02 ނޮވެމްބަރ 2021
ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކްލަބުގެ ކޯޗުކަމާ މިދިޔަ ބުރާސްފަތި ދުވަހު ހަވާލުވި، ދިވެހި އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާ އެކު އެ ޓީމުގެ އާ ސީޒަންގެ ފަރިތަކުރުންތައް އިއްޔެ ފަށައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކްލަބުގެ ކޯޗުކަމާ މިދިޔަ ބުރާސްފަތި ދުވަހު ހަވާލުވި، ދިވެހި އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާ އެކު އެ ޓީމުގެ އާ ސީޒަންގެ ފަރިތަކުރުންތައް އިއްޔެ ފަށައިފި އެވެ.
އާ ސީޒަނަށް ތައްޔާރުވާން އިއްޔެ ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގައި މާޒިޔާގެ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިން ބައިވެރިވި އެވެ. އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުގައި ހިމެނޭ އިރު، އެ ކުޅުންތެރިން ޓީމާ ގުޅޭނީ މި މަހުގެ 8-17 އަށް ސްރީ ލަންކާގައި އޮންނަ ރާޖަ ޕަކްސަ އިންޓަނޭޝަނަލް ޓްރޮފީ މުބާރާތަށް ފަހު އެވެ.
އަންނަ ޑިސެމްބަރު 15 ގައި އާ ސީޒަން ފަށަން ހަމަޖެހިފައި ވަނީ ޕްރެޒިޑެންޓްސް ކަޕުންނެވެ. މި މުބާރާތް މި ފަހަރު ކުރިއަށް ގެންދާނީ ޕްރިމިއާ ލީގުގައި ކުޅޭ އަށް ޓީމު މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ބުރު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.
ޕްރިމިއާ ލީގުގެ ކުޅުން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ގޮތަށް ތާވަލު ކޮށްފައި ވާއިރު، މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަނުންނަކީ މާޒިޔާ އެވެ. ތިން ބުރު ކުޅެން ހަމަޖެހިފައިވާ ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނުގައި ހުއްޓައިލަން ޖެހުނީ ލީގުގެ ދެ ބުރުގެ ކުޅުން ނިމިފައި ވަނިކޮށް، މާލޭ ސަރަހައްދުގައި ކޮވިޑު ފެތުރެން ފެށި، ސީޒަން އިތުރަށް ކުރިޔަށް ގެންދެވެން ނެތުމުންނެވެ.
ދެ ބުރުގެ ކުޅުން ނިމުނުއިރު ކުޅުނު 14 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލި ނުވެ 34 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި މާޒިޔާ އޮތީ ދެވަނައިގައި އޮތް ވެލެންސިއާ އަށް ވުރެ ނުވަ ޕޮއިންޓް ކުރީގަ އެވެ. މިއާއެކު ކުލަބްތަކާ މަޝްވަރާ ކޮށް، ފުޓުބޯޅަ އެސޯސިއޭޝަންގެ އެކްސްކޯ އިން ނިންމީ ލީގު ނިންމާލައި، މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ދޭށެވެ.
ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކްލަބަކީ މާޒިޔާ އެވެ. އެ ޓީމު ވަނީ 2015 ވަނަ އަހަރު ފެށި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފަ އެވެ. މިދިޔަ ސީޒަންގައި ހޯދި ކާމިޔާބާ އެކު އެ ޓީމު ވެގައި ވަނީ ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމަށެވެ.
މިއާއެކު އަންނަ އަހަރުގެ އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުން ރާއްޖެ އަށް ލިބޭ ސީދާ ޖާގަ ވެސް ލިބިފައި ވަނީ މާޒިޔާ އަށެވެ. މޯހަން، މާޒިޔާއާ ހަވާލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ، އޭއެފްސީ ކަޕަކީ ކްލަބް ލެވެލްގައި އޭނާ އަށް އާ ތަޖުރިބާއަކަށް ވާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ ގައުމީ ޓީމާއެކު ހޭދަކުރި ދުވަސްވަރު ލިބުނު ބައިނަލްއަގްވާމީ ތަޖުރިބާ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
"ވަރަށް ބޮޑު ހުވަފެނެއް އޭއެފްސީ ކަޕް ގައި މާޒިޔާ ގޮވައިގެން އެހެން ހިސާބަކަށް [ގުރޫޕް ސްޓޭޖް ފަހަނައަޅައި] ދެވޭތޯ މަސައްކަތް ކުރުމަކީ. ދިވެއްސަކަށް ވެސް މިކަން ކުރެވޭނެ ކަމުގެ ފެންވަރު އެބަހުރިކަން ދައްކަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑު ބުރަކޮށް ކުރާނަން،" ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.
އަންނަ އަހަރުގެ އޭއެފްސީ ކަޕް ވާނީ ބައިނަލްއަގްވާމީ މުބާރާތަކަށް ކްލަބެއް ގޮވައިގެން މޯހަން ނުކުންނާނެ ފުރަތަމަ ފަހަރަށެވެ. މާޒިޔާ އިން މިހާތަނަށް ހަތް ފަހަރު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި ވާދަ ކުރިއިރު، މިއިން އެއްވެސް ފަހަރަކު މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައެއް ނުވެ އެވެ.
މާޒިޔާ އަކީ، މީގެ ކުރިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި އީގަލްސްގެ އިތުރުން ނިއުރޭޑިއަންޓާއި ވެލެންސިއާ އާއި މަހިބަދޫ އަދި ދ. ކުޑަހުވަދު އަށް ވެސް ކޯޗުކޮށްދިން މޯހަން ފުރަތަމަ ޑިވިޝަނުގައި ކޯޗު ކޮށްދޭ ހަތްވަނަ ކުލަބެވެ.
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
މާޒިޔާގެ ކޯޗް ކަމުން މޯހަން ވަކިކޮށްފި
މުހިންމީ ރީތި ފުޓްބޯޅައެއް ކުޅެ މޮޅުވުން: މޯހަން
މާޒިޔާ މޮޅުވިޔަސް، ކުޅުމާމެދު ކޯޗު ހިތްހަމައެއް ނުޖެހޭ
ތައްޔާރީތަކުގައި ވެސް މާޒިޔާއާ ވާދަކުރެވޭނެ ޓީމެއް ނެތް
މާޒިޔާގެ ޕްރެޝަރު މޯހަންއަށް ހިފަހައްޓާލެވޭނެތަ؟
މާޒިޔާގެ ކޯޗުކަން މޯހަންއާ ހަވާލުކޮށްފި
މާޒިޔާ އަކީ ޖެހިލުންވާންޖެހޭ ޓީމެއް: މޯހަން
ޕޮއިންޓެއްވެސް ނުލިބި މާޒިޔާއަށް ޗެލެންޖް ލީގް ނިމިއްޖެ
ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ކަޓައިފި