Roadha Mihaaru
އެމްއެންޔޫގެ ކޯސްތަކަށް ކުރިމަތިލާން އިތުރު ހަފުތާއެއް

އެމްއެންޔޫގެ ކޯސްތަކަށް ފޯމު ހުށަހަޅަން އިތުރު ހަފުތާއެއް ދީފި

01 ފެބުރުއަރީ 2022

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެބްރުއަރީ މަހު ފަށާ ކޯސްތަކަށް ފޯމު ހުށަހަޅަން އިތުރު ހަފުތާއެއްގެ މުއްދަތު ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެބްރުއަރީ މަހު ފަށާ ކޯސްތަކަށް ފޯމު ހުށަހަޅަން އިތުރު ހަފުތާއެއްގެ މުއްދަތު ދީފި އެވެ.

އެމްއެންޔޫއިން ނެރުނު ބަޔާނެއްގައި ބުނީ މި ފުރުސަތު އިތުރުކުރީ މިހާރު ޖާގަ ހުރި ކޯސްތަކަށް ކުރިމަތިލުމަށް ކަމަށެވެ. މި ކޯސްތައް އެ ޔުނިިވާސިޓީގެ ވެބްސައިޓުން އެނގެން ހުންނާނެ ކަމަށް ބަޔާނުގައިވެ އެވެ.

އަލަށް ދިން ފުރުސަތުގެ ދަށުން ފޯމު ހުށަހެޅުމުގެ މުއްދަތު އޮންނާނީ މި މަހުގެ ހަ ވަނަ ދުވަހާ ހަމައަށެވެ.

މިއަހަރުގެ ފުރަތަމަ ޓާމުގެ ކޯސްތަކަށް ކުރިމަތިލެވޭނީ އެމްއެންޔޫގެ އޮންލައިން ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ކޯސްތަކަށް ފޯމު ހުށަހަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ނުކުރިޔަސް ބަލައިގަންނާނެ އެވެ. އަދި މިފަހަރު އޭލެވެލް ހަދާ ކުދިންނަށް ނަތީޖާ ނުލިބި އޮތަސް އޭއެސް ލެވެލްގެ ސެޓްފިކެޓަކާ އެކު ފޯމު ހުށަހެޅޭނެ އެވެ.

އެމްއެންޔޫއިން ފުރުސަތު އިތުރު ކޯސްތަކުގެ ތެރޭގައި ޓޫރިޒަމާއި ނޫސްވެރިކަމާއި ކަލިނަރީ އާޓްސް އާއި ޕޮލިޓިކަލް ސައިންސާއި ބިޒްނަސް އާއި އެކައުންޓިން އާއި ޓީޗިން އާއި ނާސިންއާ އެކު 113 ކޯހެއް ހިމެނެ އެވެ.