Roadha Mihaaru
"ވާދަވެރިކަން އޮންނަންވީ ހަމަނުޖެހުން ނުއުފެދޭ ގޮތަށް"

ވާދަވެރިކަން އޮންނަންވީ ހަމަނުޖެހުމަކަށް ނުވެއްޓޭ ގޮތަށް: ބައިޑެން

16 ނޮވެމްބަރ 2021

އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ދެ ގައުމު ކަމަށްވާ އެމެރިކާ އާއި ޗައިނާއާ ދެމެދު ކިތަންމެ ބޮޑު ވާދަވެރިކަމެއް އޮތް ކަމުގައި ވިޔަސް، ވާދަވެރިކަން އޮންނަންވާނީ، ހަމަނުޖެހުމެއްގެ ތެރެއަށް ނުވެއްޓޭ ގޮތަށް ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ދެ ގައުމު ކަމަށްވާ އެމެރިކާ އާއި ޗައިނާއާ ދެމެދު ކިތަންމެ ބޮޑު ވާދަވެރިކަމެއް އޮތް ކަމުގައި ވިޔަސް، ވާދަވެރިކަން އޮންނަންވާނީ، ހަމަނުޖެހުމެއްގެ ތެރެއަށް ނުވެއްޓޭ ގޮތަށް ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ އެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ވަރަށް ރަހްމަތްތެރި މާހައުލެއްގައި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ. ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމެއް މި ބޭއްވީ، ތައިވާނާ ކައިރީގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުކުރާ މައްސަލައިގައި، އެމެރިކާ އާއި ޗައިނާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާ ދުވަސްވަރެއްގަ އެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ވިދާޅުވީ އެމެރިކާ އާއި ޗައިނާއާ ދެމެދު މުވާސަލާތު ކުރެވޭ މިންވަރު އިތުރު ކުރަންޖެހޭ ކަމަށާއި، ދެ ގައުމުގެ ގުޅުން ވެސް މިހާރަށް ވުރެ ބަދަހިކުރަން ޖެހޭ ކަމަށެވެ. ޝީގެ ވާހަކަތައް ފެއްޓެވީ، ބައިޑެންއަކީ އޭނާގެ ވަރަށް ގާތް ޒަމާންވީ ރަހުމަތްތެރިއެއްގެ ގޮތުގައި ސިފަ ކުރައްވަމުންނެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން. --ފޮޓޯ:އޭއެފްޕީ

ޗައިނާގެ ރައީސް ޝީ ޖިންޕިން. --ފޮޓޯ:އޭއެފްޕީ

"އަހަރެންނަށް ފެންނަ ގޮތުގައި، އަހަރެމެންގެ ދެ ގައުމުގެ ދެމެދުގައި އޮންނަ ވާދަވެރިކަން، ގަސްދުގައި ވިޔަސް އަދި ގަސްދަކާ ނުލައި ވިޔަސް، ހަމަނުޖެހުމެއްގެ ތެރެއަށް ނުވެއްޓޭނެކަން ކަށަވަރުކުރުމަކީ، ޗައިނާ އާއި އެމެރިކާގެ ވެރިންގެ ހައިސިއްޔަތުން، އަހަރެމެންގެ މަސްއޫލިއްޔަތެއް. އޭގެ ބަދަލުގައި ވާދަވެރިކަން އޮންނަންވީ ސާދާ އަދި ސީދާ ވާދަވެރިކަމެއް،" ރައީސް ޝީއާ ވާހަކަ ދައްކަވަމުން ރައީސް ބައިޑެން ވިދާޅުވި އެވެ.

ރައީސް ޝީ އާއި ރައީސް ބައިޑެން އަކީ މީގެ ކުރިން ދެ ގައުމުގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ދުވަސްވަރު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ދެ ބޭފުޅުންނެވެ. އަދި އެކުގައި ދަތުރުކުރައްވައި އެކުގައި ފަރިއްކުޅުއްވައި އުޅުއްވި އެވެ.

"ދެ ގައުމުގެ ދެމެދުގައި އެއްގޮތް ވިސްނުމެއް ބިނާކުރުމަށާއި، ހަރަކާތްތެރި ފިޔަވަޅުތަކެއް ކުރިއަށް އެޅުމަށާއި، ޗައިނާ އާއި އެމެރިކާގެ ގުޅުން، އީޖާބީ މިސްރާބަކަށް ކުރިއަށް ގެންދިއުމަށްޓަކައި، އިއްޒަތްތެރި ރައީސްއާ އެކުގައި މަސައްކަތްކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް،" ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވި އެވެ.

ރައީސް ބައިޑެން މި ބައްދަލުވުން ކުރިއަށް ގެންދެވީ، ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ބައެއް އެހީތެރިންނާއެކު، ވައިޓް ހައުސްގެ ރޫޒަވެލްޓް ކޮޓަރިކޮޅުގައި އިންނަވައިގެން، ވީޑިއޯ ކޯލް މެދުވެރިކޮށެވެ. ރައީސް ޝީ މި ބައްދަލުވުން ކުރިއަށް ގެންދެވީ، ކޮމިޔުނިސްޓް ޕާޓީގެ ޑިރެކްޓަރު ޑިންގް ޒުއެޒިއާންގް އާއި އެހެން ބައެއް މުޝީރުންނާއެކު، ރިއާސީ ގަނޑުވަރުގައި އިންނަވައިގެން، ވީޑިއޯ ކޯލް މެދުވެރިކޮށެވެ.

ރައީސް ބައިޑެން ބޭނުންފުޅުވީ މި ބައްދަލުވުން ދެ ބޭފުޅުން އެއް ތަނެއްގައި ބައްދަލުކުރައްވައިގެން ކުރިއަށް ގެންދަވާށެވެ. ނަމަވެސް 2019ގެ ފަހުކޮޅު ޗައިނާގައި ފެށުނު ކޮވިޑް-19 ބަލިމަޑުކަމަށް ފަހު، ޗައިނާގެ ރައީސް ގައުމުން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވާ ގޮތަށް ހަމަޖެއްސީ އެވެ.

"ޗައިނާ އާއި ރަޝިޔާ އިން އެއް ގައުމުން އަނެއް ގައުމަށް އިހްތިރާމް ކުރަންޖެހޭނެ. އަހަރެމެން ދިރިއުޅެންވީ ސުލްހަވެރިކަމާ އެކުގައި، އަދި މަސައްކަތް ކުރަންވީ ގުޅުން ބަދަހިކުރަން،" ޝީ ވިދާޅުވި އެވެ.