، ޝާކިރު ހުށަހަޅުއްވައި ދެއްވާ އިރު ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒް އަޑުއައްސަވަނީ. -- ފޮޓޯ | މިިހާރު

ފުލުހުން ބުނި ގޮތުގައި ކުރިއާ އަޅާބަލާއިރު ގޭންގްތަކުން މީހުން މެރުމާއި މާރާމާރީ ވަރަށް ބޮޑަށް މަދުކޮށްފި އެވެ. ސަބަބަކީ އެ މީހުން ކުށްތަކަށް އަރައިގަނެ ހިންގާ ވިޔަފާރިތައް ސިއްރުކުރުމެވެ. ބޮޑަށް ބަލަނީ މައްސަލައެއް ދިމާވިޔަސް ގޭންގްތަކުގެ ލީޑަރުން ވާހަކަ ދައްކައިގެން ހައްލުކުރުމަށެވެ.

ގޭންގްތަކުން ކުރިން މާރާމާރީ ހިންގަމުން އަންނަ ގޮތާއި މިހާރު ހަރަކާތްތެރިވަމުން އަންނަ ގޮތް ވެސް ވަރަށް ބޮޑަށް ތަފާތެވެ. ކަނޑި އާއި ދަގަނޑާއި އެހެން ވެސް ތޫނު ހަތިޔާރުު ފާޅުގައި ހިފައިގެން ނުކުމެ މާރާމާރީ ހިންގުމުގެ ބަދަލުގައި މި ފަހުން ފެންނަނީ ފުލުހުން ބުނިގޮތުގައި ވަޅި ފޮރުވައިގެން ނުކުމެ މީހުންނަށް ހަމަލާ ދިނުމެވެ.

އުކުޅަހުގައި ބާއްވާ ވިޔަވަތި ކޮންފަރެންސްގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އުކުޅަހުގައި ބާއްވާ ވިޔަވަތި ކޮންފަރެންސްގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

މީހުން މަރާލުމުގެ ބަދަލުގައި ވެސް ހަމަލާދީ ނުވަތަ ވާހަކަ ދައްކައިގެން ހައްލުކުރަން އުޅެފައި ހުރި ކަން ތަހުގީގުކުރި އެކި ހާދިސާތަކުން ފުލުހުން ކިޔައިދިނެވެ.

އެ މީހުންގެ މެދުގައި ސުލްހަ ހޯދަނީ ފުލުހުން ކިޔައިދިން ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑާކުރަން ގެންގުޅޭ އެހެން ވިޔަފާރިތަކަށް އަތުވެދާނެ ލޮޅުމަކުން ސަލާމަތްވުމަށެވެ. ފުޅާކޮށް ހިންގާ މަސްތުވާތަކެތި ވިޔަފާރީގެ ނިވާފަތްގަނޑަކަށް ހަދާފައި ވަނީ ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތައް އަދި އެހެންވެސް ބޮޑެތި ވިޔަފާރިތައް ކަމަށް ފުލުހުން ބުންޏެވެ.

"އޮޅިގެން" ހަ މީހަކު މަރާލި!

ފުލުހުންގެ ޕްރެޒެންޓޭޝަންގައި އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ކުރިން ވަޅިހަރަމުން އައީ ތަނެއް ދޮރެއް ނުބަލަ އެވެ. ރުޅި އާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ހަމަނުޖެހުންތަކުގައި ޖުމްލަ 31 މީހަކު މަރާލާފައިވާ އިރު އޭގެ ތެރޭގައި "އޮޅިގެން" ވަޅި ހަރައި މަރާލި ހަ މީހުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ކުރިން މާރާމާރީތަކުގެ އަދަދު އުޅޭނީ ހާހުން މަތީގަ އެވެ. އެކަމަކު ކުށްކުރުމުގެ ޓްރެންޑް ބަދަލުކުރަމުން އައިސް އެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ކުށްކުރުމުގައި އެ މީހުންގެ ނުފޫޒު ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ވައްދާފައި އޮތް ވާހަކައަށް ވެސް ފުލުހުން އެއްބަސްވެ އެކަން ހިނގަން އަދިވެސް އުޅޭ ކަމަށް ބުންޏެވެ.

ކުށަކަށް އަރައިގަތުމަށް ފަހު ސަލާމަތްވާން، އާއްމުކޮށް ވަކީލުންނަށް ދެމުން އަންނަ އަދަދުތަކަށް ވުރެން ބޮޑު އަދަދުތަކުން ފައިސާއެއްކުރެ އެވެ.

ކުށެއްގެ ތުހުމަތުގައި ފުލުހުން ބަލައި ފާސްކުރަނީ. -- ފޮޓޯ | މިހާރު

ކުށެއްގެ ތުހުމަތުގައި ފުލުހުން ބަލައި ފާސްކުރަނީ. -- ފޮޓޯ | މިހާރު

ޑްރަގްސް އާއި ގޭންގު ކުށްތަކުގެ ހާލަތު އޮތް ވަރު ކިޔައިދޭން ބޭއްވި ސެޝަންގައި ބައިވެރިވެވަޑައިގަތް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޒަމާން ވެފައި އޮތް އެ މައްސަލަ އަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޕޭލޭންކުރެވި، މަސައްކަތްތަކެއް ކުރަން އެ ކަމަށް ޓާސްކްފޯސްތައް އެކުލަވާލާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

ކުށްކުރާ މީހުން އެއް ދޮރުން ވައްދައި އަނެއް ދޮރޮން ވައްދާ ކަމުގެ ތުހުމަތު ހަމައެކަނި ފުލުހުންނަށް ދޫކޮށްލައިގެން ނުތިބުމަށް އެދިވަޑައިގަތެވެ. ފުލުހުން ގޯސް ހަދާ ނަމަ އެކަން ބަލާނެ ކަމަށާއި މުޅި ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ފާޅުކުރައްވާ ކަންބޮޑުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

އޭނާ އެދިވަޑައިގަތީ މާލެ އާއި ރާއްޖޭގެ އެކި ރަށްތަކުގައި މިއޮތް ގޭންގް ނުރައްކަލާއި ޑްރަގުގެ ވަބާއިން އަރައިގަތުމުގައި ކައުންސިލްތަކުން ވެސް ދައުރު އަދާކޮށްދިނުމަށެވެ. ދާއިމީ، ހައްލުތަކަށް ފުލުހުންނާ އެކު ގުޅިގެން މަސައްކަތްތަކެއް ކުރުމަށެވެ.