Roadha Mihaaru
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި

ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ކުވައިތުގެ ލަވަކިޔުންތެރިޔަކު ބުނެފި

10 ނޮވެމްބަރ 2021

އެމެރިކާގެ މަޖުހަނު ބިލް ގޭޓްސްއާ އިންނަން ކުވައިތުގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޝަމްސް ބަންދާރު އަލް-އަސްލަމީ ޓްވިޓާގައި ހުށަހެޅުމުން ފާޑުކިޔުންތައް އަމާޒުވުމުން އެއީ ސަމާސާކަށް ދެއްކި ވާހަކައެއް ކަމަށް ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޖުހަނު ބިލް ގޭޓްސްއާ އިންނަން ކުވައިތުގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޝަމްސް ބަންދާރު އަލް-އަސްލަމީ ޓްވިޓާގައި ހުށަހެޅުމުން ފާޑުކިޔުންތައް އަމާޒުވުމުން އެއީ ސަމާސާކަށް ދެއްކި ވާހަކައެއް ކަމަށް ކަމަށް ބުނެފި އެވެ.

އާންމުކޮށް އަރަބި ބަހުން ޓްވީޓްކުރާ ފަންނާނު މިދިޔަ ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ "ގޭޓްސް އަކީ "ވަރަށް ސްމާޓް މީހެއް" ކަމަށާއި "އޭނާ އަކީ ދުނިޔެ މިހާރު މި ދެކޭ ޑިޖިޓަލް ޒަމާނުގެ މޭސްތިރިޔާ" ކަމަށެވެ.

"ކުރިއަށް ވާން ހުރި ކަންކަމާ ބެހޭ މައުލޫމާތު އޭނަ [ގޭޓްސް] އަށް އެނގޭވަރުން އަހަރެން ވަރަށް ގަޔާވޭ އޭނައާ. އެހެންވެ އަހަންނާ [ގޭޓްސް] ކައިވެނި ކުރަން ހުށަހަޅަން." މި ވާހަކައާ އެކު ޝަމްސުގެ ޓްވީޓް ނިންމާލާފައި އޮތީ އޭނަގެ އެ ހުށަހެޅުން ގޭޓްސް ގަބޫލު ކޮށްފާނެތޯ އާންމުންނަށް ހީވޭތޯ ސުވާލުކޮށްފަ އެވެ.

ޝަމްސް، 41، ގެ މި ޓްވީޓާ އެކު ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް ރައްދުވާން ފެށުމުން އޭނާ ބުނީ ޓްވީޓްގެ މާނަ ގިނަ ބަޔަކަށް ނުބައިކޮށް ނެގުނީ ކަމަށެވެ. ޝަމްސް ބުނީ ގޭޓްސްއާ އިންނަން ހުށަހެޅީ ސީރިއަސްކޮށް ނޫން ކަމަށާއި އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށެވެ.

ޝަމްސު ބުނީ ގޭޓްސްއާ ގުޅުވާފައި ކައިވެނީގެ ވާހަކަ ދެއްކީ ކުރިއަށް އޮތް ތަނުގައި ދުނިޔެ އަށް ސްމޯލް ޕޮކްސްގެ ވަބާގެ ބިރު އަލުން އޮތް ކަމަށް ގޭޓްސް މި މަހުގެ 4 ގައި ވިދާޅުވެފައިވާތީ އެވެ.

މައިކްރޮސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަން ބިލް ގޭޓްސް އާއި އަންހެނުން މެލިންޑާގެ ކައިވެނި ރޫޅައިލަން ނިންމިކަން އިއުލާންކުރީ މި އަހަރުގެ މެއި 4 ގަ އެވެ. އެ ކައިވެންޏަށް ތިން ދަރިން ވެސް ލިބިފައިވެ އެވެ. މިދިޔަ މަހު ގޭޓްސް، 66، ގެ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ގޭޓްސް ކައިވެނި ކޮށްފައިވެ އެވެ. އޭނާ ކައިވެނިކުރީ އަރަބި ދަރިކޮޅުގެ މީހަކާ އެވެ. އެއީ މިސްރަށް ނިސްބަތްވާ ނަޔެލް ނައްސާރެވެ.