ކ. މާފުށީގެ އަލަށް ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ތޮށިލައި، ނިންމާލައިފި އެވެ.
24 އޮކްޓޯބަރ 2021
ކ. މާފުށީގެ އަލަށް ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ތޮށިލައި، ނިންމާލައިފި އެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް ނިމުނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. ގޮނޑުދޮށް ހިމާޔަތްކުރަން ރިވެޓްމެންޓް ޖަހައި، ނިންމާލި އިރު އެ ރަށަށް ބޭނުންވާ 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ޖޫން މަހު އެމްޓީސީސީން ވަނީ ނިންމައިފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު މަސައްކަތް ފެށި މި ޕްރޮޖެކްޓަށް 118 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި ބިމަކީ މާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ހިއްކާފައިވާ ބިމެކެވެ. މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ރަށަށް ވާއިރު އަލަށް ހިއްކި ބައިން ވިޔަފާރިތަކަށް ބިން ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 1،100 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖަހާފައިވެ އެވެ.
މާފުށީގެ ބިން ހިއްކާފައިވަނީ އާންމު ގޮތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ބިން ހިއްކާ ގޮތާ ތަފާތުކޮށެވެ. އެ ރަށުގެ ބިން ހިއްކީ ރަށުގެ ވަށައިގެން އޮންނަ ގޮނޑުދޮށް ސަރަހައްދު އެއްކޮށް ނުގެންލޭނެ އެހން ވަކިން އޮންނަ ބިމެއްގެ ގޮތުގަ އެވެ.
ރަސްދޫ މަރު: ކުންފުނީގެ ލައިސެންސް އޮތީ ހަމަވެފައި!
މާފުއްޓާއި ގުޅީގެ މަޝްރޫއަށް ބޭނުންވާ ސާމާނު ގެންގޮސްފި
އާންމުންގެ ހިޔާލު: މާފުއްޓަށް މިހެންވީ ކީއްވެ؟
މާފުށީ ވީކެންޑް: ރަލާއި ޑްރަގާއި ހަށިވިއްކުން!
މާފުށީގައި އަހަރަކު 73 މިލިއަން ޑޮލަރު ދައުރުވޭ
މާފުށީ ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްފި
މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކައި ނިމިއްޖެ
ރާއްޖޭގެ އެންމެ ބޮޑު ގެސްޓުހައުސް މާފުށީގައި ހުޅުވައިފި
މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
މާފުއްޓަށް އިތުރު ބިމެއް، ފައިދާ ދެ ގުނަ!