Roadha Mihaaru
އިންސާފުގެ އެންމެ މުހިންމު ވައުދަށް ސުމެއް!

ޖޭއެސްސީ ބަދަލުކުރުން: އިންސާފުގެ އެންމެ މުހިންމު ވައުދަށް ސުމެއް

17 ނޮވެމްބަރ 2021

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމުގެ ވައުދަކީ މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި އެންމެ ބޮޑު އެއް ވާހަކަ އެވެ. އިންސާފު ހޯދައިދިނުމުގެ ވައުދު ފެށޭ ހިސާބެވެ. ޝަރުއީ ނިޒާމު އިސްލާހުކުރަން އެކުލަވާލި އެޖެންޑާގެ އެންމެ ކުރީގައި އޮތީ ވެސް މި ކަމެވެ. ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް އޮތަސް، ޖޭއެސްސީގެ ފުރިހަމަ ކޮންޓްރޯލް ޖޭއެސްސީގައި އޮވެ ސަރުކާރަށް ތިން އަހަރުވީ އިރު ވެސް މި ވައުދު ފުއްދިފައި ނެތުމަކީ ވަރަށް ބޮޑު ސުވާލެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމުގެ ވައުދަކީ މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި އެންމެ ބޮޑު އެއް ވާހަކަ އެވެ. އިންސާފު ހޯދައިދިނުމުގެ ވައުދު ފެށޭ ހިސާބެވެ. ޝަރުއީ ނިޒާމު އިސްލާހުކުރަން އެކުލަވާލި އެޖެންޑާގެ އެންމެ ކުރީގައި އޮތީ ވެސް މި ކަމެވެ. ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް އޮތަސް، ޖޭއެސްސީގެ ފުރިހަމަ ކޮންޓްރޯލް ޖޭއެސްސީގައި އޮވެ ސަރުކާރަށް ތިން އަހަރުވީ އިރު ވެސް މި ވައުދު ފުއްދިފައި ނެތުމަކީ ވަރަށް ބޮޑު ސުވާލެކެވެ.

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމުގެ ވާހަކަ ފެށިގެން އައީ ސަބަބެއް ނެތިއެއް ނޫނެވެ. ޝަރުއީ ނިޒާމު ބޭނުންކޮށްގެން ސިޔާސީ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކަށް އަމާޒު ކޮށްގެން ސަރުކާރުތަކުން ހިންގި އަމަލުތަކުގައި ސިޔާސީ ގޮތުން ބޮޑެތި ދައުވާތައް އުފުލައި، ނުހައްގުން އެތައް އަދަބުތަކާ ކުރިމަތިލާން ޖެހުނު ގިނަ ބޭފުޅުންނަކީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އަދި އެއިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް އެ ހުރިހާ ކަމެއް ފަހިކޮށްދެމުން އައީ ވެސް ޖޭއެސްސީންނެވެ.

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމުގެ ވައުދު މިހާތަނަށް ވެފައިި އޮތީ ވައުދަކަށް ވުރެ ބޮޑަށް އެ އިރެއްގައި އިދިކޮޅުގައި ތިބޭ ބަޔަކު ވެރިކަމަށް އަންނަން ދައްކާ ބަހަނާއަކަށެވެ. ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިހާރު ގޮވާލަމުން ދިޔަޔަސް، ޕީޕީއެމްގެ ވެރިިކަމުގައި އޮވެ އަދި މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތު އޮތް އިރު ވެސް އެ ބަދަލު ގެންނަން އޭރު އެއްވެސް މަސައްކަތެއް ނުކުރެ އެވެ. މި ސަރުކާރުގެ ތިން އަހަރުން ވެސް ފެންނަނީ އެ މަންޒަރެވެ.

ޖޭއެސްސީ ބަދަލުކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނުން އެކަންޏެއް ނޫނެވެ. އެކަމަށް މަޖިލިސް ތެރެއިން ވެސް އެމްޑީޕީގެ އެއްބާރުލުމެއް މިހާތަނަކަށް ނުލިބެ އެވެ. ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހުކުރަން މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހަށް އިދިކޮޅު މެމްބަރަކު ދެ ފަހަރު ބިލް ހުށަހެޅިޔަސް، އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތު އޮތް މަޖިލީހުން ބިލް ބަލައިނުގަނެ ބޭރުކޮށްލީ އެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ.

