ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
15 ނޮވެމްބަރ 2021
ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދިން މައްސަލާގައި ޚިޔާނާތުގެ 42 ދައުވާއެއް އައްމަޓީގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލާގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ދޫކޮށްލީ އޭނާގެ ދައްތަ އާއި ކޮއްކޮ ޖާމިނުކުރުމަށް ފަހު އެވެ. އެއީ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލި ދެ ވަނަ ފަހަރެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އައްމަޓީ ދޫކޮށްލައިފި ނަމަ ފިލައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި އަދި އޭނާ ހޯދަން ރެޑް ނޯޓިސް ނެރުމުން ވެސް ގިނަ ދުވަސްތަކެއް ވަންދެން އޭނާ ރާއްޖެއިން ބޭރުގައި ހުރެފައިވާ ކަމަށެވެ. އަދި އެ މައްސަލާގެ ބާވަތުން ވެސް އޭނާ ދޫކޮށްނުލެވޭނެ ކަމަށާއި އެހެންވެ، އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކުރާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެހެންވެ، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިން ނިންމާފައިވާ ނިންމުން ދެމި އެބައޮތް ކަމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.
މީގެކުރިން ވެސް ކްރިމިނަލް ކޯޓުން އައްމަޓީ ބަންދުން ދޫކޮށްލި އެވެ. އޭރު ޝަރުތުތަކާ އެކު އޭނާ ބަންދުން ދޫކޮށްލުމުން އޭނާ އަލުން ބަންދުކުރަން އޭރު ވެސް ހައި ކޯޓުން އެންގި އެވެ.
ސީލައިފް މައްސަލާގައި އައްމަޓީ ހޯދަން ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ރާއްޖެ ގެނައީ މިއަހަރު ކުރީކޮޅެވެ.
އައްމަޓީގެ މައްޗަށް ކުރާ 42 ދައުވާ ސާބިތުވެއްޖެ ނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ. މިއީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.
ހައި ކޯޓުން ވެސް މިފަހަރު އައްމަޓީ ބަންދެއް ނުކުރި
އެއްވެސް އިރަކު ފިލައިގެނެއް ނޫޅެން: އައްމަޓީ
އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
އައްމަޓީ ދޫކޮށްލި މައްސަލާގެ ހުކުމް އާދިއްތަ ދުވަހު
އައްމަޓީ ބޭރަށްދާން ހުއްދަ ދިނީ ރަނގަޅަށް: ހައިކޯޓް
އައްމަޓީ ފުރުން މަނާކުރަން ހައި ކޯޓުން ވަގުތީ އަމުރެއް
ކޯޓުން ހުއްދަ ދިނަސް، އައްމަޓީއަށް ލަންކާއަށް ނުދެވުނު
އައްމަޓީއަށް ކުރާ ދައުވާތައް ކޯޓުން ބޭރެއް ނުކުރި
އައްމަޓީގެ މައްސަލާގެ ހުކުމް މުރާޖައާ ކުރަން އެދެނީ
އައްމަޓީ ދޫކޮށްލި މައްސަލަ އަލުން ބަލަން އަމުރުކޮށްފި