Roadha Mihaaru
ވަރި އަކީ މައްސަލައެއް ނޫން: ޖިލް ބައިޑެން

ވަރި އަކީ އެއްވެސް މައްސަލައެއް ނޫން: ޖިލް ބައިޑެން

26 ފެބުރުއަރީ 2021

ކައިވެންޏެއް ދެމެހެއްޓޭނެކަމުގެ ޔަގީންކަން ނެތް ނަމަ އެ ކައިވެންޏެއްގެ މަތީގައި ދެމިހުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށާއި އެފަދަ ހާލަތެއްގައި ހުރި މީހަކަށް ވަރި އަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ އަނބިކަނބަލުން ޖިލް ބައިޑެން ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކައިވެންޏެއް ދެމެހެއްޓޭނެކަމުގެ ޔަގީންކަން ނެތް ނަމަ އެ ކައިވެންޏެއްގެ މަތީގައި ދެމިހުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށާއި އެފަދަ ހާލަތެއްގައި ހުރި މީހަކަށް ވަރި އަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ އަނބިކަނބަލުން ޖިލް ބައިޑެން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ފަންނާނު ކެލީ ކްލާކްސަންގެ "ދަ ކެލީ ކްލާކްސަން ޝޯ" ގައި ޑރ. ޖިލް ވަނީ އެކަމަނާގެ އަލަތުގެ ކައިވެނި ރޫޅުމުގެ ތަޖުރިބާ ވެސް ހިއްސާކުރައްވައިފަ އެވެ.

ޖިލް ވިދާޅުވީ އެކަމަނާގެ މަންމަ ވެސް މިހާތަނަށް ދެއްވި އެންމެ އަގުހުރި އެއް ނަސޭހަތަކީ ކާމިޔާބު ނޫން ގުޅުމެއްގެ މަތީގައި ދެމިހުރުމުގެ ބޭނުމެއް ނެތްކަމުގެ ވާހަކަ އެވެ.

"މަންމަ އަބަދު ވެސް ވިދާޅުވާނެ ދަރިފުޅާއޭ ކަންކަމާ ކެރިގެން ކުރިމަތިލާށޭ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށޭ. ހުރިހާ ކަމެއް އެއްފަހަރާ ކުރަން ނޫޅޭށޭ. މަޑުމަޑުން ފަހަރަކު ކަމަކާ ކުރިމަތިލާ ނަމަ ރަނގަޅޭ ނުކުންނާނީ." ޖިލް ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދެއްކެވީ ކެލީގެ ހަތް އަހަރު ވީ ކައިވެނި ވެސް ރޫޅައިލަން ދާދި ފަހުން ނިންމާފައިވާތި އެކަމަށް އިޝާރާތްކޮށެވެ.

"ތިއީ އަހަރެންގެ ދަރިއެއް ނަމަ ވެސް ދޭނެ ނެސޭހަތަކީ ހަމަ އެއީ. އަހަރެންގެ އަލަތު ކައިވެނި ރޫޅުނު މަރުހަލާ އަށް އައި އިރު ހިތަށް އެރި މަންމަ ބުނި ވާހަކަ އަކީ ހަމަ ތެކެދޭ. އެ ކައިވެނި މަތީގައި އަހަރެން ދެމިހުރި ނަމަ ޖޯއާ [އެމެރިކާގެ މިހާރުގެ ރައީސް] އަހަންނަކާ ދިމައެއް ވެސް ނުވީސް. އަދި މިހާރު މި އުޅޭ އުފާވެރި ދިރިއުޅުމް ވެސް ނުލިބުނީސް،" ޖިލް ވިދާޅުވި އެވެ. "އެހެންވެ އަހަރެން ބުނާނީ އުފާތަކެއް ނެތް، ދެމެހެއްޓޭނެ މުގެ ޔަގިން ކަމެއް ނެތް ނެތް ކައިވެންޏެއްގައި މަތީގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތޭ."

އެ ވާހަކަތައް ނަސޭހަތެއްގެ ގޮތުގައު ވިދާޅުވުމަށް ފަހު ޖިލް ވިދާޅުވީ ކައިވެނީ ރޫޅުމުން ހިތްދަތި ކަމެއް ލިބުނަސް އެކަމުން އަރައިގަނެވޭނެ ކަމަށާއި ފަހުން ކުރެވޭ އިހުސާސްތަކުން މީހާ އަށް ހައިރާންކަން ވެސް ލިބޭނެ ކަމަށެވެ.

"އަހަރެން އުންމީދު ވެސް ކުރަން ކެލީ ގުޅާފައި ކޮންމެވެސް ދުވަކުން ބުނާނެ ކަމަށް އަހަރެން ދިން ނަސޭހަތަކީ ހަމަ ރަނގަޅު ނަސޭހަތަކޭ." ހިނިފުޅުވަޑުވަމުން ޖިލް ވިދާޅުވި އެވެ.

ބައިޑެން އާއި ޖިލް ކައިވެނި ބައްލަވައިގަތީ އަލަތު ކައިވެނި ރޫޅުނާތާ ދެ އަހަރު ފަހުންނެވެ. ޖިލް އާއި ބިލް ސްޓީވެންސަން 1970 ގައި ކުރި ކައިވެނި ރޫޅުނީ 1975 ގަ އެވެ.

ބައިޑެން އާއި ޖިލް ކައިވެނި ބައްލަވައިގަތް އިރު އެއީ ދެ ބޭފުޅުންގެ ވެސް ދެވަނަ ކައިވެންޏެވެ. އެއީ 1977 ގަ އެވެ. އޭރު 1972 ގައި ކާރު އެކްސިޑެންޓްގައި އޭރު އެއް އަހަރުގެ އަންހެން ދަރިފުޅާ އެކު ބައިޑެންގެ އަނބިކަނބަލުން ނީލިއާ ހަންޓާ ބައިޑެން ވަނީ އަވަހަރާވެފަ އެވެ. އެ ކައިވެންޏަށް ޖުމްލަ ތިން ކުދިން ލިބުނެވެ. އެގޮތުން ދުނިޔޭގައި މިހާރު ހުތީ ހަންޓާ ބައިޑެން، 51، އެވެ. ބައިޑެންގެ އަލަތު ފިރިހެން ދަރިފުޅު ބިއު ބައިޑެން 46 އަހަރުގައި މަރުވީ 2015 ގަ އެވެ.

ބައިޑެން އާއި ޖިލް އަށް ލިބިވަޑައިގަތީ އެންމެ ދަރިކަނބަލެކެވެ. އެއީ އޭޝްލީ ބައިޑެން 39، އެވެ،