Roadha Mihaaru
ރައީސް އއ. އަށް

ރައީސް އއ. އަށް

20 އޮކްޓޯބަރ 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި އެ އަތޮޅުގެ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދު އަށް އެ މަނިކުފާނު ވަޑައިގަންނަވާނެ ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ، މި ޒިޔާރަތުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ވިޔަފާރިވެރިންނާއި ދަނޑުވެރިން އަދި ގެސްޓް ހައުސް ހިންގާ މީހުންގެ އިތުރުން ބައެއް ރަށްރަށުގެ މީހުންނާ ވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.

އަަދި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވައިލެއްވުމުގެ އިތުރުން ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް އެ މަނިކުފާނު ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ދަތުރުފުޅުގެ ތެރެއިން، ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އަދި ބޮޑުފޮޅުދޫ މިސްކިތާއި ހިމަންދޫގެ ބަނދަރު ހުޅުއްވައި ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.