މުއައްސަސާއެއް ވިއްޔާ ބަލައި ބެލުމުގައި ވެސް މިނިވަންކަން ފެންނަން ޖެހޭނެ. އެކަމަކު މިހާރު ޖޭއެސްސީގެ ރައީސަކީ ވެސް ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް. މިއީ 2008 ގެ ފަހުން އަލަށް ކުރި ކަމެއް. އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް ވެސް ޖޭއެސްސީގައި އެބަ އިންނަވާ. އެހެންވީމަ ބޭރު ފުށުން ބަލާ ބެލުމުގައި ވެސް މިނިވަން ކަމެއް ނެތް: މެމްބަރު އަލީ ހުސައިން

ތެދެކެވެ. ވޭތުވެދިޔަ ތިން އަހަރު ޝަރުއީ ނިޒާމުން ބޮޑެތި ބަދަލުތަކެއް ފެނުނު ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ކުރިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުން ދިޔަ ސުޕްރީމް ކޯޓަށް އެކަނި ބެލިޔަސް، އިންގިލާބީ ބޮޑެތި ބަދަލުތަކެއް ފެނިއްޖެ އެވެ. ގާނޫނުއަސާސީގެ ބެލެނިވެރިޔާ ކަމަށް ދައުވާ ކޮށްގެން ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ނިންމި ނިންމުންތަކެއް މިހާރަކު ނެތެވެ. މިހާރު ސުޕްރީމް ކޯޓުގެ ގިނަ ނިންމުންތަކަކީ ގާނޫނީ ބޭފުޅުންގެ އިތުރުން އާންމު ގިނަ މީހުންނަށް ވެސް ބަލައިގަނެވޭނެ ފަދަ ހަރުދަނާ ނިންމުންތަކެކެވެ.

ކޯޓުތަކުގައި އެއް އަހަރެއް ވަންދެން ފުނިޖެހިފައި ހުރި މައްސަލަތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިމިގެންދާން ފަށައިފަ އެވެ. ކޯޓުތަކުގެ ހާމަކަން އިތުރުވެ، ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ކުރިއަށް ވުރެ ހަލުވިކޮށް ހިނގަމުންދެ އެވެ. މިކަމުގައި ޖޭއެސްސީން އަދާކުރި ދައުރު ވަކި ކުޑައެއް ނޫނެވެ. އަދި ގާނޫނުތައް އިސްލާހު ކޮށްގެން ބޮޑެތި ބަދަލުތަކެއް ވެސް ގެނައީ ދާދި އަވަހަށެވެ. އެކަމަކު އެހާ ބާރު ސްޕީޑްގައި ބަދަލުތައް ގެނަޔަސް، ޖޭއެސްސީ އޮތްގޮތަށް އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ޝަރުއީ ނިޒާމަށް ބަދަލުތަކެއް އަޔަސް، ސިޔާސީ ބޭފުޅުން ޖޭއެސްސީގައި ތިއްބެވުމުން އަމާޒުވާ ތުހުމަތުތައް އަދިވެސް ކުޑައެއް ނޫނެވެ. އެގޮތުން ބައެއް ފަނޑިޔާރުންތަކަަށް ބޮޑެތި ތުހުމަތުތައް ކުރެވުނަސް، މަގާމުގައި ދެމި ތިބޭ ތިބުމެވެ. އެކަމަކު އަނެއްބައި ފަނޑިޔާރުން ކޯޓުގައި އޮންނަ މައްސަލައެއް ބޭރުކޮށްލުން ފަދަ އާދައިގެ ކަންކަމުގައި ވެސް، އެ ބޭފުޅުން މަގާމުން ވަކިކުރުން ނުވަތަ ޑީމޯޓް ކުރުން ޖޭއެސްސީއަށް އުނދަގޫ ކަމަކަށް ނުވެ އެވެ. ބައެއް ފަނޑިޔާރުންނަށް ފިިޔަވަޅު އެޅުން ވެސް އެހާ އަވަހެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން --- ފޮޓޯ/މިހާރު

