ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން، ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން، ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ.
ދެ ރައީސުން މި ބައްދަލުކުރައްވަނީ، ތައިވާން ސަރަހައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުކުރަމުންދާ މައްސަލައިގައި އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދުވަސްވަރެއްގަ އެވެ. އަދި ތައިވާން މިނިވަންކަން އިއުލާން ކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން، އެމެރިކާ އާއި ޗައިނާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައިވާ ދުވަސްވަރެއްގަ އެވެ.
ދެ ބޭފުޅުންގެ ބައްދަލުވުން ރަސްމީކޮށް ތާވަލުކޮށްފައި އޮތީ ދެ ގަޑިއިރަށް ކުރިއަށް ގެންދިއުމަށެވެ. ޗައިނާގައި ޑިސެމްބަރ 2019 ގައި ކޮވިޑް ފެތުރެން ފެށުމަށް ފަހު، އެ ގައުމުގެ ރައީސް މިހާތަނަށް ގައުމުން ބޭރަށް ވަޑައެއްނުގަންނަވަ އެވެ.
ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރުކުރާ މައްސަލައިގައި އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ޗައިނާގެ ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީން މިދިޔަ ހަފުތާގައި ފާސްކުރި ގަރާރަކާ އެކު، ރައީސް ޝީ ޖިންޕިންގް އަށް ވެރިކަމުގެ ތިން ވަނަ ދައުރެއް މިހާރު ވަނީ ކަށަވަރު ވެފަ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން. --ފޮޓޯ:އޭއެފްޕީ
އަސްކަރީ ސްޓްރެޓީޖިކް އަދި ސިޔާސީ މައްސަލަތަކުގައި ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް، ދެ ގައުމުގެ ރައީސުން މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން، ފޯނުން މަޝްވަރާ ކުރައްވައިފި އެވެ. އެންމެ ފަހުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ މަޝްވަރާތައް 90 މިނެޓަށް ދެމިގެން ދިޔަ އެވެ.
ދެ ރައީސުންގެ ބައްދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވަނީ މިދިޔަ ހުކުރު ދުވަހު، ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ އާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތައް ކުރެއްވި އިރު، ބްލިންކެން ވަނީ، ޗައިނާ އިން ތައިވާނަށް އަސްކަރީ ގޮތުން ބިރުދައްކަމުންދާ މައްސަލައިގައި ޗައިނާ އަށް ފާޑު ވިދާޅުވެފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ވެސް ޗައިނާ އިން ވަނީ ތައިވާނާ ދާދި ކައިރީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފަ އެވެ. ހަމައެއާ އެކު ޗައިނާ އާއި ތައިވާން ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަރަކާތްތައް ވެސް އަންނަނީ އިތުރުކުރަމުންނެވެ.
ތައިވާންގެ ސިފައިން ތަމްރީނުކޮށް ތައިވާން ސިފައިންނަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާ އިންނެވެ.
ރަތް ރޮނގު ހުރަސް ނުކުރަން ދެންނެވިން: ރައީސް ޝީ
މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
ބައިޑެން އާއި ޝީ ބައްދަލުކުރައްވަނީ، އުންމީދު ކުޑަ
ތައިވާނާ މެދު އޮތް ދެނެގަތުން ޗައިނާ ދޫކޮށްލައިފި
ތައިވާނަށް ހަތިޔާރު ވިއްކުން މިހާރު ހުއްޓައިލާ: ޗައިނާ
ޕެލޯސީ ތައިވާނަށް ވަޑައިގަތުން ބޮޑު ބަހުސަކަށް
"ވާދަވެރިކަން އޮންނަންވީ ހަމަނުޖެހުން ނުއުފެދޭ ގޮތަށް"
އދ.ގެ މެންބަރަކަށްވުމުގެ ހައްގު ތައިވާނަކަށް ނެތް
އަސްކަރީ ފުރައްސާރަ ނުކުރުމަށް ތައިވާނުން ގޮވާލައިފި