Roadha Mihaaru
މިސްކިތަށް ކުޑަކަމުދާ މީހާގެ ނަފްސާނީ މައްސަލައެއް ނެތް

މިސްކިތަށް ކުޑަކަމުދިޔަ މީހާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގައެއް ނުވޭ: ޖެންޑާ

08 ނޮވެމްބަރ 2021

މާލޭގެ ދެ މިސްކިތަކަށް ވަދެ އެތަންތަނަށް ކުޑަކަމު ގޮސް، މިސްކިތެއްގައި އޮތް ހަތިމަކަށް ކުޅު ޖެހި މީހާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ ދެ މިސްކިތަކަށް ވަދެ އެތަންތަނަށް ކުޑަކަމު ގޮސް، މިސްކިތެއްގައި އޮތް ހަތިމަކަށް ކުޅު ޖެހި މީހާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މީހުން ނަމާދަށް ތިއްބައި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމު ދިޔަ މައްސަލައިގައި މިދިޔަ މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40، އެވެ.

އެކަމަކު އެ މައްސަލައިގައި އޭނާ އަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓާ އިއްޔެ ހަވީރު މާލޭގެ އިބްރާހީމް މިސްކިތަށް ވަދެ، ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މީހާގެ މައްސަލައިގައި ޖެންޑާއިން އެޓެންޑްކޮށް ބެލިބެލުމުން އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއްކަން ފާހަގަކުރެވިފައި ނުވާތީ ފުލުހުންނާއި އެންޑީއޭއަށް މައްސަލަ ރެފާކޮށްފައިވާ ކަމަށެވެ.

"މި މައްސަލަ ދަނީ ގާތުން މޮނިޓާކުރަމުން،" ޖެންޑާއިން ބުންޏެވެ.

މި މީހާގެ މައްސަލާގައި ގިނަ ބައެއްގެ ރުޅި އާއި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭނާގެ ނަފްސާނީ މައްސަލައެއް ހުރި ނަމަ، ފަރުވާއަށް ފޮނުވުމަށާއި އުޅޭނެހާ ގޮތަކަށް އުޅުމަށް މަގުމައްޗަށް ދޫނުކޮށްލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އެ މީހާ އެންމެ ފުރަތަމަ ހައްޔަރުކޮށް ދޫކޮށްލި ފަހުން، މަގުމަތީގައި މީހުންނަށް ފޮށި އުޅުނު ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.