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން --- ފޮޓޯ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގެ ހުކުމް އިއްވަން އޮތް ދުވަހު ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ޖޭއެސްސީން ކުއްލި ގޮތަކަށް ސަސްޕެންޑްކުރި ކުރުމަކީ އިއްތިފާގެއް ކަމަށް ގިނަ ބަޔަކު އަދިވެސް ގަބޫލެއް ނުކުރެ އެވެ. މި ހުރިހާ ކަމެއް ގޮސް ގުޅެނީ ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ބޭފުޅުންނާ އެވެ. ވަކިން ޚާއްސަކޮށް، މަޝްހޫރު އަދި ސިޔާސީ ދާއިރާގައި ނަން ހިނގާ ބޭފުޅުން އެކި ހައިސިއްޔަތުން މިހާރު ޖޭއެސްސީގައި ތިއްބެވުމުން އަމާޒުވާ ތުހުމަތުތައް ކުރިއަށް ވުރެ ވެސް ބޮޑެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން ސަރުކާރުގެ ވިސްނުން އޮތް ކަމަށް މިހާރު ގަބޫލުނުކުރެވޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ލިބުމުން އެ ބަދަލު ގެންނަން ހުރަހެއް ނެތަސް، އެކަމަށް އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަދަލު ގެންނަން އެއްވެސް މަސައްކަތެއް ނުކުރުމުގެ އިތުރުން ޖޭއެސްސީ އޮތް ގޮތް ރަނގަޅު ކަމަށް ދޭހަވާ ގޮތަށް އިސް ބޭފުޅުން ވާހަކަފުޅު ދައްކަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިރާސާކޮށް، ފަންނީ ލަފާ ހޯދައިގެން ޖޭއެސްސީ ބަދަލުކުރެވޭނީ. އެކަމަކު ތިން އަހަރު ވީއިރު ވެސް އެއްވެސް މަސައްކަތެއް ނުވަތަ ދިރާސާއެއް ވެސް ނުކުރެވި އޮތީމާ އެބަ އިނގޭ އެ ބޭފުޅުންގެ ވިސްނުމެެއް ނެތްކަން މިހާރު ޖޭއެސްސީ ބަދަލު ކުރާކަށް. އެ ބޭފުޅުންގެ ވާހަކަތަކުން ވެސް މިހާރު ހާމަވޭ ޖޭއެސްސީ އޮތްގޮތް އެ ބޭފުޅުންނަށް މިހާރު ރަނގަޅު ކަން. މެޖޯރިޓީ އޮތީމާ ބޭނުން ގޮތަކަށް ނުފޫޒު ފޯރުވޭނެ ގޮތް ހެދުން ބޭނުމަކީ،" އޭނާ ވިދާޅުވި އެވެ.

ޝަރުއީ ދާއިރާއަށް ބޮޑެތިި ބަދަލުތަކެއް އައިސްފައިވާ ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު ސިޔާސީ ބޭފުޅުންނާ ގުޅުންހުރި ބައެއް މައްސަލަތައް ކުރިއަށް ނުގޮސް، ކޯޓުތަކުގައި ދިގު ދެމިގެން ދިއުމުގައި ސިޔާސީ ނުފޫޒު އޮތްކަމަށް އޭނާ ވިދާޅުވި އެވެ. އެ ތުހުމަތުތައް ކުރެވޭ އެންމެ ބޮޑު ސަބަބަކީ ޖޭއެސްސީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ޖޭއެސްސީ ބަދަލު ނުކުރުމަކީ ދެން އަންނަ ސަރުކާރުތަކުން ވެސް ނުފޫޒު ފޯރުވަން ދެވޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާސާކޮށް، ފަންނީ ލަފާ ހޯދައިގެން ޖޭއެސްސީ ބަދަލުކުރެވޭނީ. އެކަމަކު ތިން އަހަރު ވީއިރު ވެސް އެއްވެސް މަސައްކަތެއް ނުވަތަ ދިރާސާއެއް ވެސް ނުކުރެވި އޮތީމާ އެބަ އިނގޭ އެ ބޭފުޅުންގެ ވިސްނުމެެއް ނެތްކަން މިހާރު ޖޭއެސްސީ ބަދަލު ކުރާކަށް: މަޖިލިސް މެންބަރެއް

"ސަރުކާރާ ދެކޮޅު ބޭފުޅުން ވެސް ގަބޫލުކުރާ ކަމެއް އެއީ ޖުޑިޝަރީއަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް އަތުވެއްޖެކަން. އެކަމަކު ޖުޑިޝަރީ ތެރޭގައި މިހާރު ވެސް އެބަހުރި ސިޔާސީ ނުފޫޒު ވަދެގެން ރަނގަޅަށް މައްސަލަތައް ނުބެލި. އެއީ ވެސް ގަބޫލު ކުރަންޖެހޭ ކަމެއް. މިއަދު މެޖޯރިޓީ އޮތީމަ ޖޭއެސްސީ އޮތްގޮތަށް ބާއްވައިގެން ތިއްބާ ވެރިކަން ބަދަލު ވާއިރަށް، މި ހުރިހާ ކަމެއް ބަދަލުވާނެ. ހުރިހާ ކޯޓެއްގެ ބެންޗު ބަދަލުވާނެ. އެއީއެއް ނޫން އެކަން ވާންޖެހޭނެ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމު އަދިވެސް އޮތީ ސަރުކާރުން ބޭނުންވާ ގޮތަށް ކޮންޓްރޯލް ކޮށްފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އޭނާ ވެސް ދެއްކެވީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުނުކުރެވި އޮތް އޮތުމެވެ. ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަކީ ސަރުކާރުގެ ބޮޑު ވައުދަކަށް ވާއިރު، އެކަން ފުރިހަމަ ނުކޮށް ޝަރުއީ ދާއިރާއަށް އެހެން ބަދަލުތައް ގެނަޔަސް، އެކަން ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސައިން ކޮމެޓީގައި ވާހަކަ ދައްކަވަނީ: ފާޑު ވިދާޅުވި -- ފައިލް ފޮޓޯ: މިހާރު

