Roadha Mihaaru
ބޯޓުފަހަރަށް ހާއްސަ "ކްލީންޓުގްލީމް" ހެޕީ މާކެޓަށް

ބޯޓުފަހަރު ސާފުކުރަން ހާއްސަ ބްރޭންޑެއް ހެޕީ މާކެޓުން ތައާރަފުކޮށްފި

22 އޮކްޓޯބަރ 2021

ކަނޑު އުޅަނދުފަހަރު ސާފުކުރަން ބޭނުންވާ ސާމާނު އުފައްދާ "ކްލީންޓުގްލީމް"ގެ އުފެއްދުންތައް ހެޕީ މާކެޓުން މިއަދު ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކަނޑު އުޅަނދުފަހަރު ސާފުކުރަން ބޭނުންވާ ސާމާނު އުފައްދާ "ކްލީންޓުގްލީމް"ގެ އުފެއްދުންތައް ހެޕީ މާކެޓުން މިއަދު ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގައި ތައާރަފު ކުރި މި ބްރޭންޑަކީ ޔޫކޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑެވެ. ކްލީންޓުގްލީމް އިން ބޯޓުފަހަރު ސާފު ކުރާ ތަކެތި އުފައްދާތާ 20 އަހަރު ވެފައިވާއިރު މިއީ އެކި ގައުމުތަކުގެ މެރިން ދާއިރާގެ މީހުންގެ އިތުބާރު ލިބިފައިވާ މޮޅު އުފެއްދުމެކެވެ.

ހެޕީ މާކެޓުން ވަނީ ކްލީންޓުގްލީމްގެ 12 އުފެއްދުމަކާއި އެކްސަސަރީސް ރާއްޖެއަށް ތައާރަފު ކޮށްފަ އެވެ. މީގެ ތެރޭގައި "ބޯޓް ވޮޝް" އާއި "ބޯޓް ވެކްސް" އާއި "ބޯޓް ޕޮލިޝް" އާއި "ރިބް ކްލީނާ" އާއި "ޓީކް ކްލީނާ" އާއި "ކެނޮޕީ ކްލީނާ" އާއި "ޓީކް ޝީލްޑް" އާއި "ކެނޮޕީ ޕްރޮޓެކްޓާ" އާއި "ހަލް ކްލީނާ" އާއި "ސްޓެއިންލެސް ސްޓީލް ބްރައިޓާ" އާއި "އިންޓިރިއާ ކްލީނާ" އާއި "ގްލާސް ކްލީނާ" އަދި "ޑިއޮޑްރައިޒާ" ހިމެނެ އެވެ.

މި އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރުމަށް ފަހު، ކްލީންޓުގްލީމްގެ ފައުންޑާ އަދި ސީއީއޯ ގޭރީ ވިންޓާސް ވަނީ ބައެއް އުފެއްދުންތައް ބޭނުން ކުރާނެ ގޮތް ވެސް ދައްކާލައްވައިފަ އެވެ.

ކްލީންޓުގްލީމްގެ ސީއީއޯ އަދި ފައުންޑަ ގޭރީ އެ ކުންފުނީގެ އުފެއްދުންތައް ބޭނުން ކުރާ ގޮތް ދައްކުވައިދެނީ-- ފޮޓޯ: މިހާރު

ކްލީންޓުގްލީމްގެ ސީއީއޯ އަދި ފައުންޑަ ގޭރީ އެ ކުންފުނީގެ އުފެއްދުންތައް ބޭނުން ކުރާ ގޮތް ދައްކުވައިދެނީ-- ފޮޓޯ: މިހާރު

ގޭރީ ވިދާޅުވިގޮތުގައި ކްލީންޓުގްލީމްގެ އުފެއްދުންތަކަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެކެވެ. އަދި މިހާރު ވެސް ރާއްޖޭގެ މެރިން ދާއިރާގެ މީހުންގެ ފަރާތުން މި އުފެއްދުންތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެޕީ މާކެޓުގެ ޗީފް އޮޕަރޭޓިން އޮފިސަރު އަބްދުﷲ ނަސީމް ވިދާޅުވީ ކްލީންޓުގްލީމްގެ އުފެއްދުންތައް ބޭނުންކޮށްގެން ބޯޓުފަހަރު ސާފު ކުރުމުން ގިނަ ދުވަހު އެ ތަކެތި މެއިންޓެއިން ކުރެވޭނެ ކަމަށެވެ.

"ފާއިތުވި ހަފުތާތަކުގައި އަޅުގަނޑުމެން ވާނީ މި ޕްރޮޑަކްޓުތައް ގިނަ ބަޔަކަށް ޑެމޮންސްޓްރޭޓްކޮށް ދައްކާފައި. މި ޕްރޮޑަކްޓުތައް ބޭނުން ކުރުމުން އޮޑިދޯނިފަހަރު ގިނަ ދުވަހަށް މެއިންޓެއިން ކުރެވޭނެ،" އަބްދުﷲ ނަސީމް ވިދާޅުވި އެވެ.

ކްލީންޓުގްލީމްގެ އުފެއްދުންތައް ހެޕީ މާކެޓުގެ ކެމިކަލް ޝޯރޫމުން މިހާރު ލިބެން ހުންނާނެ އެވެ. މި ފިހާރަ ހުންނާނީ ވެލާނާގެ ކުރިމަތީގަ އެވެ.