26 އޮކްޓޯބަރ 2021
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދެވަނަ ވަގުތީ މިސްކިތް އަޅަން ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދެވަނަ ވަގުތީ މިސްކިތް އަޅަން ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.
ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހަރަދުކޮށް، ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިޔާ ފްލެޓްތައް ކައިރީގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ދެވަނަ ފިޔަވަހީގައި ވަގުތީ ތިން މިސްކިތެއް އަޅަން ރާވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވެސް ވަނީ ބުނެފަ އެވެ.
ވަގުތީ މިސްކިތް އަޅަން ޝައުގުވެރިވާ ފަރާތްތަކުން މާދަމާގެ ކުރިން ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމަށް ވަނީ އެދިފަ އެވެ.
ހިޔާ ފްލެޓްތައް ކައިރީގައި މިހާރު އިމާރާތްކުރަމުން އަންނަ ވަގުތީ މިސްކިތަކީ 450 މީހުންގެ ޖާގައިގެ ތަނެކެވެ. މިސްކިތުގެ މަސައްކަތް ހަވާލުކުރީ 80 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތް ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ 15 ގަ އެވެ. އެހެންވެ އެ މުއްދަތު ހަމަވާނީ އަންނަ މަހު ފުރަތަމަ ހަފްތާގައި ހަމަވާނެ އެވެ..
ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ފްލެޓްތަކުގެ ކައިރީ މިސްކިތުގެ އިތުރުން އަސާސީ އެހެން ހިދުމަތްތައް ލިބޭ ތަންތަން ނެތުމުން އާންމުންގެ ޝަކުވާތައް ގިނަވި އެވެ. އަސާސީ ބައެއް ހިދުމަތްތައް ލިބޭނެ ތަންތަން އެ ސަރަހައްދުގައި މިހާރު އަންނަނީ މަޑުމަޑުން ހުޅުވަމުންނެވެ.
ދެ ވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން މިސްކިތެއް ވެސް އެބަ އިމާރާތް ކުރެ އެވެ. މަސްޖިދުލް އަމީލް ޖަލީލް ކިޔަން ނިންމާފައިވާ އެ މިސްކިތުގެ މަސައްކަތް ނިމެން ކައިރިވެފައި ވިޔަސް އެތަން ހުޅުވާނެ ތާރީހެއް އަދި ނޭނގެ އެވެ.
މުނި ހޯމްއިން ހުޅުމާލެ 2ގައި އެޅި މިސްކިތް ހުޅުވައިފި
ހުޅުމާލެ 2 އަށް ދާއިމީ، ރީތި މިސްކިތްތަކެއް!
ހިޔާ ފްލެޓް ކައިރީގައި ދެވަނަ ވަގުތީ މިސްކިތް ހުޅުވަނީ
ހިޔާ ފުލެޓްގެ ވަގުތީ މިސްކިތް ނިމޭނީ ނޮވެމްބަރަށް
ހުޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އަޅަން ބިން ދީފި
ފޭސް2ގައި 100 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް
ހުޅުމާލެ 2 ގައި އިތުރު މިސްކިތެއް އަޅަން ހަވާލުކޮށްފި
އާ މިސްކިތް ލަސްވަނީ ބެންޗު މާކްގެ މައްސަލަ ދިމާވުމުން
ހިޔާއަށް ވަކިން އީދުނަމާދުކުރެވޭނެ ގޮތްހަދައިދޭން އެދެފި
ހިޔާ ފްލެޓްތައް ކައިރީގައި ސަރުކާރުން މިސްކިތެއް އަޅަނީ