Roadha Mihaaru
"އަސާސީ ހިދުމަތް ފުރިހަމަވެ ހުށަހެޅުން ބަދަލުވެއްޖެ"

ސާފު ބޯފެނާއި ބަނދަރާއި ނަރުދަމާ ރަށްރަށުން މިހާރު ނޭދޭ، ހުށަހެޅުން ބަދަލުވެއްޖެ: ރައީސް

26 ސެޕްޓެމްބަރ 2023

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ރަށްރަށަށް ގެނައި ބަދަލުތަކުގެ ސަބަބުން، އަސާސީ ހިދުމަތްތައް ފުރިހަމަވެ ރަށްރަށުން އެދޭ ކަންކަން ބަދަލުވެފައިވާ ކަމަށާއި ރަށްރަށުގެ ހުށަހެޅުމެއް ސާފު ބޯފެން ފޯރުކޮށްދިނުމާއި ބަނދަރު ހަދައި ނަރުދަމާ އަޅައިދޭން ހުށަހެޅުމެއް ނާންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބަށް "މިހާރު"ގެ "ވޯކް ދަ ޓޯކް" ގައި، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް ވިދާޅުވީ މި އިންތިހާބުގެ ކެމްޕޭންގައި 170 އަށް ވުރެން ގިނަ ރަށަށް ވަޑައިގެންނެވުނު ކަމަށެވެ. އާއްމު ހާލަތު ރަނގަޅު ކުރަން އަސާސީ ހިދުމަތްތައް އެ ރަށްރަށުގައި މި ދައުރުގެ ތެރޭގައި ފުރިހަމަވެ ރައްޔިތުން އެދޭ ކަންކަން ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރަށްރަށުގެ ޑިމާންޑްތައް ބަދަލުވެ، ރައީސް ވިދާޅުވި ގޮތުގައި، މިހާރު އެދެނީ ޕިކްނިކް އައިލެންޑެއް އެޅުން ފަދަ ރައްޔިތުންގެ ދިރިއުޅުން ހަމަޖެހުމާ އެކު ކުރިއަށް ގެންދެވޭނެ ކަންކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، ރައީސް އާއްމުންގެ މީހަކާ ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، ރައީސް އާއްމުންގެ މީހަކާ ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

"ކުރީގައި ވެއްޖިއްޔާ ބޯފެންފޮދު ނުލިބިގެން، ނަރުދަމާ ނެތިގެން، ބަނދަރު ނެތިގެން. މިހާރު އެ ކަންތައްތައް ފުރިހަމަވާތީ ކަންނޭނގެ މިހާރު ރަށްރަށުގައި އެ އެދޭ އެދުންތައް މިއޮތީ ކުޑަކޮށް ބަދަލުވެފައި،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފެނާއި ނަރުދަމާ އަދި ބަނދަރު ހަދާފައި އޮތީ މަދު ރަށެއްގަ އެވެ. ނަމަވެސް، އެއީ އަސާސީ ހިދުމަތްތަކެއް ކަމަށާއި ތަރައްގީ ފެށޭނީ އޭގެ ފަހުން ވިދާޅުވެ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހަވާލުކުރި އެވެ. އޭގެ ތެރެއިން، ބައެއް ރަށްރަށުގެ މަސައްކަތްތައް ވަނީ ނިމިފަ އެވެ.

ރައީސް ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ދިއުމުން ރައްޔިތުން އެދެނީ ޕިކްނިކް އައިލެންޑު ހަދައިދިނުމަށެވެ.

މާލެއާ ގުޅޭގޮތުން އެ މަނިކުފާނު ވިދާޅުވީ އަސްލު މައްސަލައަކީ ދިގު މުއްދަތުގެ ޕްލޭނެއް ނެތި ތަރައްގީކުރުން ކަމަށެވެ. މާލެއަށް ހުރިހާ ވަސީލަތްތަކެއް ޖަމާކުރުމުގެ ސަބަބުން ސިއްހީ ހިދުމަތާއި ތައުލީމު އަދި ވަޒީފާ ހޯދަން ވިޔަސް މަޖުބޫރުވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށަކަށް ވަޑައިގެން ރައީސް ވާހަކަފުޅު ދައްކަވަނީ:.-- ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށަކަށް ވަޑައިގެން ރައީސް ވާހަކަފުޅު ދައްކަވަނީ:.-- ފޮޓޯ: އެމްޑީޕީ

"ދިރިއުޅެން މީހަކު ބޭނުންވަންޏާ އާމްދަނީ ހޯދަން އެބަޖެހޭ. އާމްދަނީއެއް ލިބެން އޮންނަނީ ވަޒީފާއެއް އަދާކޮށްގެން. ހުރިހާ ކަމެއް މާލެއަށް ޖަމާކުރުމުގެ ސަބަބުން މާލެއަށް، މުޅި ރާއްޖޭގެ އެންމެން ހިޖުރަކުރަން މަޖުބޫރުވީ. މިއީ ޒަމާނުއްސުރެ އޮތް ސިޔާސަތުގެ ސަބަބުން ނުކުރެވި އޮތް ކަންތައްތަކެއް. އޭގެ ސަބަބުން މާލެ މިހާރު މި އޮތީ ރާއްޖޭގައި މިހާރު އޮތް އެންމެ ދިރިއުޅެން، ހަމަޖެހިލައިގެން ދިރިއުޅެން އެންމެ ދަތި ރަށް." އެ މަނިކުފާނު ވިދާޅުވި އެވެ.

މި ދަތިކަން ހައްލުކުރަން މާލޭގައި ބަސްދަތުރުތައް ފެށި ކާމިޔާބުކަމާ އެކު ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.

މާލޭގެ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދީފަ އެވެ. އަދި ފުރަތަމަ ފިޔަވަހީގެ ފްލެޓްތައް ނިމެމުން އަންނައިރު، ދެވަނަ ފިޔަވަހީގައި 8،000 ފްލެޓާއި 5،000 އަށް ވުރެން ގިނަ ގޯއްޗަށް ވަނީ ހުޅުވާލައިފަ އެވެ.