ޕެރިސް (ނޮވެމްބަރު 14) - ކަޒަކިސްތާންގެ މައްޗަށް 8-0 އިން ފްރާންސް މޮޅުވި މެޗުގައި ކިލިޔަން އެމްބާޕޭ ހެދި ފުރަތަމަ ހެޓްރިކާ އެކު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފި އެވެ.
14 ނޮވެމްބަރ 2021
ޕެރިސް (ނޮވެމްބަރު 14) - ކަޒަކިސްތާންގެ މައްޗަށް 8-0 އިން ފްރާންސް މޮޅުވި މެޗުގައި ކިލިޔަން އެމްބާޕޭ ހެދި ފުރަތަމަ ހެޓްރިކާ އެކު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފި އެވެ.
ފްރާންސްގެ ޓީމަށް ފުރަތަމަ ހެޓްރިކް ހެދި މެޗުގައި އެމްބާޕޭ ހަތަރު ލަނޑު ޖެހުމުން، އޭނާ ވަނީ 36 އަހަރުވީ ރެކޯޑަކާ އެއްވަރުކޮށްފަ އެވެ. ފްރާންސްގެ ޓީމަށް އެއް މެޗެއްގައި ތިން ލަނޑަށް ވުރެ ގިނަ ލަނޑު މީގެ ކުރިން ޖަހާފައިވާ ކުޅުންތެރިޔަކީ ފްރާންސްގެ ކުރީގެ ތަރި ޑޮމިނިކް ރޮޗެޓޭ އެވެ. އޮކްޓޯބަރު 1985 ގައި ލަގްޒަމްބާގު ކޮޅަށް އޭނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.
ރޭގެ މެޗުގައި ފްރާންސްގެ އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކަރީމް ބެންޒެމާ އެވެ. އަނެއް ދެ ލަނޑު ޖެހީ އެޑްރިއަން ރޭބިއޮޓް އާއި އެންޓޮއިން ގްރީޒްމަން އެވެ.
މެޗަށް ނުކުތް އިރު ވެސް ގުރޫޕް ޑީގެ އެއްވަނައިގައި އޮތް ފްރާންސަށް ވޯލްޑް ކަޕުގެ ޖާގަ ޔަގީން ކުރަން ބޭނުންވެފައި އޮތީ އެންމެ މޮޅެކެވެ. އަންނަ އަހަރުގެ ނޮވެމްބަރު-ޑިސެމްބަރުގައި ބާއްވާ ވޯލްޑް ކަޕުން ހަ ޓީމު ވަނީ ޖާގަ ހޯދައިފަ އެވެ.
ގަތަރުގެ ވޯލްޑް ކަޕަކީ 32 ޓީމު ހިމަނައިގެން ބާއްވާ އެންމެ ފަހު ވޯލްޑް ކަޕެވެ. ފީފާ އިން ނިންމާފައި ވަނީ 2026 ގެ ވޯލްޑް ކަޕުގައި 48 ޓީމު ވާދަކުރާ ގޮތަށެވެ.
- ގަތަރު (މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން)
- ޖަރުމަން
- ޑެންމާކް
- ބްރެޒިލް
- ބެލްޖިއަމް
- ފްރާންސް
ސާޖަރީއެއް ބޭނުމެއްނުވޭ، އެމްބާޕޭ ދެން އަޅާނީ މާސްކެއް
ކުޑަކުއްޖެއްގެ މަރާ އެކު އެމްބާޕޭ އެދުނީ އަނިޔާ ހުއްޓާލަން
އެމްބާޕޭގެ ކެޕްޓަންކަން ފެށީ ބޮޑު މޮޅަކުން
ފްރާންސްގެ ކެޕްޓަންކަން އެމްބާޕޭއާ ހަވާލުކޮށްފި
އެމްބާޕޭ އަށް އެތައް ރެކޯޑެއް، އިސްއުފުލާލަން ޖެހޭ!
އެމްބާޕޭ އަށް ރަތްދޫލަ އަޅައި ނުދޭނަން: ވޯކާ
ޖިރޫގެ ރެކޯޑާ އެކު ފްރާންސް ކުއާޓާ އަށް
ބަލިނުވެ މެސީ، ނޭމާ އަދި އެމްބާޕޭ ވޯލްޑް ކަޕަށް
ޕޮގްބާ އަށް ވޯލްޑް ކަޕް ނުކުޅެވޭނެކަން ޔަގީންވެއްޖެ
ޗެމްޕިއަން ފްރާންސާއި އެމްބާޕޭ އެންމެ އުހުން ވެއްޓުން