13 ނޮވެމްބަރ 2021
ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރްގެ އަލަތު ފިލްމުގެ ޝޫޓިން ފެށި ވާހަކައާ އެކު އެކަމާ ވަރަށް އުފާވެ ފަހުރުވެރިވާ ކަމަށް ބުނެ، ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯތަކެއް ސަންޖޭ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފި އެވެ.
ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރްގެ އަލަތު ފިލްމުގެ ޝޫޓިން ފެށި ވާހަކައާ އެކު އެކަމާ ވަރަށް އުފާވެ ފަހުރުވެރިވާ ކަމަށް ބުނެ، ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯތަކެއް ސަންޖޭ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފި އެވެ.
އޭގެ ކެޕްޝަނުގައި އޭނާ ވަނީ މަސައްކަތަށް ފޯކަސްކޮށް، ބުރަކޮށް މަސައްކަތް ކުރަން ދަރިފުޅަށް ހިތްވަރު ދީފަ އެވެ. ޝަނާޔާ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނެރެނީ ކަރަމް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކުންނެވެ. އެކަން ކަރަން އިއުލާންކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެކަމަކު އޭރު ވެސް އަދި މިހާރު ވެސް ފިލްމުގެ ނަމާއި އޭގެ ބަތަލުންގެ ނަމެއް ހާމައެއް ނުކުރެ އެވެ. ކުރިން މިދިޔަ ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފަށަން އޮތް ފިލްމުގެ މަސައްކަތް ފަސްކުރަން ޖެހުނީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި އެވެ.
މީޑިއާތަކުން ބުނީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމުގެ ބަތަލުންނަކީ ދަރުމާ އިން މަސައްކަތް ފެށުމަށްފަހު މިހާރު ހުއްޓިފައި އޮތް ފިލްމު "ދޯސްތާނާ 2" ގެ ކާސްޓްގައި ހިމެނޭ އާ އެކްތަރު ލަކްޝް ލަލްވާނި އާއި "ގިލްޓީ" އާއި "ހަމް ބީ އަކޭލާ ތުމް ބީ އަކޭލޭ" އަދި "ފްރެންޑްސް އިން ލޯ" ގައި މަސައްކަތް ކޮށްފައިވާ ގުރްޕަރޭ ޕިރްޒާދާ ކަމަށެވެ.
ޝަނާޔާގެ ފިލްމުގެ ޝޫޓިން ފެށުމާ އެކު ބޮލީވުޑް ހަންގާމާ އިން ބުނީ އޭގެ ނަމަކީ "ދޯނޯ މިލޭ އިސް ތަރާ" ކަމަށެވެ. އެކަމަކު ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
ޝަނާޔާގެ އަލަތު ފިލްމުގެ ޝޫޓިން ފެށި އިރު، އޭނަގެ ކަޒިން ޖާންވީ ކަޕޫރްގެ މިދިޔަ އަހަރުގެ ފިލްމު "ކަރްގިލް ގާލް: ގުންޖަން ސަކްސޭނާ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވެ އެވެ. ދާދި ފަހުން ޝަނާޔާގެ އެކްޓިން އިޝްތިހާރަކުން ވެސް ދައްކާލާފައިވެ އެވެ.
ޝަނާޔާގެ ބައްޕަ ސަންޖޭ އަކީ ޖާންވީ އާއި އަރުޖުން ކަޕޫރްގެ ބައްޕަ ބޯނީ ކަޕޫރާއި ސޯނަމް ކަޕޫރްގެ ބައްޕަ އަނިލް ކަޕޫރްގެ ހައްގު ކޮއްކޮ އެވެ.
ޝަނާޔާ ނެރޭނީ ޖާންވީ ވެސް ނެރުނު ޑައިރެކްޓަރު
ފިލްމުގެ ކުރިން ސަންޖޭގެ ދަރިފުޅުގެ އިޝްތިހާރެއް
ސަންޖޭގެ ދަރިފުޅު ޝަނާޔާގެ ފުރަތަމަ ފިލްމު ޖުލައިގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޖާންވީ އާއި ރާޖް ވެސް ކްރިކެޓް ކުޅޭނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޝަނާޔާގެ ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސްރީދޭވީގެ ހަގު ދަރިފުޅު ވެސް ބޮލީވުޑަށް ތައްޔާރު