Roadha Mihaaru
ކަންގަނާގެ އެކްޝަން ފިލްމު "ދާކަޅް" އަށް ތާރީހެއް

ކަންގަނާގެ އެކްޝަން ފިލްމު "ދާކަޅް" އަށް ތާރީހެއް

20 އޮކްޓޯބަރ 2021

މިހާތަނަށް ގެނެސްދޭ ބޮލީވުޑްގެ ބަތަލާއެއްގެ ފުލް ފްލެޖް އެކްޝަން ފިލްމުގެ ގޮތުގައި ސިފަކުރާ ކަންގަނާ ރަނާވަތުގެ އުންމީދީ ފިލްމު "ދާކަޅް" އަށް އާ ތާރީހެއް ހަމަޖައްސައި، އެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް ގެނެސްދޭ ބޮލީވުޑްގެ ބަތަލާއެއްގެ ފުލް ފްލެޖް އެކްޝަން ފިލްމުގެ ގޮތުގައި ސިފަކުރާ ކަންގަނާ ރަނާވަތުގެ އުންމީދީ ފިލްމު "ދާކަޅް" އަށް އާ ތާރީހެއް ހަމަޖައްސައި، އެކަން އިއުލާންކޮށްފި އެވެ.

ފިލްމުގައި އޭނާ ފެންނާނެ ގޮތުގެ ހަތަރު ލުކެއް ދައްކުވައިދޭ ފޯސްޓަރަކާ އެކު ބުނެފައި ވަނީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ އެޕްރީލް 8 ގައި ކަމަށެވެ. "ދާކަޅް" އަކީ ކުރިން މި މަހުގެ 2 ގައި ސިނަމާތަކަށް ގެންނަ ގޮތަށް 2019 ގައި އިއުލާންކުރި ފިލްމެކެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ކުރިން ރޭވި ގޮތަށް ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދެވުމުން އަންނަ އަހަރަށް ފަސްކުރީ އެވެ.

"ދާކަޅް" ރިލީޒްކުރާ އާ ތާރީހު އިއުލާންކުރި އިރު ފިލްމުގެ ޝޫޓިން ނިންމައި މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ. މީގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާގެ އިތުރުން ހަންގޭރީގަ އެވެ.

ކަންގަނާގެ ވަރަށް ތަފާތު އެކްޝަން ރޯލެއް ފެންނާނެ އަދި ރޯލަށް އޭނާ ވަރަށް ބޮޑަށް ތައްޔާރު ވެސްވި "ދާކަޅް" އަކީ ރަޒްނީޝް (ރާޒީ) ގާއީގެ ޑައިރެކްޝަނެކެވެ. މީގެ ކާސްޓްގައި އަރުޖުން ރާމްޕާލާއި ދިވްޔާ ދައްތާގެ އިތުރުން މިތުން ޗަކްރަބަތީގެ ދަރިފުޅު މަހާކްޝޭ ޗަކްފަބަތީ (މިމޯ) ވެސް ހިމެނެ އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" އެވެ.