Roadha Mihaaru
ބޮޑު އޮޕަރޭޝަނެއްގައި 11ކިލޯގެ ކެނަބިސް އަތުލައިގެންފި

ބޮޑު އޮޕަރޭޝަނެއްގައި 11 ކިލޯގެ ކެނަބިސް އަތުލައިގެންފި

08 ޖެނުއަރީ 2023

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 11.26 ކިލޯގެ ކެނަބިސް މާލެ އިން އަތުލައިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 11.26 ކިލޯގެ ކެނަބިސް މާލެ އިން އަތުލައިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަސްތުވާތަކެއްޗާ އެކު ތުހުމަތުކުރެވޭ ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާލެ އާއި ހުޅުމާލޭގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ތިން ސަރަހައްދަކާއި ހުޅުމާލޭގެ ސަރަހައްދެއް ފުލުހުން ބަލާފައިވެ އެވެ.

މި ފަހަކަށް އައިސް ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ އެވެ. އެކަމަކު މި ތަކެއްޗާ އެކު ހައްޔަރުކުރާ ބޮޑުން ދޫވުމުގެ މައްސަލަ ބޮޑެވެ.

ޑްރަގުގެ ބޮޑުން ކަމަށް ތުހުމަތުވާ ގިނަ ބަޔަކު މިނިވަންކަމާ އެކު އުޅޭ މައްސަލައިގައި ފުލުހުންނާއި ޕީޖީ އޮފީހާއި ކޯޓުތަކަށް ވެސް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.