Roadha Mihaaru
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު

"ހުރިހާ އޯޑިއޯއެއް ސައްހަ، ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ"

02 ނޮވެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނޭ ތިން ފަަނޑިޔާރުންގެ އަޑު ކަމަށް ބުނެ ލީކުކޮށްލާފައިވާ އޯޑިއޯތަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުންތައް ގަބޫލު ނުކުރެވޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނޭ ތިން ފަަނޑިޔާރުންގެ އަޑު ކަމަށް ބުނެ ލީކުކޮށްލާފައިވާ އޯޑިއޯތަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުންތައް ގަބޫލު ނުކުރެވޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ތިން ފަނޑިޔާރުންގެ އަޑު ކަމަށް ބުނާ އޯޑިއޯ މައްސަލާގައި ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާ ނުވާ ކަމަށެވެ. އޯޑިއޯތަކާ ދިމާ ވަނީ ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އަޑު ކަމަށާއި ނަމަވެސް އެ ވާހަކަތައް ވެސް ހުރީ ޓެމްޕާކޮށް ބަދަލުކޮށްފައި ކަމަށް ޖޭއެސްސީން ބުންޏެވެ.

ޔާމީން މައްސަލާގައި ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ އެއްވެސް ވާހަކަތަކެއް އޯޑިއޯތަކުން ފާހަގަ ނުކުރެވޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ މައްސަލާގައި ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުން އެ މަސައްކަތް ކުރުމުގައި ރަނގަޅު ނިޔަތެއް ނުގެންގުޅޭ ކަމަށާއި ޖޭއެސްސީން އިންކާރު ކުރި ނަމަވެސް އެ ކޮމިޝަންގެ ބަޔާނުން އެ ހުރިހާ އޯޑިއޯތައް ސައްހަ ކަން ކަށަވަރުވެފައިވާ ކަމަށެވެ.

"ކުއްލިއަކަށް މި ބަޔާން ނެރުނު ނެރުމަކީ އިއްޔެ އަޅުގަނޑުމެން ދެއްކި [އޯޑިއޯ މައްސަލައިގެ ތަހުގީގު ލަސްވާ] ވާހަކައަކާ ގުޅިގެން، އެ އަށް ރައްދު ދިނުމުގެ ގޮތުންް ވަރަށް ތާކުންތާކު ނުޖެހޭ ގޮތަށް ކޮށްފައި އޮތް ކަމެއް،"--- އަބްދުއްރަހީމް

ޖޭއެސްސީ އަދި ފުލުހުންގެ މުއައްސަސާގައި ވެސް އެފަދަ އޯޑިއޯތައް ތަހުލީލު ކުރެވޭ ވަސީލަތްތަކެއް ނެތް ކަމަށާއި ފުލުހުން ވެސް އެކަން ކުރަނީ ކުރިން އެ މުއައްސަސާގައި އުޅުނު މީހަކަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޯޑިއޯތައް ތަހުލީީލު ކުރުމުގެ މަސައްކަތް ބޭރު ބަޔަކާ ހަވާލު ކޮށްގެން އެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ދީފައި ވަނިކޮށް ކުއްލިއަކަށް ޖޭއެސްސީން ނިންމި ނިންމުން ގަބޫލެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުއްލިއަކަށް މި ބަޔާން ނެރުނު ނެރުމަކީ އިއްޔެ އަޅުގަނޑުމެން ދެއްކި [އޯޑިއޯ މައްސަލައިގެ ތަހުގީގު ލަސްވާ] ވާހަކައަކާ ގުޅިގެން އެއަށް ރައްދު ދިނުމުގެ ގޮތުންް ވަރަށް ތާކުންތާކު ނުޖެހޭ ގޮތަށް ކޮށްފަ އޮތް ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ ޝަރީއަތް ސުޕްރީމް ކޯޓުގެ ހުކުމާ ހަމައަށް ގޮސްފައިވާ އިރު، މި މައްސަލައަކީ ދަށު ކޯޓުގެ ނިންމުން ބާތިލްވާ ވަރުގެ ބޮޑު މައްސަލައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޖޭއެސްސީ އަށް އެކަން ނުވުމުން ސުޕްރީމް ކޯޓުން އިސް ނަގައިގެން މައްސަލައިގެ ތެރެއަށް ވަންނަން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ލީކު ކޮށްލި އޯޑިއޯ މައްސަލާގައި ދެ ފަނޑިޔާރެއްގެ މައްސަލަ ނުބަލަން ނިންމި ނަމަވެސް ފާއިޒްގެ މައްސަލަ ބަލަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އެއީ ކޯޓުގެ ޝަރީއަތަކާ ގުޅޭ ގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ފާއިޒް ދައްކާފައިވާ ކަމަށާއި ފަނޑިޔާރު އަމަލު ބެހެއްޓުމުގެ ސަބަބުން ބަޔަކަށް އޭގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ފަހިވެފައިވާތީ ކަމަށް ޖޭއެސްސީން ބުންޏެވެ.