އެއް ދުވަސްވަރެއްގައި އަހަރެމެން އެންމެން ވެސް ފިިލްމު ބަލައި އުޅުނީ ވީސީއާރަށް ލައްވާ ވީއެޗްއެސް ޓޭޕް ބޭނުންކޮށްގެންނެވެ. އެކަމަކު ސީޑީ އާއި އޭގެ ފަހުން އިންޓަނެޓް އާންމުވުމާއި ޓެކްނޮލޮޖީ އަށް އައި ކުރިއެރުންތަކާ އެކު އެއީ ކުރިން ބޭނުންކުރި އެއްޗެއްކަން ވެސް މިހާރު ހަނދާނެއް ނެތެވެ.
22 އޯގަސްޓް 2021
އެއް ދުވަސްވަރެއްގައި އަހަރެމެން އެންމެން ވެސް ފިިލްމު ބަލައި އުޅުނީ ވީސީއާރަށް ލައްވާ ވީއެޗްއެސް ޓޭޕް ބޭނުންކޮށްގެންނެވެ. އެކަމަކު ސީޑީ އާއި އޭގެ ފަހުން އިންޓަނެޓް އާންމުވުމާއި ޓެކްނޮލޮޖީ އަށް އައި ކުރިއެރުންތަކާ އެކު އެއީ ކުރިން ބޭނުންކުރި އެއްޗެއްކަން ވެސް މިހާރު ހަނދާނެއް ނެތެވެ.
އެކަމަކު ތާރީހާއި ހަނދާނަށްޓަކައި އަދި ކުރިއަށް އޮތް ޖީލަށް މާޒީގެ ތެރެއިން ވާހަކައެއް ކިޔައިދޭ ނަމަ މުނިފޫހި ފިލުވަން ވީއެޗްއެސް ޓޭޕް އަދާކުރި ދައުރުގެ ވާހަކަ ކިޔައިދޭން ޖެހޭނެ އެވެ. އިނގިރޭސިވިލާތުގެ މީހަކު ފަށާފައި މި ވަނީ މި މަސައްކަތެވެ.
އެ ގައުމުގައި މި ފަހުގެ ތާރީހެއްގައި ޓޭޕް ފިލްމު ކުއްޔަށް ދޫކުރުމުގެ ހިދުމަތް "ވީޑިއޯ އޮޑިސީ" ގެ ނަމުގައި ދެމުން އަންނަ އެންޑީ ޖޯސަން، ،42، ވަގުތު ހުސްކޮށްފައި ވަނީ ޓޭޕް އެއްކުރުމަށެވެ. އޭނާ ލިވަޕޫލްގައި ހިންގާ ތަނުގައި މިހާރު ވެސް 15،000 ގެ ކަލެކްޝަނެއް އެބައޮތެވެ. އަދި އޭނާ އެންމެ އުފާވި ކަމަކީ ލަކުޑި ގުދަންތަކެއްގައި ނައްތާލަން ބަހައްޓާފައި ހުރި އެތައް ހާސް ޓޭޕެއް އެންޑީ އަށް މިހާރު ވަނީ ލިބިފައިވުމެވެ.
"ދުވަހަކު ވެސް ނުދެކެން އެހާ ގިނަ އަދަދެއްގެ ޓޭޕްތަކެއް އެއް ތަނެއްގައި ރައްކާކޮށްފައި ހުއްޓައެއް،" އޭނާ ބުންޏެވެ.
ތިން ގުދަނުގައި ބަހައްޓާފައި ހުރި ޓޭޕްތަކުގެ އަދަދު 20،000 އަށް އަރަ އެވެ. ހެޔޮއެދޭ މީހުން ހަދިޔާކުރާ ޓޭޕްތަކާ އެކު އެންޑީގެ ވިސްނުން ހުރީ އޭނާގެ ވީއެޗްއެސް ޓޭޕް އެއްކުރުގެ މަސައްކަތް އިތުރުކޮށް، މީގެ ތެރެއިން އޭނާގެ ވިޔަފާރި ވެސް ފުޅާކުރާށެވެ. އެންޑީގެ "ވީޑިއޯ އޮޑިސީ" އަކީ މިދިޔަ އަހަރު ޓައިމް އައުޓް މެގަންޒިންގެ މޫވީ ލަވާޒް ބަކެޓްލިސްޓްގައި ވެސް ހިމެނުނު ތަނެކެވެ. އެހެންވެ އެންޑީ ބޭނުން ވަނީ ވީއެޗްއެސް ޓޭޕްތަކާ އެކު އޭނާގެ އާކައިވް ވީހާ ވެސް ބޮޑަށް މުއްސަނދިކޮށް، ޖީލުތަކަކަށް ދެމިގެންދާ ހަނދާންތެއް ރައްކާކުރާށެވެ.
