ޕެރިސް (މާޗު 20) - ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އެ ޓީމުގެ އާ ކެޕްޓަނަކަށް ޒުވާން ތަރި ކިލިއަން އެމްބާޕޭ، 24، ހަމަޖައްސައިފި އެވެ.
ޕެރިސް (މާޗު 20) - ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އެ ޓީމުގެ އާ ކެޕްޓަނަކަށް ޒުވާން ތަރި ކިލިއަން އެމްބާޕޭ، 24، ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ފަހު ލޮރިސް، 36، ގައުމީ ޓީމުން ރިޓަޔާ ކުރި ކަން އިއުލާން ކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާ ވަނީ 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ގައުމީ ޓީމުގެ ކެޕްޓަންކަން އަދާ ކޮށްފަ އެވެ.
އެ ޓީމުގެ ވައިސް ކެޕްޓަންކަން ކުރި ޑިފެންޑަރު ރަފައެލް ވަރާން ވަނީ ފެބްރުއަރީ މަހު އޭނާ ވެސް ގައުމީ ޓީމުން ރިޓަޔާ ކުރި ކަން އިއުލާން ކޮށްފަ އެވެ. ކެޕްޓަނަކަށް އެމްބާޕޭ ހަމަޖައްސައި، ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ.
ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކޯޗު ޑިޑިއޭ ޑިޝޯމްޕްސްގެ ކޮންޓްރެކްޓް ވެސް އާ ކޮށްފަ އެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެމްބާޕޭ ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ގައި ފްރާންސަށް ތިން ގޯލު ޖަހައި ހެޓްރިކް ވެސް ހަދައިފަ އެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 66 މެޗުން 36 ގޯލު ޖަހައިފަ އެވެ.
އެމްބާޕޭ ގެ ކެޕްޓަން ކަމުގައި ފްރާންސް އެންމެ އަވަހަށް ކުޅޭނީ ޔޫރޯ ކޮލިފައިން ގައި އަންނަ ހުކުރު ދުވަހުގެ ރޭ ނެދަލެންޑްސް އާ ދެކޮޅަށެވެ. އެއަށް ފަހު ކޮލިފައިންގެ ދެވަނަ މެޗުގައި އަޔަލެންޑާ ދެކޮޅަށް ވެސް ކުޅޭނެ އެވެ.
ސާޖަރީއެއް ބޭނުމެއްނުވޭ، އެމްބާޕޭ ދެން އަޅާނީ މާސްކެއް
ކުޑަކުއްޖެއްގެ މަރާ އެކު އެމްބާޕޭ އެދުނީ އަނިޔާ ހުއްޓާލަން
އެމްބާޕޭގެ ކެޕްޓަންކަން ފެށީ ބޮޑު މޮޅަކުން
އެމްބާޕޭ އަށް އެތައް ރެކޯޑެއް، އިސްއުފުލާލަން ޖެހޭ!
އެމްބާޕޭ އަށް ރަތްދޫލަ އަޅައި ނުދޭނަން: ވޯކާ
ޖިރޫގެ ރެކޯޑާ އެކު ފްރާންސް ކުއާޓާ އަށް
ބަލިވުމުން ފްރާންސަށް ހަޖަމެއް ނުވި، މައްސަލަ ފީފާއަށް
އެމްބާޕޭގެ ފުރަތަމަ ހެޓްރިކުން ފްރާންސް ވޯލްޑް ކަޕަށް
ޗެމްޕިއަން ފްރާންސާއި އެމްބާޕޭ އެންމެ އުހުން ވެއްޓުން
ގްރީޒްމަން އާއި ޕޮގްބާ އަށް އެހީވާނަން: ޑެޝޯމްޕްސް