Roadha Mihaaru
ކުނީގެ މައްސަލަ ހައްލުކުރަން ބޭންކްގެ އެހީއަށް އެދިއްޖެ

ކުނީގެ މައްސަލަ ހައްލުކުރަން ބޭންކުތަކުގެ އެހީއަށް ރާއްޖޭން އެދިއްޖެ

07 ޑިސެމްބަރ 2016

ރާއްޖޭގެ ރަށްތައް ސާފުކޮށް ބެލެހެއްޓުމަށާއި ރައްކާތެރި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމުތައް ގާއިމު ކުރަން ބޭރުގެ ބޮޑެތި ބޭންކުތަކުގެ އެހީއަށް ރާއްޖޭން މިއަދު އެދެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ރަށްތައް ސާފުކޮށް ބެލެހެއްޓުމަށާއި ރައްކާތެރި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމުތައް ގާއިމު ކުރަން ބޭރުގެ ބޮޑެތި ބޭންކުތަކުގެ އެހީއަށް ރާއްޖޭން މިއަދު އެދެފި އެވެ.

ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އަންނަ އަހަރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއެއް ފަށަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއުގެ ތެރެއިން ބޮޑަށް ސަމާލުކަން ދޭނީ ތިލަފުއްޓަށް ގެންދާ ކުނި ނައްތާލުމުގެ މަސައްކަތަށެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހިންގާ "ސާފު ރާއްޖެ" ކެމްޕެއިންގެ ދަށުން މާލެ ސަރަހައްދުގެ ކުނި މެނޭޖްމަންޓް ޕްރޮޖެކްޓަށް މާލީ އެހީ ހޯދަން ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

ކުނީގެ މައްސަލަތައް ހައްލު ކުރުމަށް ބޭންކުތައް މެދުވެރިކޮށް މާލީ އެހީ ހޯދުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުނީގެ މައްސަލަތައް ހައްލު ކުރުމަށް ބޭންކުތައް މެދުވެރިކޮށް މާލީ އެހީ ހޯދުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމު ކުރަން ސަރުކާރުން ހިންގާ ބޮޑު މަޝްރޫއުގައި ބައިވެރިވެ، އެހީތެރިވުމަށް ބޭރުގެ އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުނީގެ މައްސަލަތައް ހައްލުކުރަން އަންނަ އަހަރުގެ ބަޖެޓުގައި 10 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ކަނޑައަޅައިފަ އެވެ. އަދި މިކަމަށް ސަރުކާރުން އަހަންމިއްޔަތުކަން ދޭ ކަން ބަޖެޓަށް އެކަނި ބަލާލިޔަސް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް ބޮޑެތި ތަރައްގީތަކެއް ގެންނަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ތަސައްވުރަކީ އާބާދީގެ 70 ޕަސަންޓު މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބަޔަކަށް ހެދުން ކަމަށާއި އެހެންކަމުން މާލެ ސަރަހައްދުގައި ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމްވެފައި އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުނީގެ މައްސަލައަށް ބަޖެޓުން ހަރަދުކޮށްގެން ހައްލެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު (މ) އަދި ފިނޭންސް މިނިސްޓަރު މުނަައްވަރު މިއަދުގެ ބަައްދަލުވުމުގައި --ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު (މ) އަދި ފިނޭންސް މިނިސްޓަރު މުނަައްވަރު މިއަދުގެ ބަައްދަލުވުމުގައި --ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ވާނީ ވަކިވަކިން ބޭންކުތަކުގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފައި. އެބޭފުޅުން މިކަމަށް ޝައުގުވެރިވާ ކަން އެ ބައްދަލުވުންތަކުން އެނގުނު،" މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަކީ އިގްތިސާދާ ގުޅިފައި އޮތް ދާއިރާއަކަށް ވާތީ އެ އިންޑަސްޓްރީއަށް ގެއްލުންވުމުގެ ކުރިން ހަރުދަނާ ގޮތެއްގައި ކުނި ނައްތާލުމުގެ މަސައްކަތް ފަށަން ޖެހިއްޖެ ކަމަށެވެ.

"ބޭންކުތަކުން މިކަމަށް އެހީތެރިވެ، ވީހާވެސް އަވަހަކަށް މަޝްރޫއު ފެށިގެންދާނެ،" ހަތަރު ބޭންކެއްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މުނައްވަރު ވިދާޅުވި އެވެ.

ކުނި ނައްތާލުމާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމުގައި ބޭރުގެ ތަޖުރިބާކާރަކު ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުނި ނައްތާލުމާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމުގައި ބޭރުގެ ތަޖުރިބާކާރަކު ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމްވެފައި ނެތުން ކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގައި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ބޭންކުތަކާ ހިއްސާކުރެއްވި އެވެ. ހާއްސަކޮށް ތިލަފުއްޓާއި އައްޑޫގައި ކުނި ނައްތާލުމުގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓް ބޭންކް (އޭއައިއައިބީ) އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.