Roadha Mihaaru
އެމްއެންޔޫގެ އާ ކޯސްތަކަށް މިމަހުގެ ނިޔަލަށް ހުށަހެޅޭނެ

އެމްއެންޔޫ އިން އަންނަ މަހު ފަށާ ކޯސްތަކަށް މި މަހުގެ ނިޔަލަށް ހުށަހެޅޭނެ

23 ޖުލައި 2022

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން އަންނަ މަހު ފަށާ ކޯސްތަކަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން އަންނަ މަހު ފަށާ ކޯސްތަކަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

MNU Portal

ކޯސްތަކުގެ މައުލޫމާތު މި ލިންކުން ލިބޭނެ

އެ ޔުނިވާސިޓީން ބުނީ ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން މި މަހުގެ 30 އާ ހަމައަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

މި ފަހަރުގެ އިންޓޭކަށް ފުރުސަތު ހުޅުވާލާފައި ވަނީ 89 ކޯހަކަށެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޑިގްރީ އަދި މާސްޓާސް ޑިގްރީގެ ކޯސްތައް ހިމެނެ އެވެ. މި ފަހަރުގެ އިންޓޭކްގައި ޕީއެޗްޑީ ކޯސްތަކަށް ފުރުސަތެއް ނެތެވެ

އެމްއެންޔޫ އިން ބުނިގޮތުގައި މި އަހަރު އޯލެވެލް ހަދާ ކުދިންގެ ފަހުގެ ނަތީޖާ ނުލިބުނަސް ކޯހަށް ފޯމު ހުށަހެޅޭނެ އެވެ. އެ ކުދިންނަށް ޖާގަ ލިބޭނީ 'ކޮންޑިޝަނަލް އޮފާ' އަކާ އެކު ކަމަށް އެމްއެންޔޫއިން ބުނެ އެވެ. އެ ޔުނިވާސިޓީ އަށް އަށް ފޯމު ހުށަހަޅަން ޖެހެނީ އޮންލައިން ކޮށެވެ.