07 ޑިސެމްބަރ 2016
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން އަކީ އެމްޑީޕީގެ މެމްބަރެއް ކަމަށް ސާބިތުކޮށްދެވޭ ވަރުގެ ލިޔުމެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން އަކީ އެމްޑީޕީގެ މެމްބަރެއް ކަމަށް ސާބިތުކޮށްދެވޭ ވަރުގެ ލިޔުމެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.
މިިދިޔަ ސެޕްޓެމްބަރު 20 ގައި "މިހާރު" ނޫހުގައި ޖެހި ޚަބަރަކާ ގުޅިގެން ޝިފާޒް ވަނީ މިރޭ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އެ ޚަބަރާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ބުނެ ޝުޖާއު ފުލުހުންނަށް ހުށަހެޅި މައްސަލައެއްގައި "މިހާރު"ގެ ނޫސްވެރިޔާ ފަޒީނާ އަހުމަދާ ވެސް ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.
އަބުރު ގެއްލުނު ކަމަށް ޝުޖާއު ބުނަނީ، އޭނާ އަކީ "އެމްޑީއޭގެ މެމްބަރެއް" ކަމަށް "މިހާރު"ގެ ޚަބަރުގައި ލިޔެފައި އޮތުމުންނެވެ. އެގޮތަށް އެ ޚަބަރުގައި ލިޔެފައި ވަނީ ޝިފާޒްއާ ހަވާލާދީ އެވެ.
މި މައްސަލާގައި ފުލުހުންނަށް މިރޭ ބަޔާން ދިނުމަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާއިރު، އެއީ ދޮގެއްކަން ސާބިތު ކުރުމަކީ އެ މައްސަލައެއް ހުށަހަޅާ މީހާގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ޝުޖާއު ހުށަހަޅާފައިވާ ލިޔުންތަކުން އެއީ އެމްޑީޕީގެ މެމްބަރެއް ކަމަށް ސާބިތު ކޮށްނުދެވޭ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ޝުޖާއު އަކީ އެމްޑީޕީގެ މެމްބަރެއްކަން ސާބިތުކުރަން ހުށަހެޅީ، ޕާޓީއަށް ވަނުމަށް އެދޭ ފޯމުގެ ކޮޕީއެކެވެ. ނަމަވެސް ޕާޓީގެ ރިސެޕްޝަނަށް ފޯމެއް ހުށަހަޅައިގެން އެކަނި މެމްބަރަކަށް ނުވެވޭނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"ޕާޓީގެ މެމްބަރަކަށް ވެވޭނީ ހަމައެކަނި އެ ޕާޓީގެ ރިސެޕްޝަނަށް ހުށަހަޅާ ފޯމަކުން ނޫނެއް ނޫންތޯ؟. އެ ޕާޓީއަކުން އެއީ މެމްބަރެއް ކަމަށް ބަލައިގަތިއްޔާ ނޫންތޯ މެމްބަރަކަށް ވާނީ. އޭނާ [ޝުޖާއު] ހުށަހެޅި ލިޔުންތަކުން އެކަމެއް [އެމްޑީޕީގެ މެމްބަރެއް ކަމެއް] ނޭނގޭ،" ޝިފާޒު ވިދާޅުވި އެވެ.
"މިހާރު" ނޫހުގައި ޚަބަރު ޖެހިއިރު ޝުޖާއު އަކީ އެމްޑީޕީ މެމްބަރެއް ނޫންކަން ސާބިތުކޮށްދިނުމަށް ލިޔުން ހުށަހަޅާފައިވާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މައްސަލަ މިގޮތަށް ތަހުގީގުކޮށް ކުރިއަށް ގެންދެވޭނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ދެކެނީ ފުލުހަށް އަޅުގަނޑު ގެންދަން ވާނީ އެބޭފުޅުންނަށް ލިބުނު ލިޔުންތަކުން ނޫނީ މައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ބަލާއިރު އަޅުގަނޑު އެ ދެއްކި ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ސާބިތުވާނަމަ،" ޝިފާޒު ވިދާޅުވި އެވެ.
އަބުރުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ގެންދިޔައިރު، އެއީ ސިޔާސީ ބޭފުޅުން އަދި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަދާ ގާނޫނެއް ނޫން ކަމަށް ސަރުކާރުގެ މެމްބަރުން ވިދާޅުވިކަން ޝިފާޒް ފާހަގަކުރެއްވި އެވެ. ނަމަވެސް އެންމެ ފުރަތަމަ ވެސް މައްސަލަ ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކާއި ނޫސްވެރިއަކާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
މީޑިއާތަކުގެ އޮބްޒާވަރުން މަދު ކުރަން އިސީން ބޭނުންވޭ
ޕީއެސްއެމްއާ ދެކޮޅަށް އަބުރުގެ ދައުވާކުރާނަން: ނިޔާޒް
މީޑިއާގެ އަމަލު ހުރީ އެއްވި މީހުންނާ އެއް ހަމައެއްގައި
ޝިފާޒާ ދެކޮޅަށް އަބުރުގެ މައްސަލައެއް ފުލުހުން ބަލަނީ
ދެ ފުލުހެއްގެ މައްސަލަ ބަލައިދޭން އެންއައިސީ އަށް
ވިސާމްގެ މައްސަލަ އިސްތިއުނާފް ކުރުމުން ކަންބޮޑުވެއްޖެ
ބްރޯޑްކޮމްގެ މެމްބަރުން އިސްތިއުފާ ދޭންޖެހޭ: އެމްޑީޕީ
އެމްޑީޕީގެ ޝިފާޒް ފުލުސް އޮފީހަށް ހާޒިރުކުރަނީ
ނޫސްވެރިންގެ ހިމޭން މުޒާހަރާ ހުއްޓުވައިފި