Roadha Mihaaru
އެމްއެންޔޫގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

އެމްއެންޔޫގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

15 ނޮވެމްބަރ 2021

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ އަހަރު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ އަހަރު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ގެންދާ 100 އަށްވުރެ ގިނަ ކޯހަށް އަންނަ ޖެނުއަރީ 27 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އެ ކޯސްތަކުގެ ތެރޭގައި ޓޫރިޒަމާއި ހޮސްޕިޓާލިޓީ، ޖާނަލިޒަމް، ބިޒްނަސް، އެކައުންޓިން، ޓީޗިން އަދި ޝަރީއާ ހިމެނެ އެވެ.

އަންނަ އަހަރުގެ ފުރަތަމަ އިންޓޭކުގެ ކޯސްތަކަށް ކުރިމަތިލެވޭނީ އެކަމަށް ހަމަޖައްސާފައިވާ portal.mnu.edu.mv ޕޯޓަލް އިންނެވެ.

ޔުނިވާސިޓީން ބުނީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ކޯސްތަކަށް ކުރިމަތިލާން ވަރަށް ގިނަ ލުއިތައް ދީފައިވާ ކަމަށެވެ. އެގޮތުން ސެޓްފިކެޓް އެޓެސްޓް ނުކޮށް ހުށަހެޅުމާއި އޭ ލެވެލް ހަދާ ދަރިވަރުންނަށް ފައިނަލް ނަތީޖާ ނުލިބުނަސް އޭއެސް ލެވެލްގެ ސެޓްފިކެޓާ އެކު ކޮންޑިޝަނަލް އޮފާއާ އެކު ޖާގަ ކަށަވަރުވާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެމްއެންޔޫގެ ކެމްޕަސްތައް ހުރެ އެވެ. އެއީ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ އަދި ސ. ހިތަދު އެވެ. އެ ހުރިހާ ކެމްޕަސްތަކާ އެކު ގައުމީ ޔުނިވާސިޓީގައި 9،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.