"ވަރަށް އުފާކުރަން ގުދަންކޮށްފައި ހުރި ޓޭޕްތައް އަހަންނަށް ހަދިޔާއަކަށް ލިބުމުން،" އެންޑީ ބުންޏެވެ. "އެ އެއްޗިއްސާ ހަވާލުވާން ފޯން ކޯލް އައި ދުވަހަކީ ހަނދާނުގައި އަބަދު ވެސް ހުންނާނެ ދުވަހެއް."
އޭނާ ކިޔައިދިން ގޮތުގައި މިހާރު މި ބަލާ ގޮތަށް ސްޓްރީމްކޮށްގެން ފިލްމުތައް ބެލުމަށް ވުރެ ޓޭޕަކުން ފިލްމެއް ބެލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރި ކަމެއް ގެނެސްދޭ ކަމެކެވެ. އަދި މިކަމަކީ މިހާރު ވެސް ބައެއް މީހުން ވަރަށް ގަޔާވާ ކަމަކަށްވާތީ، އެކަން ދިރުވަން ބޭނުންވާ ކަމަށް ބުންޏެވެ.
"އަތުގައި އޮންނަ ސްމާޓް ޑިވައިސްއަކުން ފިލްމެއް ބެލުމަށް ވުރެ ޓޭޕަކުން ފިލްމު ބެލީމަ އެ ލިބޭ ހިތްހަމަޖެހުން ބުނެދޭކަށް ވެސް ނޭނގޭ. ހަމަ ގައިމު ވެސް އަހަރެން އަބަދު ވެސް ވަރަށް ލޯބިކުރާ ކަމެއް އެއީ،" ފިލްމު ކުއްޔަށް ދޫކުރާ ތަނެއްގައި މަސައްކަތްކުރި އެންޑީ ބުންޏެވެ. "ޓޭޕް މާޒީވެ ދިޔަ ފަހުން އުފަންވި ޖީލަށް އަހަރެން ބޭނުންވޭ ޓޭޕްގެ ހައިސިއްޔަތަކީ ކޮބައިކަން ވެސް އެނގެން."
އޭނާ ބުނި ގޮތުގައި ބާވެފައި އޮތް ކަމެއް އާކުރަން ކުރާ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އާއިލާގެ ސަޕޯޓެވެ.
"ވަރަށް އަންޑަސްޓޭންޑިން އަންބެއް އަހަރެންގެ ހުންނަނީ. ދެން އަހަރެން މިކަމުގެ ތެރޭގައި އުޅޭތީ ތިން އަހަރުގެ ފިރިހެން ދަރިފުޅު ވެސް މިކަމަށް ވަރަށް ބޮޑަށް ލޯބި ޖެހިފައިވޭ. އެހެންވެ ޓޭޕް ހޯދަން ގައުމުގެ އެތަން މިތަނަށް ދަތުރު ކުރެވެނީ އާއިލާގެ ވަރަށް ބޮޑު އެހީއަކާ އެކު،" އެންޑީ ބުންޏެވެ.
އޭނާ އަށް މި މަސައްކަތުން ލިބޭ އެންމެ ބޮޑު ހިތްހަމަަޖެހުމަކީ މިހާރު އަތުގައި އޮތް ކަލެކްޝަންގެ ތެރެގައި ޑިޖިޓަލް ފޯމެޓަށް ބަދަލުނުކޮށް ހުރި ގިނަ ފިލްމުތަކެއް ވެސް ހުރުމެވެ. އެހެންވެ އެއިން ފިލްމެއް ބަލައިލަން ބޭނުން ނަމަ އޮންނާނެ ގޮތަކީ ވީއެޗްއެސް ޓޭޕެއް ހޯދުމެވެ.
ވަން ޕްލަސްގެ "ހެރީ ޕޮޓާ" ތީމް ގަޑި އިންޑިއާ އަށް
މި އަހަރުގެ ބާފްޓާގައި ވިދާލީ "އޮޕެންހައިމާ"
އެލިޒަބަތުގެ ކައިވެނީގެ އުފާ: މީހަކަށް ކިރުސައެއް
94 އަހަރުގެ މިނީ މައުސް އަށް އާ ލުކެއް
12 އަހަރުގެ އިލަސްޓްރޭޓަރަކަށް ނައިކީގެ ޑީލެއް
ފެޝަން ކުންފުނި ބާބަރީގެ ތައްގަނޑުގައި ސައިކަލެއް
ސަމަންތާ އަށް އިނގިރޭސި ޑައިރެކްޓަރެއްގެ ފިލްމެއް
ފުރަތަމަ 3ޑީ ލޯ އިނގިރޭސިއަކަށް
ޑޭވިޑް އެޓެންބަރާގެ ސިފައިގައި ބޮޑު ކޭކެއް
ރާއްޖޭގެ އިހުގެ އޭރިއަލް ފޮޓޯތަކުގެ ހައްގު ޔޫކޭ އަށް