Roadha Mihaaru
މިއީ އެންމެ ތާހިރު ފަސް އަހަރަށް ވާނެ: ރައީސް

މިއީ މިހާތަނަށް އަންނަ އެންމެ ތާހިރު ފަސް އަހަރަށް ވާނެ: ރައީސް

10 ނޮވެމްބަރ 2021

މިދިޔަ ތިން އަހަރު ދުވަަހު، ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާ ނިޒާމު އެޅުން ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ދުވަހު ކުރާ މަސައްކަތާއި އެކު މިއީ ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ތާހިރު ފަސް އަހަރަށް ވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ ތިން އަހަރު ދުވަަހު، ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާ ނިޒާމު އެޅުން ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ދުވަހު ކުރާ މަސައްކަތާއި އެކު މިއީ ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ތާހިރު ފަސް އަހަރަށް ވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީ ވެސް ގައިން ތާހިރުވެ ތިބެގެން ކަމަށް ކުރިން ވެސް އެމަނިކުފާނު ވިދާޅުވެފައި ވާނެ ކަމަށެވެ. ފެނާއި ނަރުދަމާގެ މަސައްކަތަށް އިސްކަން ދެއްވީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަަހަރާ އެކު ދިވެހި ޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސްްއަހަރު ކަމުގައި މި ފަސް އަހަރު ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ފެނާއި ނަރުދަމާގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އަސާާސީ އެހެން ހިދުމަތްތައް ދިނުމަށް ސަަރުކާރުން ކުރަމުން އަންނަ ގިނަ އެހެން މަސައްކަތްތަކުގެ ތަފްސީލު ވެސް އެމަނިކުފާނު މިރޭ ދެއްވި އެވެ. ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި އިޖުތިމާއީ ދާއިރާގެ ބައެއް މަސައްކަތްތަކުގެ ތަފްސީލު އޭގެ ތެރޭގައި ހިމެނެ އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސްގެ ދެކަނބަލުން މިރޭ ވަޑައިގަންނަވަނީ. --ފޮޓޯ:ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސްގެ ދެކަނބަލުން މިރޭ ވަޑައިގަންނަވަނީ. --ފޮޓޯ:ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކަށް ހުއްޓުމެއް ނާދެ އެވެ. ބޮޑެތި ބައެއް އޮޕަރޭޝަންތަކާއި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް މާލެއަށް ނަައިސް ލިބޭނެ އިންތިޒާމް އެމަނިކުފާނު ވިދާޅުވި ގޮތުން، މިހާރު ވެސް ވަނީ ހަމަޖެހިފަ އެވެ. މާލެ ނައިސް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޓަކައި މޯބައިލް ލެބޯޓްރީގެ ހިދުމަތާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިއްމުކަން ދެނެގަނެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާާޅުވި އެވެ.

"އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ޕްރައިމަރީ ހެލްތުކެއާ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ތަންފީޒުވާން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

އިގުތިސާދީ ހަރަކާތް ގުޅިފައި ވަނީ ރައްޔިތުންގެ ހެލިފެލިވުމާ ކަމަށް ވިދާޅުވެ، ދަތުރުފަތުރުގެ ހިދުމަތުގެ ދާއިރާގައި ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކުގެ ތަފްސީލު ވެސް އެމަނިކުފާނު ދެއްވި އެވެ. އެ ދާއިރާއިން ކުރާނެ އެއް ކަމަކީ ރައީސް ވިދާޅުވި ގޮތުގަައި، ވައިގެ ދަތުރުތަކުގެ ނިޒާމަކުން ރާއްޖެ ގުޅައިލުމެވެ. ރާއްޖޭގެ ކޮންމެ ރަށަކުން ވެސް 30 މިނިޓްގެ ކަނޑުދަތުރެއް ކޮށްފައި ދެވޭ ހިސާބުގައި އެއާޕޯޓެއް އަޅަން ސަރުކާރުން ކުރާ މަސައްކަތް ތަރުތީބުވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވައިގެ އެ ވިއުގަ އެދަނީ އެމުނެމުން ގެތި ތަރުތީބުވަމުން،" ރައީސް ވިދާޅުވި އެވެ.

ދަތުރުފަތުރުގެ އަގު ރައްޔިތުންނަށް "ލާހިކު" އަގަކަށް ހެދުމަށް ޓަކައި ސަރުކާރުން އެކަށީގެންވާ ސަބްސިޑީ ދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ލަފާފުރުން ފަސޭހަކުރުމަށް ޓަކައި މިހާރު ވެސް 100 ބަނދަރެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.