28 އޮކްޓޯބަރ 2021
ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަންނަ ސީޒަނުގެ ކޯޗުކަން، އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާ ހަވާލުކޮށްފި އެވެ.
ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަންނަ ސީޒަނުގެ ކޯޗުކަން، އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާ ހަވާލުކޮށްފި އެވެ.
މާޒިޔާ އާއި މޯހަންއާ ދެމެދު ހެދި އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި އިވެންޓްގައި މޯހަން ބުނީ، މާޒިޔާ އަކީ މިވަގުތު ރާއްޖޭގައި އެންމެ ރަނަގަޅަށް ހިންގަމުން އަންނަ ކްލަބް ކަމަށާއި ޓީމާ އެކު ކާމިޔާބު ހޯދުމަކީ ޗެލެންޖެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ކްލަބް އީގަލްސް ދޫކޮށްލައި، މިދިޔަ ސީޒަނުގެ މެދުތެރޭން މޯހަން ވަނީ ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުކަމާ ހަވާލު ވެފަ އެވެ. ސަސްއާ އެކު ތިން އަހަރުދުވަހުގެ ކޮންޓްރެކްޓެއް ހެދި ނަމަވެސް އެޓީމާ އެކު ހަދާފައިވާ އެއްބަސްވުން އުވާލީ މިދިޔަ އަންގާރަ ދުވަހު އެވެ.
މިއީ ފުރަތަމަ ޑިވިޝަނުގައި މޯހަން ކޯޗުކޮށްދޭނެ ހަތްވަނަ ކުލަބެވެ. ސަސް އާއި އީގަލްސްގެ އިތުރުން މޯހަން ވަނީ ނިއު ރޭޑިއަންޓާއި ވެލެންސިއާ އާއި މަހިބަދޫ އަދި ދ. ކުޑަހުވަދޫ އަށް ވެސް ކޯޗުކޮށްދީފަ އެވެ. ކްލަބް ލެވެލްގައި ކޯޗު ކޮށްދިނުމުގެ ކުރިން މޯހަން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
މޯހަން އަކީ އޭއެފްސީ ޕްރޯ ލައިސެންސް ހާސިލްކުރި ރާއްޖޭގެ ދެވަނަ ކޯޗެވެ. އެ ފާސް ނެގި ފުރަތަމަ ކޯޗަކީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.
މިއީ 2006 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް މާޒިޔާގެ ކޯޗުކަމުގައި ހުރި އިސްމާއިލް މަހްފޫޒް (އިންމަ) އަށް ފަހު މާޒިޔާގެ ކޯޗުކަން ހަވާލުކުރި ހަތަރު ވަނަ ދިވެހި ކޯޗެވެ. އެއަށް ފަހު އަލީ ސުޒޭނާއި މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިތުރުން އިންމަ ވެސް ވަނީ މާޒިޔާގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ، މޯހަން އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށާއި ކޯޗުކަމަށް މޯހަން ހަމަޖެއްސީ ޗެއާމަންގެ އެދިވަޑައިގަތުމަށް ކަމަށެވެ.
"ޗެއާމަންގެ އެދިލެއްވުމުގެ މަތިން އަޅުގަނޑުމެން ދިވެހި ކޯޗަކާ ދިމާއަށް މި އެނބުރުނީ. ދިވެހި ކޯޗުންނަކީ ހަގީގަތުގައި ތަޖުރިބާ ނެތް ބައެއް ނޫން. ތަޖުރިބާ އެބަހުރި، މަސައްކަތްކުރާ ބައެއް. އެހެންވީމަ ދިވެހި ކޯޗުންނަށް އެބަ ޖެހޭ ފުރުސަތުތަކެއް ލިބެން،" ވައްކޭ ވިދާޅުވި އެވެ.
"ހަމައެކަނި ލޯކަލް މުބާރާތްތަކެއްގައެއް ނޫން، އިންޓަނޭޝަނަލް މުބާރާތްތަކުގައި ވެސް ފުރުސަތު ލިބިގެން ދިވެހި ކޯޗުން ކުރިއަރައިދާނީ."
އަންނަ އަހަރުގެ އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުން ވެސް ފުރުސަތު ހޯދައިފައިވާ މާޒިޔާ ގޮވައިގެން ނުކުންނައިރު، އޭއެފްސީ ކަޕް ވެގެންދާނީ ކްލަބް ލެވެލްގައި ބައިނަލްއަގުވާމީ މައިދާނުގައި މޯހަންގެ ފުރަތަމަ ތަޖުރިބާއަށެވެ.
މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވީ، މާޒިޔާގެ ވިސްނުން ހުރީ ދިވެހި ކޯޗުންނަށް ފުރުސަތުދީ، ދިވެހި ކޯޗަކާ އެކު ޓީމު އިތުރު ހަރުފަތަކަށް ގެންދަން ކަމަށެވެ.
މާޒިޔާއިން މިދިޔަ ސީޒަން ފެށީ ކޯޗު ނިޒާމްބެގެ އިރުޝާދުގެ ދަށުންނެވެ. ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މޯހަންގެ އިރުޝާދުގެ ދަށުން ކުޅުނު އީގަލްސް އަތުން ބަލިވި އިރު، ލީގު ފުރަތަމަ ތިން މެޗަށް ފަހު ނިޒާމްބެ މަގާމުން އިސްތިއުފާ ދިނެވެ. އެއަށް ފަހު މާޒިޔާއަށް ގެނައީ ސާބިއާގެ ރިސްޓޯ ވިޑަކޮވިޗެވެ. އޭގެ ކުރިން މާޒިޔާއަށް ކޯޗު ކޮށްދިން ހަމައެކަނި ބިދޭސީ ކޯޗަކީ މެެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ އެވެ.
ޕްރެޒިޑެންޓްސް ކަޕް މުބާރާތުން ދިވެހި ފުޓުބޯޅަ ސީޒަން ފަށަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
މާޒިޔާގެ ކޯޗް ކަމުން މޯހަން ވަކިކޮށްފި
މުހިންމީ ރީތި ފުޓްބޯޅައެއް ކުޅެ މޮޅުވުން: މޯހަން
މާޒިޔާ މޮޅުވިޔަސް، ކުޅުމާމެދު ކޯޗު ހިތްހަމައެއް ނުޖެހޭ
ތައްޔާރީތަކުގައި ވެސް މާޒިޔާއާ ވާދަކުރެވޭނެ ޓީމެއް ނެތް
މާޒިޔާގެ ޕްރެޝަރު މޯހަންއަށް ހިފަހައްޓާލެވޭނެތަ؟
މޯހަންއާއެކު މާޒިޔާ އާ ސީޒަނަށް ތައްޔާރުވާން ފަށައިފި
މާޒިޔާ އަކީ ޖެހިލުންވާންޖެހޭ ޓީމެއް: މޯހަން
ޕޮއިންޓެއްވެސް ނުލިބި މާޒިޔާއަށް ޗެލެންޖް ލީގް ނިމިއްޖެ
ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ކަޓައިފި