Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ކުއްޖަކު މަރުވި އެކްސިޑެންޓް: އެއް މިލިއަންގެ ދިޔައެއް

ކުޑަކުއްޖަކު މަރުވި އެކްސިޑެންޓް: މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

25 އޮކްޓޯބަރ 2021

މާލޭގައި ބާރު ސްޕީޑްގައި ދުއްވި ޕިކަޕަކުން ސައިކަލުތަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ބާރު ސްޕީޑްގައި ދުއްވި ޕިކަޕަކުން ސައިކަލުތަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުުކުމްކޮށްފި އެވެ.

ޑިސެމްބަރު، 2014 ގައި މަޖިދީ މަގުން ބާރު ސްޕީޑްގައި އަދި މަގުގެ ނުބައި ފަޅިން ދުއްވާފައި ދަނިކޮށް، ދެ ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެ، އޭގެ ތެރެއިން އެއް ސައިކަލުގައި އިން ހަތަރު އަހަރުގެ ކުއްޖަކު މަރުވެ އަދި އެ އިތުރު ބަޔަކަށް އަނިޔާވި މައްސަލައިގައި ދައުލަތުން ދައުވާކުރީ ހ. ހެޕީނައިޓް އިރުމަތީބައި މުހައްމަދު އާދަމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މިއީ ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ނަގައިދިން ފުރަތަމަ މައްސަލަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޕިކަޕް ދުއްވާފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކާ ޚިލާފަށް އަދި ބާރު ސްޕީޑްގައި ކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އެ ހާދިސާ ހިނގީ ޕިކަޕު ދުއްވަން އިންދާ، ބަނޑަށް އެރި ތަދެއްގެ ސަބަބުން ކަމަށް އެ މީހާ ބުންޏަސް، އެފަދަ ކަމެއް މެދުވެރިވިކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެ އެކްސިޑެންޓް ހިނގީ އޭނާގެ އިހުމާލުން ކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

ހާދިސާ ހިނގިއިރު އަމަލު ކުރަމުންދިޔަ ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އެފަދަ ކުށްތަކަށް ދެވޭ ޖޫރިމަނާގެ އެންމެ ބޮޑު އަދަބަކީ 250ރ. ކަމަށް ވާތީ އެ އަދަދުން އޭނާ ޖޫރިމަނާކުރީ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އިހުމާލުގެ އަމަލުން މީހަކު މަރުވެފައި ވާތީ އާއި މަރުވި ކުއްޖާގެ ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައިވާތީ އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައިވާ ގޮތުން މަރުގެ ދިޔަ ކޯޓަށް ދައްކަން ޖެހޭނީ ފަސް އަހަރުގެ ދުވަހުގެ ތެރޭގަ އެވެ. އަދިި ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހު ރޯދަ ހިފަން ވެސް އެ މީހާގެ މައްޗަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި އަންގާފައިވެ އެވެ.

މަރުުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންގިއިރު، މީގެ ކުރިން މަރުގެ ދިޔައިގެ ގޮތުގައި ނަގައިދެނީ އެއް ލައްކަ ރުފިޔާ އެވެ. މަރުގެ ދިޔަ އެއް މިިލިއަނަށް ބޮޑުކުރީ މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުންނެވެ.