25 އޮކްޓޯބަރ 2021
ތެލަށް ބަރޯސާވުން ހުއްޓާލައި، ތިމާވެއްޓާ ރައްޓެހި ހަކަތަ އަށް ހިޖުކުރަން މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުން އަމާޒު ހިފާފައިވާއިރު، އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ސައޫދި އަރަބިއްޔާ އިން "ނެޓް ޒީރޯ" އެމިޝަނަށް 2060 ގައި ވާސިލުވާން އަމާޒު ހިފައިފި އެވެ.
ތެލަށް ބަރޯސާވުން ހުއްޓާލައި، ތިމާވެއްޓާ ރައްޓެހި ހަކަތަ އަށް ހިޖުކުރަން މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުން އަމާޒު ހިފާފައިވާއިރު، އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ސައޫދި އަރަބިއްޔާ އިން "ނެޓް ޒީރޯ" އެމިޝަނަށް 2060 ގައި ވާސިލުވާން އަމާޒު ހިފައިފި އެވެ.
ވެރިރަށް ރިޔާޒްގައި ފެށި ކްލައިމެޓް ކޮންފަރެންސެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ ސައުދީން އެ އަމާޒަށް ވާސިލުވާން ކުރާ މަސައްކަތްތަކަށް 180 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށެވެ. އަދި މިކަން ކުރާނީ ދުނިޔޭގެ ހަތަކައިގެ ދާއިރާ އަށް ލޮޅުން ނާރާނެ ގޮތަށް ކަމަށާއި ސައުދީން ތެލަށް ބަރޯސާވުން ހުއްޓުމަކަށް ގެންނަން މަސައްކަތް ފެށި ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތެޔޮ އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ތެރެއިން މިހާރު ހާސިލުކުރަން ކަނޑައަޅާފައި އޮތް އެއް އަމާޒަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް 2030 ވަނަ އަހަރުން ފެށިގެން ސައުދީގައި އުފައްދާ ހަކަތައިގެ ދެބައިކުޅަ އެއްބައި އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުކުރުމެވެ. މި ލަނޑުދަނޑި ހާސިލުކުރަން ސައުދީން އޮތީ ބިލިއަން ގަސް އިންދުމުގެ ބޮޑު ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.
Top oil exporter Saudi Arabia targets #netzero emissions by 2060
— ECIU (@ECIU_UK) October 24, 2021
?Doubles target to reduce emissions
?Saudi investment of $187 bln
?Could hit target before 2060, energy minister says @YousefSaba @saeedhas @marwastweets @Reuters https://t.co/0hqXd8T9Qh #COP26
ސައުދީން 2060 އަށް "ނެޓް ޒީރޯ" އެމިޝަނަށް ވާސިލުވާން ނިންމި އިރު، އެ ގައުމަކީ މިހާރު 10 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ޖައްވަށް ކާބަންޑައޮކްސައިޑް ބޭރުކުރާ ގައުމެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމުން ތިމާވެއްޓާ ރައްޓެހި ހަކަތައާ ދިމާއަށް މިސްރާބު ޖަަހަން މަސައްކަތްތަކެއް ކުރަން ނިންމުމާ ގުޅިގެން އިނގިރޭސިވިލާތުގެ އެނަޖީ އެންޑް ކްލައިމެޓް އިންޓެލިޖެންސް ޔުނިޓް (އީސީއައިޔޫ) އިން އެ ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވެ އެވެ. އެތަނުގެ ސީނިއާ އެސޯސިއޭޓް ރިޗަޑް ބްލެކް ވިދާޅުވީ ސައުދީން "ނެޓް ޒީރޯ" އެމިޝަނަށް މަސައްކަތް ކުރުމަކީ ވަރަށް ހެޔޮފާލެއް ކަމަށެވެ.
"އެކަމަކު އެ ޓާގެޓަށް ވާސިލުވާން އެ ގައުމުން ގެންގުޅޭ ޕްލޭން މުޅިން ސާފެއް ނުވޭ. އެކަން އެބަޖެހޭ ވަރަށް ބޮޑަށް ސާފުކޮށްދޭން. ކޮބައިތޯ ހަގީގީ ޕްލޭނަކީ އެބަޖެހޭ ސާފުކޮށްދޭން،" އޭނާ ވިދާޅުވި އެވެ. "މިއީ ހަމައެކަނި ދައްކާ ހުސް ވާހަކައަކަށް ވުރެ ބޮޑަށް ސާފުކޮށް ބޮޑުމަންޒަރު ތަސައްވުރު ކުރެވޭ ކަމަކަށް ހަދަން ޖެހޭ."
ސައުދީގެ ހަކަތައާ ބެހޭ ވަޒީރު އަބްދުލްއަޒީޒު ބިން ސަލްމާން ވިދާޅުވި ގޮތުގައި އެ ގައުމުން "ނެޓް ޒީރޯ" އަށް މަސައްކަތް ކުރާނީ ވަރަށް ހަރުދަނާ ޕްލޭނެއްގެ ތެރެއިންނެވެ. އެގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކާ ދެކޮޅަށް އެކަމަށް ހާއްސަ ޓެކްނޮލޮޖީ ވެސް ބޭނުން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ސައުދީއާ އެކު މިހާރު "ނެޓް ޒީރޯ" އަށް އަމާޒު ހިފާފައިވާ ގައުމުތަކުގެ އަދަދު 100 އަށް ވުރެ ގިނަ އެވެ.
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
ހޫނު އެންމެ ގަދަވީ މިދިޔަ 8 އަހަރު: ރިޕޯޓް
ފެހި އިގްތިސާދަށް ސައޫދީން 700 ބިލިއަން ރިޔާލް
ކާބަން ޑައިއޮކްސައިޑް އާދަޔާ ޚިލާފަށް މައްޗަށް
އިންޑިއާ، ޕާކިސްތާންގެ ހޫނަކީ ކުރިމަގަށް އިންޒާރެއް
ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަނީ
މިއީ ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އެއް އަހަރު
މިދިޔަ އަހަރަކީ އެންމެ ހޫނުގަދަ އަހަރު
ސައެންސްވެރިން ކުރި އިންޒާރު ތެދަކަށް ވެއްޖެ
އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް