Roadha Mihaaru
ކިމްއާ ސުލްހަވާން ކަންޔޭ އެދުނީ ރެޕް ކަޑިއަކުން

ކިމްއާ ސުލްހަވާން ބޭނުންވާން ބޭނުންވާކަން ކަންޔޭ ހާމަކުރީ ރެޕް ކަޑިއަކުން

12 ޑިސެމްބަރ 2021

އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް ގާތުން ވަރިވާން ކިމް ކާޑޭޝަން މި އަހަރުގެ ކުރީކޮޅު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަންޔޭ ލަވައެއްގައި ރެޕް ކަޑިއަކުން ކިމްއާ އަލުން ސުލްހަވާން އެދޭކަމުގެ އިޝާރާތެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް ގާތުން ވަރިވާން ކިމް ކާޑޭޝަން މި އަހަރުގެ ކުރީކޮޅު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަންޔޭ ލަވައެއްގައި ރެޕް ކަޑިއަކުން ކިމްއާ އަލުން ސުލްހަވާން އެދޭކަމުގެ އިޝާރާތެއް ދީފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަންޖޭ އާއި ޑްރޭކް ލޮސް އެންޖެލިސްގެ މެމޯރިއަލް ކޮލީސިއަމްގައި ބޭއްވި "ފްރީ ލެރީ ހޫވާ" ކޮންސަޓްގައި ޕަފޯމްކުރި ލަވަތަކުގެ ތެރެއިން "ރަންއަވޭ" ގެ ރެޕް ކަޑިތަކުގައި ކިމް އަށް އިޝާރާތްކޮށް ކަންޔޭ ކިޔާފައި ވަނީ "އައި ނީޑް ޔޫ ޓު ރަން ރައިޓް ބެޓް ޓު މީ" އެވެ.

ކަންޔޭ ލަވައިގެ ތެރެއަށް އިތުރު ކުރި މި ކަޑީގެ ވާހަކަ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސް އެ ވާހަކަ ވަރަށް ބޮޑަށް މިޑިއާތަކުގައި ވެސް އަންނަނީ ދެކެވެމުންނެވެ. އަދި ކަންޔޭގެ ފޭނުންނާއި ގިނަ މިޑިއާތަކުން ވެސް އެކަން ސިފަކުރީ ކިމްއާ އަލުން ސުލްހަވެ، ކައިވެނި ސަލާމަތް ކުރަން ކުރި ކަމެއްގެ ގޮތުގަ އެވެ.

ކިމް އިޝާރާތްކޮށް ލަވައެއްގެ ރެޕް ކަޑިއެއްގައި ކަންޔޭ ސުލްހަވާން ބޭނުންވާކަމުގެ އިޝާރާތެއް ދީފައި މި ވަނީ ކައިވެނި ސަލާމަތް ކުރެވުމުގެ ފުރުސަތު އަދިވެސް އޮޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ބުނެފައި ވަނިކޮށެވެ. ނަމަވެސް "ބޮޑު މަންޒަރު" އަށް ބަލާ އިރު ކަންޔޭއާ ކިމް، 41، ސުލްހަވުމަކީ ވަރަށް ނާދިރު ކަމެއް ކަމަަށް މީޑިއާތަކުން ބުންޏެވެ. ކިމް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާއަށް ވުރެ 13 އަހަރު ހަގު ކޮމީޑިއަން ޕީޑް ޑޭވިޑްސަނާ އެވެ.

އޭނާ ގާތުން ވަރިވާން ކިމް ފެބްރުއަރީ މަހުގެ ތެރޭގައި ކޯޓަށް ހުށަހެޅި އިރު، އެ ކައިވެންޏަށް ހަތަރު ދަރިން ވެސް ލިބިފައިވެ އެވެ. އަދި މިއީ ކިމްގެ ތިން ވަނަ ކައިވެންޏެވެ. ކަންޔޭ އާއި ކިމް ކައިވެނިކުރީ 2014 ގަ އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ދެ މީހުންގެ މެދުގައި ކުނި ޖެހި ކިމްއާ ވަކިން ކަންޔޭ އުޅެން ފެށި ފަހުން ރަޝިއާގެ މޮޑެލް އައިރީނާ ޝައިކްއާ އޭނާ ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެކަމަކު އެ ގުޅުން މިހާރު ނިމި، އައިރީނާ އަލުން ކުރީގެ ބައިވެރިޔާ އަދި ދަރިފުޅުގެ ބައްޕަ މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާއާ ގުޅިފައިވާ ކަމަށް މީގެ ހަފުތާއެއް ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.