Roadha Mihaaru
ނެޓްފްލިކްސް އިން ވީޑިއޯ ގޭމްތަކެއް ލޯންޗްކޮށްފި

ނެޓްފްލިކްސް އިން ވީޑިއޯ ގޭމްތަކެއް ލޯންޗްކޮށްފި

04 ނޮވެމްބަރ 2021

އިތުރު ފީއަކާ ނުލައި ނެޓްފްލިކްސްގައި ވީޑިއޯ ގޭމް ކުޅެވޭ ގޮތަށް ހަދަން ނިންމިކަން އިއުލާން ކުރިތާ ހަތަރު ވަރަކަށް މަސް ފަހުން އެ ކުންފުނިން މޮބައިލް ގޭމްތަކެއް ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިތުރު ފީއަކާ ނުލައި ނެޓްފްލިކްސްގައި ވީޑިއޯ ގޭމް ކުޅެވޭ ގޮތަށް ހަދަން ނިންމިކަން އިއުލާން ކުރިތާ ހަތަރު ވަރަކަށް މަސް ފަހުން އެ ކުންފުނިން މޮބައިލް ގޭމްތަކެއް ލޯންޗްކޮށްފި އެވެ.

ޖުލައި މަހުގެ ތެރޭގައި އެކަން އިއުލާން ކުރުމަށް ފަހު އޮގަސްޓް މަހުގެ ތެރޭގައި ޕޮލެންޑްގެ ކަސްޓަމަރުންތަކެއްގެ މެދުގައި ޓެސްޓްކުރުމަށް ފަހު، ނެޓްފްލިކްސްގެ ވީޑިއޯ ގޭމްގެ ހިދުމަތް އެންމެ ފުރަތަމަ ދޫކޮށްލީ އަދި ހަމައެކަނި އެންޑްރޮއިޑްގެ އަހުލުވެރިންނަށެވެ.

ނެޓްފްލިކްސް އިން ފުރަތަމަ ލޯންޗްކުރި ގޭމްތަކަކީ "ސްޓްރޭންޖަ ތިންގްސް: 1984" އާއި "ސްޓްރޭންޖަ ތިންގްސް: ދަ ގޭމް" އާއި "ޝޫޓިން ހޯޕްސް" އާއި "ކާޑް ބްލާސްޓް" ގެ އިތުރުން "ޓީޓަ އަޕް" އެވެ. އަދި ވަރަށް އަވަހަށް އިތުރު ގޭމްތައް ވެސް ގެނެސްދޭނެ އެވެ.

ނެޓްފްލިކްސް އިން ބުނި ގޮތުގައި ކުންފުނިން މުޅިން އަލަށް މޮބައިލް ވީޑިއޯ ގޭމްތައް ކުޅެވޭ ހިދުމަތް ތައާރަފުކުރި އިރު، ގޭމްތަކުގެ ތެރެއިން ބައެއް ގޭމްތައް އެ ބަޔަކު ކުޅެން ބޭނުންވާ ބަހުރުވައަކަށް ޕްރޮފައިލުން ސެޓްކޮށްލައިގެން ކުޅެވޭނެ އެވެ.

ހަމައެކަނި ބޮޑެތި މީހުންނަށް ހާއްސަކުރި މި ހިދުމަތް މުޅިން ހިލޭ ބޭނުންކުރެވޭ އިރު، ބައެއް ގޭމްތައް އޮފްލައިންކޮށް ވެސް ކުޅެވޭނެ އެވެ.

ޖުލައި މަހުގެ ތެރޭގައި ވީޑިއޯ ގޭމް އުފެއްދުމުގެ ތެރެއަށް ވަންނަކަން ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމިން ކުންފުނިން އިއުލާންކުރީ އެ ދާއިރާގެ ތަޖުރިބާރަކު ވެސް އެ ކުންފުންޏަށް ގެނައުމަށް ފަހު އެވެ. އެގޮތުން ނެޓްފްލިކްސްއާ ގުޅުނު މައިކް ވާޑޫ އަކީ ފޭސްބުކްގެ އޮކިއުލަސް ސްޓޫޑިއޯސް އާއި އެތަނުގެ ރިއަލިޓީ ލެބްސް އާއި އީއޭ (އިލެކްޓްރޯނިކް އާޓްސް) ގޭމް ފަދަ ތަންތަނުގައި މަސައްކަތް ކޮށްފައިވާ ވީޑިއޯ ގޭމާއި ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރެކެވެ.

މައިކް ހިއްސާވި ގައުމުތަކުގެ ތެރޭގައި "ސިމްސިޓީ ބިލްޑްއިޓް"، "ޕްލާންޓްސް ވާސަސް ޒޮމްބީޒް 2"، "ދަ ސިމްސް ފްރީޕްލޭ"، "ދަ ސިމްޕްސަންސް: ޓެޕްޑް އައުޓް" އަދި "ސްޓާ ވޯސް: ގެލެކްސީ އޮފް ހީރޯސް" ފަދަ އެތައް ގޭމެއް ހިމެނެ އެވެ.