އަލީ ހުސައިން ކޮމެޓީގައި ވާހަކަ ދައްކަވަނީ: ފާޑު ވިދާޅުވި -- ފައިލް ފޮޓޯ: މިހާރު

"އޭރު އެ ބޭފުޅުން ގޯސް ކަމަށް ބުނި މެކޭނިޒަމް ނުވަތަ ސިސްޓަމް ބޭނުން ކޮށްގެން ޖުޑިޝަރީއަށް ގެނައި ބަދަލެއް މި ގެނައީ. ރަނގަޅަށް ކަމެއް ކުރާ ނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ޖޭއެސްސީ އޮތްގޮތް ބަދަލު ކުރުން. އޭގެފަހުގައި ދެން އެހެން ބަދަލުތައް ގެންނަން ޖެހޭނީ. އެ ބަދަލު ނުގެނެސް ތިބެގެން ގެންނަ އެހެން ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެކޭ ބުނެވޭނެ ގޮތެއް ނޯންނާނެ." ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

ޝަރުއީ ނިޒާމުގެ ބައެއް ހެޔޮ ބަދަލުތަކެއް އައި ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އެކަމަކު ބަދަލުތައް ގެނައުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ކުރިއަށް ވުރެ ބޮޑަށް ސިޔާސީ އިސް ބޭފުޅުން ޖޭއެސްސީގައި މިހާރު ތިއްބެވުމެވެ. އެހެންވެ، މުޅި ނިޒާމު އޮތީ އެ ބޭފުޅުންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މުއައްސަސާއެއް ވިއްޔާ ބަލައި ބެލުމުގައި ވެސް މިނިވަންކަން ފެންނަން ޖެހޭނެ. އެކަމަކު މިހާރު ޖޭއެސްސީގެ ރައީސަކީ ވެސް ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް. މިއީ 2008 ގެ ފަހުން އަލަށް ކުރި ކަމެއް. އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް ވެސް ޖޭއެސްސީގައި އެބަ އިންނަވާ. އެހެންވީމަ ބޭރު ފުށުން ބަލާ ބެލުމުގައި ވެސް މިނިވަން ކަމެއް ނެތް. މިއީކީއެއް ނޫން އެ ބޭފުޅުން އޭރު ވަކާލާތުކުރި ގޮތަކީ." މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާ އަލީ ހުސައިން ވިދާޅުވި އެވެ.

ޝަރުއީ ދާއިރާއަށް ޒަމާނީ އަދި ރައްޔިތުން ގަބޫލުކުރާ ފަދަ ބަދަލުތަކެއް ގެނައުމަކުން ނުފުދެ އެވެ. އިހްލާސްތެރި ގޮތެއްގައި ބަދަލެއް ގެނައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނީ ސިޔާސީ ބޭފުޅުން ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި ޖޭއެސްސީ އެކުލެވިފައި އޮތްއޮތުން ބަދަލު ކުރުމުގެ މުހިންމު ވައުދު ފުރިހަމަ ކޮށްގެންނެވެ. އެކަމަކު ތިން އަހަރުވީއިރު ވެސް، އެ ވައުދު ފުރިހަމަ ނުކުރެވި އޮތުމުން ފެންނަނީ ކުރިން ވެސް އޮތް މަންޒަރެވެ.

ޖޭއެސްސީ އެކުލަވާލާ ގޮތް އޭރު ބަދަލުކުރަން ޖެހުނު ސަބަބު މިހާރު ނެތް ކަމަށް ދޭހަވާ ފަދަ ވާހަކައެއް ނޫނީ މިކަން ކުރަން ތިބި ބޭފުޅުންގެ ފަރާތުން އަޑެއް ނީވެ އެވެ.